ޔޫރޯގެ ފޯމެޓް އިންސާފުވެރިއެއް ނޫން: ޔުއެފާ ރައީސް

Jul 10, 2021, 10:23 AM
ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން.-- ފޮޓޯ: އޭއެފްޕީ

ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން.-- ފޮޓޯ: އޭއެފްޕީ

ނިޔޯން، ސްވިޒަލެންޑް (ޖުލައި 10) - އެގާރަ ގައުމެއްގައި މި ފަހަރުގެ ޔޫރޯ ކުރިއަށްދާ ގޮތަށް ރޭވިފައި އޮތްއިރު، މިއީ މި މުބާރާތް ކުރިއަށް ގެންދަން އިންސާފުވެރި ފޯމެޓެއްގެ ގޮތުގައި ނުބެލެވޭ ކަމަށް ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން ވިދާޅުވެއްޖެ އެވެ.

މީގެ 10 ވަރަކަށް އަހަރު ކުރިން ޔުއެފާގެ ރައީސަކަށް ފްރާންސްގެ މިޝޭލް ޕްލެޓިނީ ހުންނަވައި މި ފަހަރުގެ ޔޫރޯ އެންމެ ފުރަތަމަ ރޭވީ 13 ސިޓީއެއްގައި ކުރިއަށް ގެންދާށެވެ. އެކަމަކު، ފަހުން ދެ ގައުމެއް މި ފަހަރުގެ މުބާރާތް ހޯސްޓް ނުކުރެވޭނެ ކަމަށް ބުނުމުން 11 ސިޓީ އަކަށް ބަދަލުކުރީ އެވެ.

ޔުއެފާގެ ރައީސްކަމަށް ޗެފެރިން އިންތިހާބު ވެވަޑައިގަތް އިރު ވެސް އޮތީ މި ފޯމެޓްގެ ހުރިހާ ކަމެއް ނިމިފަ އެވެ. އެހެންވެ، އޭނާ އަށް މި ފަހަރުގެ ޔޫރޯގައި މި ފޯމެޓާ އެއްގޮތަށް ކުރިއަށް ދިއުން ނޫން ގޮތެއް ނެތެވެ.

ބީބީސީގެ ސްޕޯޓްސް ޑެސްކް ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ޗެފެރިން ވިދާޅުވީ ދަތުރުފަތުރު ކޮށްގެން މި ކަހަލަ މުބާރާތެއް އެންމެ އިންސާފުވެރިކޮށް ނުބޭއްވޭނެ ކަމަށެވެ. އަދި މި ފަދަ ފޯމެޓަކަށް ދެން ސަޕޯޓް ނުުކުރާނެ ކަމަށް ޗެފެރިން ވިދާޅުވި އެވެ.

"ބައެއް ގައުމުތަކުން މެޗު ކުޅެން އެބަޖެހޭ 10،000 ކިލޯމީޓަރު ދަތުރުކުރަން އެކަމަކު އަނެއް ޓީމުތަކުން މި ޖެހެނީ 1000 ވަރަކަށް ކިލޯމީޓަރު ދަތުރެއް ކޮށްލަން. މިއީ އެއް މަސް ތެރޭ ނިންމާލަން ޖެހޭ މުބާރާތެއްގައި ވާން ޖެހޭނެ ގޮތެއް ނޫން،" ޗެފެރިން ވިދާޅުވި އެވެ.

މި ފަހަރުގެ ޔޫރޯގައި އެންމެ ދިގު ދަތުރުތައް ކުރީ ސްވިޒަލެންޑުންނެވެ. އެ ޓީމުން ޖުމްލަ އެއްކޮށް 15،485 ކިލޯމީޓަރު ދަތުރުކުރި އެވެ. އެންމެ މަދުން ދަތުރުކުރަން ޖެހުނީ ސްކޮޓްލެންޑް އެވެ. އެއީ ސްކޮޓްލެންޑް ގްރޫޕް ސްޓޭޖުން ކެޓިއިރު، އެ ޓީމުން މުބާރާތުގައި ކުޅެން ޖެހުނު ތިން މެޗުގެ ތެރެއިން އެ ގައުމުގައި ދެ މެޗު ކުޅުމުގެ އިތުރުން ދެން ކުޅުނީ އިންގްލެންޑްގައި ކަމަށްވާތީ އެވެ. ސްކޮޓްލެންޑް ދަތުރުކުރީ 1108 ކިލޯމީޓަރެވެ.

"މިއީ އަހަރެން މި މަގާމަށް އައިއިރު ވެސް ނިމިފައި އޮތް ފޯމެޓެއް. މި ފޯމެޓަށް ދެނެއް ނުބޭއްވޭނެ. އެއީ އެކި ގައުމުތަކުގައި މި އޮންނަނީ އެކި އުސޫލު. އީޔޫ އިން ބޭރުގެ ގައުމުތަކުގައި ވެސް ކުޅެން ޖެހޭއިރު މީގެ ދަތުރުފަތުރު ކުރަން އެކި އުސޫލު މި ހުންނަނީ. އެންމެ ރަނގަޅު ހައްލަކީ އެއް ގައުމެއްގައި ކުޅޭ މުބާރާތަކަށް ހެދުން. އޭރުން ދަތުރު ފަތުރަށް މި ބޮލުގެ ރިހުމަށް ލުޔެއް ލިބުނީ،" ޗެފެރިން ވިދާޅުވި އެވެ.

މި ފަހަރުގެ ޔޫރޯގައި ބައެއް ގައުމުތަކަށް އަމިއްލަ ގައުމުގައި ގިނަ މެޗުތައް ކުޅޭ ގޮތަށް އޮތުން ވެސް އެއީ ގޯސް ކަމެއް ކަމަށް ޗެފެރިން ވިދާޅުވި އެވެ.

މިސާލަކަށް އިންގްލެންޑް މުޅި މުބާރާތުގައި ޖުމްލަ ހަތް މެޗު ކުޅޭއިރު، ހަ މެޗު އަމިއްލަ ގައުމުގައި ކުޅޭ ގޮތަށް ރޭވިފައި އޮތްއޮތުން ގިނަ ޓީމުތަކަކުން ކުށްވެރިކުރެ އެވެ. ޝެޑިއުލާ ދެކޮޅަށް ވާހަކަ ދެއްކި ގައުމުތަކުގެ ތެރޭގައި ފްރާންސާއި ޕޯޗުގަލް އަދި ބެލްޖިއަމް ހިމެނެ އެވެ.

ޔޫރޯ އެންމެ ފުރަތަމަ ބާއްވަން ތާވަލުކޮށްފައި އޮތީ މިދިޔަ އަހަރު އެވެ. އެކަމަކު، ކޮވިޑް-19ގެ ނުރައްކާ މިދިޔަ އަހަރު އިންތިހާ އަށް ބޮޑުވެފައި އޮތުމުން މި އަހަރަށް ފަސްކުރަން ޖެހުނީ އެވެ.

ޗެފެރިން ވަނީ ސިއްހީ ޕްރޮޓޮކޯލްގެ ތެރެއިން ޔޫރޯ އެންމެ ރަނގަޅަށް ކުރިއަށް ގެންދެވޭތީ ވަރަށް ހިތްހަމަ ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ވަނީ އެކަމަށްޓަކައި ހުރިހާ ޓީމަކަށް ޝުކުރު އަދާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox