ޔޫރޯގެ ޗެމްޕިއަން ޓީމު ދިމާކޮށްލާ! އަގުބޮޑު ސައިކަލެއް ލިބިދާނެ!

Jul 9, 2021, 5:23 PM
ޔޫރޯގެ ޗެމްޕިއަން ޓީމު ދިމާކޮށްލާ! އަގުބޮޑު ސައިކަލެއް ލިބިދާނެ!

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އާދީއްތަ ދުވަހުގެރޭ އިޓަލީ އާއި އިންގްލެންޑް ކުޅޭ މެޗުން މޮޅުވެ ޔޫރަޕުގެ ޗެމްޕިއަންކަން ހޯދާނެ ޓީމެއް ދިމާކޮށްގެން، ލޮޓަސް އިން ހަދިޔާކުރާ 27،000 ރުފިޔާގެ އަގުހުރި ސައިކަލެއް ހޯދުމުގެ ފުރުސަތު "އަދަދު" އިން ހުޅުވާލައިފި އެވެ.

މިރެ އިން ފެށިގެން، ފައިނަލް މެޗުގެ ފުރަތަމަ ކަށިގަނޑާ ހަމަޔަށް ހުޅުވާލާފައިވާ މި ފުރުސަތުގައި ޗެމްޕިއަން ޓީމު ދިމާކުރަން ޖެހޭނީ ފޭސްބުކުގަ އެވެ. އެގޮތުން "އަދަދު" ގެ ރަސްމީ ފޭސްބުކް ޕޭޖަށް ލައިކެއް ދިނުމަށް ފަހު، މިކަމާ ގުޅޭ ޕޯސްޓުގެ ތިރި އަށް "Italy" ނުވަތަ "England" ކޮމެންޓް ކުރެއްވުމަށް ފަހު އެ ޕޯސްޓް ޝެއާކޮށްލުމުން ބައިވެރިވެވުނީ އެވެ. ސައިކަލް ލިބޭނީ، ޗެމްޕިއަންކަން ހޯދާ ޓީމެއްގެ ނަން ޖަހާފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ދިމާވާ މީހަކަށެވެ.

Advertisement

ގުރުން ލިބޭ މީހަކަށް ހަދިޔާކުރަނީ ލޮޓަސް ބައިކް ޝޮޕުން ހަދިޔާކުރާ މުޅިން އާ ލިންހާއީ ކުޗީ 110 ގެ ސައިކަލެކެވެ. ލޮޓަސް ބައިކް ޝޮޕަކީ ސައިކަލް، ބެޓެރީ ސައިކަލް އަދި ބައިސިކަލް ވިއްކުމުގައި ރާއްޖޭގައި އެންމެ ފާހަގަކުރެވޭ އެއް ފިހާރަ އެވެ.

ޔޫރޯގެ ފައިނަލް މެޗު ފަށާނީ، އާދީއްތަ ދުވަހުގެރޭ ރާއްޖެ ގަޑިން މެންދަމު 12 ޖަހާއިރު އެވެ. މެޗު ކުޅޭނީ އިންގްލެންޑުގެ ވެރިރަށް ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގަ އެވެ. އިޓަލީ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުން ޕެނަލްޓީ ޖަހައިގެން 4-2 އިން ސްޕެއިން ބަލިކޮށްގެންނެވެ. އިންގްލެންޑް ޖާގަ ހޯދީ ސެމީގައި އިތުރު ވަގުތު ކުޅެގެން ޑެންމާކް 2-1 އިން ބަލިކޮށްގެންނެވެ.

އިޓަލީ ވަނީ މި މުބާރާތުގައި 1968 ގައި ކާމިޔާބުކޮށްފަ އެވެ. އަދި 2000 ވަނަ އަހަރާއި 2012 ވަނަ އަހަރު ފައިނަލުގައި ކުޅެފަ އެވެ. އިންގްލެންޑަށް މި މުބާރާތް މިހާތަނާށް ކާމިޔާބުކުރެވިފައެއް ނުވެ އެވެ. މިއީ އެ ޓީމުން މި މުބާރާތުގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރު ވެސް މެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox