އިގްތިސާދީ ވަޅުގަނޑެއްގައި އޮތް ސްރީ ލަންކާގައި ރާޖަޕަކްސަ އާއިލާއިން ނުފޫޒު ގަދަ ކުރަނީ

ބެސިލް ރާޖަޕަކްސަ.-- ފޮޓޯ: އޭއެފްޕީ

ބެސިލް ރާޖަޕަކްސަ.-- ފޮޓޯ: އޭއެފްޕީ

ކޮލޮމްބޯ، ސްރީ ލަންކާ (ޖުލައި 8) - އިގްތިސާދީ އެތައް މައްސަލަތަކާ ދިމާވެފައިވާ ސްރީ ލަންކާގެ ފިނޭންސް މިނިސްޓަރުގެ މަގާމަށް، ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ކޮއްކޯފުޅު، ބެސިލް ރާޖަޕަކްސަ އައްޔަން ކުރައްވައިފި އެވެ.

އުމުރުން 70 އަހަރުގެ ބެސިލްގެ ކުރިން އެ މަގާމުގައި ހުންނެވީ އުމުރުން 72 އަހަރުގެ ރައީސްގެ ބޭބޭފުޅެއް ކަމުގައިވާ މަހިންދަ ރާޖަޕަކްސަ އެވެ.

ފިނޭންސް މިނިސްޓްރީގެ ބަދަލުގައި އުމުރުން 75 އަހަރުގެ މަހިންދަ އައްޔަނު ކުރައްވާފައި ވަނީ މުޅިން އަލަށް އުފެއްދި އިކޮނޮމިކް ޕޮލިސީޒް އެންޑް ޕްލޭނިން މިނިސްޓްރީ އަށެވެ.

މަހިންދައަކީ 2015 ވަނަ އަހަރާ ހަމައަށް ގާތްގަނޑަކަށް 10 އަހަރު ސްރީލަންކާގައި ވެރިކަން ކުރެއްވި ރައީސް އެވެ.

ކޮވިޑް ބަލިމަޑުކަމުގައި ސްރީލަންކާގެ އިގްތިސާދު ވަނީ 3.6 ޕަސެންޓު ފަހަތަށް ޖެހިފަ އެވެ. މިއީ 1948 ގައި އިނގިރޭސިންގެ އަތުން މިނިވަންކަން ލިބުނު ފަހުން ނުލިބޭ ވަރުގެ ބޮޑު ގެއްލުމެކެވެ.

ފިނޭންސް މިނިސްޓަރު ކަމަށް ބެސިލް އައްޔަނު ކުރެއްވުމާއެކު މި ވަގުތު ލަންކާ ސަރުކާރުގެ ކެބިނެޓުގައި ރާޖަޕަކްސަ އާއިލާގެ ފަސް މެމްބަރުން ތިއްބަވަ އެވެ.

ރައީސްގެ އެންމެ ދޮށީ ބޭބޭފުޅު އުމުރުން 78 އަހަރުގެ ޗަމާލްއަކީ އިރިގޭޝަން މިނިސްޓަރެވެ. އަދި ބޮޑު ވަޒީރުކަމާއި އަލަށް އުފެއްދި އިކޮނޮމިކް ޕޮލިސީޒް އެންޑް ޕްލޭނިން މިނިސްޓަރުކަން ކުރައްވާ މަހިންދަގެ އެންމެ ދޮށީ ދަރިކަލުން، އުމުރުން 35 އަހަރުގެ ނަމާލް އަކީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރެވެ.

އޭގެ އިތުރުން އެ އާއިލާގެ ގިނަ މެމްބަރުން ޖޫނިއާ މިނިސްޓަރު ފެންވަރުގެ ގިނަ މަގާމުތަކާއި ސަރުކާރުގެ އެހެން އިސް މަގާމުތަކުގައި ތިއްބަވަ އެވެ.

ވިކިލީކްސް ޖަމިއްޔާއިން 2007 ވަނަ އަހަރު އާއްމު ކުރި އެމެރިކާ އެމްބަސީގެ ލިޔުމެއްގައިވާ ގޮތުން ބެސިލްއަށް މީހުން މުހާތަބު ކުރަނީ "މިސްޓާ ޓެން ޕަސެންޓު"ގެ ނަމުންނެވެ. އެއީ ސަރުކާރަށް ލިބޭ ކޮންޓްރެކްޓުތަކުން ކޮމިޝަނެއް ނަންގަވާތީ ކަމަށް ތުހުމަތުކޮށްފައި ވެ އެވެ.

ނަމަވެސް ބެސިލް ވަނީ އެ ތުހުމަތު ދޮގުކުރައްވާފަ އެވެ. އަދި ދައުލަތުގެ ފައިސާއިން އެތައް މިލިއަން ޑޮލަރަށް އަމިއްލަފުޅު އެކައުންޓުތަކުގައި ފޮރުވި ކަމަށް ކުރެވޭ ތުހުމަތު ސާބިތު ކުރެވޭނެ ހެކި ތަހުގީގަށް ވެސް ހޯދިފައެއް ނުވެ އެވެ.

ބެސިލްއަކީ ސްރީ ލަންކާގެ އިތުރުން އެމެރިކާގެ ވެސް ރައްޔިތަކަށް ވާތީ، ލަންކާ ގާނޫނުގެ ދަށުން 2020 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރެއްވޭ ގޮތެއް ނުވި އެވެ. ނަމަވެސް ރައީސް ގޮތަބަޔާ ފަހުން ވަނީ ގާނޫނުން އޮތް ހުރަސް އުވާލައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox