އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ގެންދާ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

އަލީ ވަހީދު: އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދާ މައްސަލަ ހައިކޯޓުން ވަނީ ބޭރުކޮށްލާފައި

އަލީ ވަހީދު: އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދާ މައްސަލަ ހައިކޯޓުން ވަނީ ބޭރުކޮށްލާފައި

ޖިންސީ ގޯނާގެ ތުހުމަތުތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންދާ މައްސަލާގެ އިސްތިއުނާފު، ހައިކޯޓުން ބޭރުކޮށްލައިފި އެވެ.

ހައިކޯޓުން މިއަދު އެ މައްސަލަ ބޭރުކޮށްލީ، އަންގާރަ ދުވަހު އިޖުރާއީ އަޑުއެހުމެއް ބޭއްވުމަށްފަހު އެވެ. އެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރުން އޮޅުންފިއްލުވީ އެއީ އެ ކޯޓުގައި ކުރިއަށް ގެންދެވިދާނެ މައްސަލައެއްތޯ އެވެ.

ހައިކޯޓުން ދެންމެ ބުނި ގޮތުގައި، އަލީ ވަހީދުގެ މައްސަލަ އިސްތިއުނާފީ ދައުވާއެއްގެ ގޮތުގައި ކުރިޔަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް މިހިނދުގައި ނެތް ކަމަށް ކަނޑައަޅައި މައްސަލާގެ ދައުވާ ފޯމު ބާތިލުކޮށްފައިވާ ކަމަށެވެ.

އެ ނިންމުމުގެ ތަފްސީލެއް ހައިކޯޓުން އަދި އާންމެއް ނުކުރެ އެވެ.

މި މައްސަލާގައި ބޭއްވި އިޖުރާއީ އަޑުއެހުމުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ފަރާތުން އެދުނީ އަލީ ވަހީދުގެ ބަންދުކުރުމުގެ އަމުރެއް ހައިކޯޓުން ނެރެގެން ނަމަވެސް، މައްސަލަ ކުރިއަށް ގެންގޮސްދިނުމަށެވެ.

އަންގާރަ ދުވަހު ބޭއްވި އިޖުރާއީ އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ހައިކޯޓުގައި އެ މައްސަލަ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންދެވިދާނެތޯ ނުވަތަ އޮންލައިންކޮށް ކުރިއަށް ގެންދެވިދާނެތޯ ސުވާލު ކުރައްވާފަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ވަކީލް ވިދާޅުވި ގޮތުގައި، މައްސަލައަކީ އަލީ ވަހީދުގެ ޝަރީއަތް ކުރިއަށް ގެންދާ ގޮތާމެދު ހިޔާލު ތަފާތު އޮތް މައްސަލައަކަށްވާތީ، އޭނާއަށް ޖަވާބުދާރީނުވެވޭ ގޮތަކަށް އަޑުއެހުންތައް ކުރިއަށް ނުގެންދެވޭނެ އެވެ. އެހެންކަމުން އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.

އަދި، ރާއްޖޭން ބޭރުގައި ހުރެގެން އަޑުއެހުންތަކުގައި ދައުވާ ލިބޭ ފަރާތަކުން ބައިވެރިވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވަކީލް ވިދާޅުވި އެވެ.

ދެން ފަނޑިޔާރުން އޮޅުންފިލުވީ، މައްސަލައަށް ފަރުވާ އެވެ. ހައިކޯޓުން އަމަލު ކުރާނެ ގޮތެއް ގާނޫނުތަކުގެ އަލީގައި ބުނެދިނުމަށް ފަނޑިޔާރުން އެދިވަޑައިގެންނެވި އެވެ.

ވަކީލް ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ މީހުން ޝަރީއަތަށް ހާޒިރުކުރުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ކަމަށާއި އެކަމުގައި އަމަލުކުރާނެ އުސޫލުތައް އެބަހުރި ކަމަށެވެ. އެންމެ ފުރަތަމަ ޗިޓް ފޮނުވައިގެން ހާޒިރު ކުރަން މަސައްކަތް ކުރެވިދާނެ ކަމަށާއި، އެގޮތުން ހާޒިރު ނުވެއްޖެނަމަ، އެންމެ މަސްލަހަތު ހުރި ގޮތަކީ އެމީހަކު ބަންދުކޮށްގެން ހާޒިރުވާން އެންގުން ކަމަށެވެ.

ހައިކޯޓުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ވިދާޅުވި ގޮތުގައި، މި މައްސަލާގައި އަލީ ވަހީދު ބަންދުކޮށްގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް އަމުރެއް ހައިކޯޓަށް ނެރެވިދާނެ އެވެ. ދެން އޮތް ގޮތަކީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުން ކަމަށާއި ނަމަވެސް، އެފަދަ އަމުރެއް ވެސް ކުރިމިނަލް ކޯޓުން ނުލިބުންކަން ވަކީލް ފާހަގަ ކުރެއްވި އެވެ.

ގިނަ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދަށް ބޭރަށް ފުރާވަޑައިގެންނެވުނީ އޭނާގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްލުމުންނެވެ. ދައުލަތުން ޓްރެވަލް ޑޮކިއުމެންޓެއްގައި ވަކި މުއްދަތަކަށް ހުއްދަ ދޭން އެދިފައި އޮއްވައި އަޑުއެހުމަށް އައިޖީއެމްއެޗުގެ ކަށީގެ ޑޮކްޓަރު ޔޫސުފް ޝާން ހާޒިރުކޮށް، ކޯޓުން އަލީވަހީދުގެ ޕާސްޕޯޓް ދޫކޮށްލީ ރާއްޖެ އިން އޭނާގެ އޮޕަރޭޝަން ކުރުމުގެ ރިސްކު ބޮޑު ކަމަށް ނިންމަ އެވެ.

ލަންޑަނުގައި ހުންނަވައިގެން ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި އަލީ ވަހީދަށް ބައިވެރިވެވޭނެ އިންތިޒާމް އެ ކޯޓުން ހަމަޖައްސައިދީފައިވަނީ އޭނާގެ ބޭސްފަރުވާގެ ކަންކަން ނުނިމޭ ކަމަށް ބުނެ އެވެ. ނަމަވެސް، "އަދަދު"އަށް ކަށަވަރުވެފައިވާ ގޮތުގައި އަލީ ވަހީދުގެ ބޭސްފަރުވާގެ އެއްވެސް ކަމެއް މިވަގުތު ނުހިނގަ އެވެ.

އަލީ ވަހީދު ކޯޓަށް ފޮނުވާފައިވަނީ އިނގިރޭސިވިލާތުގެ ޝާލީ ވިލެޖްގެ އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ ޝާލީ އޯކްސް ހޮސްޕިޓަލުން ދޫކޮށްފައިވާ ލިޔުމެކެވެ.

އެ ލިޔުމުގައިވާ ގޮތުން މައިބަދައިގައި ރިއްސާތީ، އަލީ ވަހީދު ދެ ފަހަރެއްގެ މަތިން އެ ކްލިނިކަށް ދައްކާފައިވެ އެވެ. އަދި އެތަނުން އޭނާގެ އެމްއާރްއައި ވެސް ހަދާފައިވާ ކަމަށެވެ. އެ ލިއުމުން އެނގޭ ގޮތުގައި ބޭރަށް ވަޑައިގަތް ފަހުން އޭނާ މައިބަދައިގެ ސާޖަރީއެއް ކުރައްވައިފައެއް ނުވެ އެވެ. އަދި އެފަދަ ސާޖަރީއެއް ކުރަން އެ ލިއުމުގައި ޑޮކްޓަރުން ލަފާދެއްވައިފައެއް ވެސް ނުވެ އެވެ.

ޑޮކްޓަރުން ލަފާދެއްވީ އަލީ ވަހީދަށް ކަރަސްތުކުރުމަށާއި އެކަން މެދުނުކެނޑި ކުރިއަށް ގެންދެވުމަށެވެ.

އެކަމަކު ހަ މަސް ފަހުން އިތުރު ޓެސްޓްތަކަކާއި އެސެސްމެންޓްތަކެއް ކުރިއަށް ގެންދަން މިދިޔަ މާޗް މަހުގެ 25 ގައި ދޫކުރި އެ ލިއުމުގައި ޑޮކްޓަރުން ލަފާ ދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox