ހުޅުމާލޭގައި ބެހެއްޓި ޖަނަރޭޓަރު ސެޓު މާލެއާ ގުޅުމުގެ މަސައްކަތްތަކެއް ކުރަނީ

Jul 8, 2021, 10:50 AM
ސްޓެލްކޯ މާލޭ އިންޖީނުގެ: އިންޓަކަނެކްޝަންގެ މަސައްކަތް ނިމޭނީ އަންނަ ޖުލައި މަހު ކަމަށް ސްޓެލްކޯއިން ބުނޭ -- ފޮޓޯ: އާއިމް ޒަމީރު

ސްޓެލްކޯ މާލޭ އިންޖީނުގެ: އިންޓަކަނެކްޝަންގެ މަސައްކަތް ނިމޭނީ އަންނަ ޖުލައި މަހު ކަމަށް ސްޓެލްކޯއިން ބުނޭ -- ފޮޓޯ: އާއިމް ޒަމީރު

ހުޅުމާލޭގައި ބެހެއްޓި ބިޔަ ޖަނަރޭޓަރު ސެޓުން މާލެއަށް ކަރަންޓު ދިނުމަށް ކުރަންޖެހޭ ބައެއް މަސައްކަތްތައް މާދަމާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ބުނެފި އެވެ.

ސްޓެލްކޯ އިން ބުނީ މާލެ، ހުޅުމާލެ، ހުޅުލެ، އެއް ކަރަންޓު ވިއުގައަކުން ގުޅާލުމަށް ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަށް ހުކުރު ދުވަހު ހެނދުނު 7:00 ފެށިގެން 9:00 ހަމައަށް މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓުދާނެ ކަމަށެވެ.

ހުޅުމާލޭގައި ބެހެއްޓި 50 މެގަވޮޓްގެ ކަރަންޓު ޖަނަރޭޓަރު ސެޓު މާލެއާ ގުޅާލަނީ ސިނަމާލޭ ބްރިޖުގެ އަރިމަތިން ގެންނަ ކޭބަލަކުންނެވެ. އަންނަ ޖުލައި މަހުގެ ތެރޭގައި އެ މަސައްކަތް ނިމުމުން މާލޭއަށް ކަރަންޓު ދިނުމަށް މިހާރު ބަހައްޓާފައި ހުރި ބައެއް ވަގުތީ ޖަނަރޭޓަރުތައް ނަގާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެ އެވެ.

މާލޭގައި ކަރަންޓު ބޭނުން ކުރާވަރު އުޅެނީ 60-70 މެގަވޮޓާ ދެމެދުގެ އަދަދެއްގަ އެވެ. މާލޭގައި ބަހައްޓާފައި ހުރި ސްޓެލްކޯ އިންޖީނު ގެއިން އުފެއްދެނީ ގާތްގަނޑަކަށް 90 މެގަވޮޓްގެ ކަރަންޓެވެ.

މިހާރު ހުޅުމާލޭގައި ބަހައްޓާފައި ހުރި 50 މެގަވޮޓްގެ ޖަނަރޭޓަރު ސެޓުގެ އިތުރުން ހަމަ އެ ސައިޒުގެ އިތުރު ޖަނަރޭޓަރު ސެޓެއް ހުޅުމާލޭގައި ބެހެއްޓުމަށް ސަރުކާރުން އަންނަނީ ރާވަމުންނެވެ. އަދި މާލެއަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ތިލަފުށީގައި 150 މެގަވޮޓްގެ އިންޖީނުގެއެއް ބެހެއްޓުމަށް މަސައްކަތްތަކެއް ވެސް ދަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox