އަފްގާނިސްތާން ސަރުކާރުން ތާލިބާނާ ބައްދަލުކޮށްފި

ތާލިބާން ސިޔާސީ އޮފީހުގެ ވެރިޔާ ޝޭރް މުހައްމަދު އައްބާސް ސްތަނިކްޒާއީ (ވ) އަދި އަފްގާނިސްތާނުގެ ކުރީގެ ނައިބު ރައީސް ޔޫނުސް ގާނޫނީ.-- ފޮޓޯ: އޭއެފްޕީ

ތާލިބާން ސިޔާސީ އޮފީހުގެ ވެރިޔާ ޝޭރް މުހައްމަދު އައްބާސް ސްތަނިކްޒާއީ (ވ) އަދި އަފްގާނިސްތާނުގެ ކުރީގެ ނައިބު ރައީސް ޔޫނުސް ގާނޫނީ.-- ފޮޓޯ: އޭއެފްޕީ

ތެހްރާން، އިރާން (ޖުލައި 8) - އަފްގާނިސްތާން ސަރުކާރުގެ ވަފުދަކާއި ތާލިބާނުންގެ މަންދޫބުންނާ ދެމެދު ބުދަ ދުވަހު އިރާނުގެ ވެރިރަށް ތެހްރާނުގައި މަޝްވަރާކޮށްފައިވާ ކަމަށް އިރާނުގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މަޝްވަރާ ބައްދަލުވުންތައް ފެށުމުގެ ގޮތުން އިރާނުގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދު ޒާރިފް ވަނީ އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބާފައި ވާތީ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ.

"މިއަދު އަފްގާނިސްތާނުގެ ރައްޔިތުންނާއި ސިޔާސީ ލީޑަރުންނަށް ޖެހެނީ ގައުމުގެ ކުރިމަގަށްޓަކައި އުނދަގޫ ނިންމުންތަކެއް ނިންމަން،" އޭނާ ވިދާޅުވި އެވެ.

ތާލިބާނުންގެ ފަރާތުން މަޝްވަރާގައި ބައިވެރިވަނީ ޑެޕިއުޓީ ޗީފް ނެގޯޝިއޭޓަރު ޝޭރް މުހައްމަދު އައްބާސް ސްތަނިކްޒާއީ އެވެ. އަދި ސަރުކާރުގެ ފަރާތުން ބައިވެރިވަނީ ކުރީގެ ނައިބު ރައީސް ޔާނުސް ގާނޫނީ ކަމަށް އިރާނުގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

ތާލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވަނީ އަފްގާން ސަރުކާރާއެކު ތެހްރާންގައި މަޝްވަރާ ކުރަމުންދާކަން އޭއެފްޕީއަށް ކަށަވަރުކޮށްދީފަ އެވެ.

އަފްގާނިސްތާނުގައި އެތައް މިލިއަން ރެފިއުޖީންނާއި ހިޖުރަކޮށްގެން އުޅޭ މަސައްކަތްތެރިން އިރާނުގައި ދިރިއުޅެ އެވެ. އެމެރިކާ ސިފައިން އަފްގާނިސްތާން ދޫކޮށް ދާ މި ދަނޑިވަޅުގައި އެ ގައުމުގެ ހާލަތު އިތުރަށް ގޯސްވާތީ އިރާނުން ކަންބޮޑުވެ އެވެ.

އެހެންވެ ފޮރިން މިނިސްޓަރު ޒާރިފް ގޮވާލެއްވީ ހަނގުރާމަ ކުރުން ހުއްޓާލުމަށް ފަހު މަޝްވަރާއަށް އިސްކަން ދިނުމަށެވެ. އަދި އަފްގާނިސްތާނުގެ ލީޑަރުންނާއި ސިޔާސީ ހަރަކާތްތަކަށް އޮތް އެންމެ ރަނގަޅު ގޮތަކީ "ސިޔާސީ ހައްލެއް" ކަމަށް ވިދާޅުވި އެވެ.

އެމެރިކާ އާއި އިރާނަކީ ދެ ހަތުރުން ނަމަވެސް، ސެޕްޓެމްބަރު 11، 2001 ގައި އަލް ގައިދާއިން އެމެރިކާއަށް ދިން ހަމަލާތަކަށް ފަހު ދެ ގައުމުން ގުޅިގެން ކުޑަ ދުވަސްކޮޅަކަށް މަސައްކަތް ކުރި އެވެ.

އިރާނުގައި މިހާރު ފަށާފައިވާ މަޝްވަރާތަކާ ގުޅޭ ގޮތުން އެމެރިކާ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ނެޑް ޕްރައިޒް ވިދާޅުވީ އަފްގާނިސްތާނުގެ އަވައްޓެރިންނަށް އެ ގައުމުގައި ސުލްހަ ގާއިމްވެފައި އޮތުން މުހިއްމު ކަމަށެވެ.

"އަފްގާނިސްތާނުގެ އަވައްޓެރިން ޖެހެނީ ކުރިއެރުން ލިބޭ ފަދަ ދައުރެއް އަދާ ކުރަން. މި މަޝްވަރާތައް ފަށައިގެން އިރާނުން ކުރަން މަސައްކަތް ކުރަނީ އެފަދަ ކަމެއް ކަމަށް ވެދާނެ. އެކަމަކު އަޅުގަނޑުމެން ޖެހޭނީ ބަލަން ތިބެން،" އޭނާ ވިދާޅުވި އެވެ.

ސެޕްޓެމްބަރު 11 ކުރިން އެމެރިކާ ސިފައިން އަފްގާނުން ފޭބުމުގެ މަސައްކަތް ކުރާ މި ދަނޑިވަޅުގައި ތާލިބާނުން ވަނީ މުހިއްމު ބައެއް ސަރަހައްދުތަކުގެ ކޮންޓްރޯލް ހޯދާފަ އެވެ. އަފްގާން ސިފައިން ބުނީ ވަރުގަދަ ހަމަލާތަކެއް ދީގެން އެ ތަންތަން އަލުން ހޯދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox