އިންޑިއާގެ 12 މިނިސްޓަރުން އެއް ފަހަރާ އިސްތިއުފާ ދެއްވައިފި

ބޮޑު ވަޒީރު ނަރެންދްރަ މޯދީ.--

ބޮޑު ވަޒީރު ނަރެންދްރަ މޯދީ.--

ނިއު ދިއްލީ، އިންޑިއާ (ޖުލައި 7) - ހެލްތު މިނިސްޓަރު ހިމެނޭ ގޮތަށް އިންޑިއާގެ 12 މިނިސްޓަރަކު އެއް ފަހަރާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މިއީ ހަތް ސްޓޭޓެއްގެ އިންތިހާބު އަންނަ އަހަރު ބާއްވަން ތައްޔާރުވަމުން ދާއިރު، ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ބޭނުމުގައި ކުރި ކަމެކެވެ.

އިސްތިއުފާ ދެއްވި މިނިސްޓަރުންގެ ތެރެއިން އެންމެ ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހިފައިވީ އުމުރުން 66 އަހަރު ހެލްތު މިނިސްޓަރު ހަރްޝް ވަރްދަން އަށެވެ.

އެއީ މިދިޔަ އޭޕްރިލް އަދި މޭ މަހު ކޮވިޑުގެ ދެ ވަނަ ރާޅުގެ ކޮންޓްރޯލް ދޫވެ، ހޮސްޕިޓަލްތައް ފުރި އޮކްސިޖަން ހުސްވުން ފަދަ އެތައް ކަމެއް ދިމާވެފައި ވާތީ އެވެ.

އޭގެ އިތުރުން ލޯ އެންޑް ޖަސްޓިސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު ރަވީ ޝަންކަރް ޕްރަސާދް ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ނަމަވެސް އުމުރުން 66 އަހަރުގެ ޕްރަސާދަކީ މޯދީއާ ގާތް ބޭފުޅަކަށް ވާތީ ވެރިކަން ކުރާ ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ މުހިއްމު ރޯލެއް އޭނާއަށް ދޭނެ ކަމަށް ބެލެވެ އެވެ.

ޕްރަސާދްގެ މައްސަލަ ހޫނުވީ އާ ގަވާއިދުތަކެއްގެ ދަށުން ބައިނަލްއަގްވާމީ ސޯޝަލް މީޑިއާ ކުންފުނިތަކަށް ފިއްތުންތައް ކުރިމަތި ކުރުވަމުން ދާތީ އެވެ.

އޭގެ އިތުރުން އެންވާރަމަންޓް، ފޮރެސްޓްސް އެންޑް ކްލައިމެޓް ޗޭން އަދި އިންފޮމޭޝަން، ބްރޯޑްކާސްޓިން އެންޑް ހެވީ އިންޑަސްޓްރީޒްގެ މިނިސްޓަރުކަން ކުރައްވާ ޕްރަކާޝް ޖާވަދޭކަރް އާއި އެޑިއުކޭޝަން މިނިސްޓަރު ރަމޭޝް ޕކްރިޔާލް ނިޝާންކް ވެސް އިސްތިއުފާ ދެއްވި އެވެ،

އަންނަ އަހަރު ހަތް ސްޓޭޓެއްގެ އިންތިހާބު ބާއްވަން ހަމަޖެހިފައި ވާއިރު، އޭގެ ތެރެއިން ހަ ސްޓޭޓުގެ ކޮންޓްރޯލް މި ވަގުތު އޮތީ ބީޖޭޕީ އަށެވެ.

މި އަހަރުގެ ކުރީކޮޅު ބޭއްވި އިންތިހާބުން މޯދީގެ ޕާޓީއަށް ވަނީ ވެސްޓް ބެންގޯލްގެ ކޮންޓްރޯލް ނުލިބިފަ އެވެ. އެނެލިސްޓުން ބުނާ ގޮތުގައި ކެބިނެޓަށް ބޮޑު ބަދަލެއް ގެންނަނީ މޯދީގެ ސަރުކާރަށް އޮތް ތާއީދު ކުޑަވަމުން ދާތީ އެކަން ހައްލު ކުރުމުގެ ގޮތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox