ތިން މީހުން ދޫކޮށްލީ އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ވަރަށް ހެކި ނެތުމުން: ކޯޓު

ކުރިމިނަލް ކޯޓު: ތިން މީހުން ދޫކޮށްލާފައިވަނީ އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ މިންވަރަށް ހެކި ނެތުމުން ކަމަށް ބުނި

ކުރިމިނަލް ކޯޓު: ތިން މީހުން ދޫކޮށްލާފައިވަނީ އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ މިންވަރަށް ހެކި ނެތުމުން ކަމަށް ބުނި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހަކު ކުރިމިނަލް ކޯޓުން ދޫކޮށްލާފައިވަނީ އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ މިންވަރަށް ހެކި ނެތުމުން ކަމަށް އެ ކޯޓުން ބުނެފި އެވެ.

ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލައި ދިން ހަމަލާއަށްފަހު ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހަކު ދޫކޮށްލާފައިވަނީ ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު މިއަދު ނެރުއްވި އަމުރެއްގަ އެވެ. އެ އަމުރު ނެރުއްވާފައިވަނީ ފުލުހުން އެދިގެން، ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ އަޑުއެހުމެއްގަ އެވެ.

ކުރިމިނަލް ކޯޓުގައި މީޑިއާ އޮފިޝަލް "އަދަދު"އަށް ވިދާޅުވި ގޮތުގައި، ތިން މީހުން ބަންދުން ދޫކޮށްލި ސަބަބެއް ކަމަށް އަމުރުގައި ބަޔާންކޮށްފައިވަނީ އެމީހުންގެ ބަންދަށް 40 ދުވަސްވެފައިވާއިރު، އެމީހުން ދެން އިތުރަށް ބަންދުގައި ބެހެއްޓޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިނުވުމެވެ.

ނަމަވެސް، ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މިއަދު "އަދަދު"އަށް ވިދާޅުވި ގޮތުގައި ތިން މީހުން ދޫކޮށްލާފައިވަނީ އެމީހުން ބަންދުކުރާ މިންވަރަށް ހެކި ލިބިފައިވަނިކޮށެވެ. އެހެންވެ، އެ އަމުރު ވީއެންމެ އަވަހަކަށް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅުއްވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ހިންގި އޮޕަރޭޝަނުގައި މާލެ، ހުޅުމާލެ އަދި އައްޑޫން ބަޔަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ހަތަރު މީހަކަށް މިހާރު ވަނީ ހަމަލާއާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށް ތަހުގީގު ފަށާފަ އެވެ.

ނަމަވެސް، މިއަދު ދޫކޮށްލި ތިން މީހުންގެ ތެރޭ ހަމަލާއާ ސީދާ ގުޅުން އޮތް ކަމަށް ތުހުމަތުވާ މީހަކު ނުހިމެނެ އެވެ.

ހަމަލާގެ ތަހުގީގާ ގުޅޭ ގޮތުން އެންމެ ފަހުން އާންމުކުރި މައުލޫމާތަށް ބަލާއިރު ޓެރަރިސްޓް ހަމަލާއާ ގުޅިގެން އަށް މީހެއްގެ މައްޗަށް ގެންދަނީ ތަހުގީގު ހިންގަމުންނެވެ. އޭގެ ތެރެއިން ފުލުހުން ވަނަވަރު ހާމަކޮށްފައިވާ މީހުންނަކީ، އަދުހަމް އަހުމަދާއި މުޖާޒް އަހުމަދާއި ތަހުމީން އަހުމަދު އާއި އަހުމަދު ފާތިހު އަދި އަލީ ހައިޝަމް އެވެ. އެމީހުން ތިބީ ބަންދުގަ އެވެ.

ހަރުކަށި ފިކުރު ފަތުރައި ޓެރަރިޒަމްގެ ތުހުމަތަށް އައްޑޫން ހައްޔަރުކުރި މީހުންގެ ތެރެއިން ވެސް ފަސް މީހަކު މީގެކުރިން ދޫކޮށްލި އެވެ. ނަމަވެސް، އެ އެންމެން އަލުން ހައްޔަރުކުރުމަށް ހައިކޯޓުން އެންގި އެވެ. އެގޮތަށް އަންގާފައިވަނިކޮށް އޭގެ ތެރެއިން އެކަކު ސުޕްރީމް ކޯޓަށް ދިޔުމުން އޭނާ ދޫކޮށްލުމަށް އަމުރުކުރި އެވެ. ނަމަވެސް، މިހާރު ފުލުހުން ވަނީ އެމީހާ އަލުން ހައްޔަރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox