ޓެރަރިޒަމަށް ތުހުމަތުވާ މީހުން ބަންދުކުރާވަރަށް ހެކި ހުރި، އިސްތިއުނާފުކުރާނަން: ޕީޖީ

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް، ސީޕީ ހަމީދާއެކު: ކުރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރު އިސްތިއުނާފު ކުރައްވާނެ ކަމަށް ވިދާޅުވި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް، ސީޕީ ހަމީދާއެކު: ކުރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރު އިސްތިއުނާފު ކުރައްވާނެ ކަމަށް ވިދާޅުވި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހަކު މިއަދު ކުރިމިނަލް ކޯޓުން ދޫކޮށްލާފައިވަނީ އެމީހުން ބަންދުކުރާ މިންވަރަށް ހެކި ލިބިފައިވަނިކޮށް ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނެރުއްވި އަމުރަކުން ދޫކޮށްލާފައިވަނީ ހަރުކަށި ފިކުރާ ފަތުރައި، ޓެރަރިޒަމްގެ ތުހުމަތުވާ ބައެކެވެ.

އެކަމާ ގުޅޭ ގޮތުން "އަދަދު"ން ސުވާލުކުރުމުން ޕްރޮސިކިއުޓާ ޖެނަރަލް ޝަމީމް ވިދާޅުވި ގޮތުގައި ކުރިމިނަލް ކޯޓުން އެ އަމުރު ނެރުނުތާ ދެ ގަޑިއިރު ވެފައިވާއިރު މިހާތަނަށް އެ އޮފީހަށް އަމުރު ލިބިފައިނުވެ އެވެ.

Advertisement

ނަމަވެސް، އެ ތިން މީހުން ދޫކޮށްލާފައިވަނީ އެމީހުން ބަންދުކުރާ މިންވަރަށް ހެކި ލިބިފައިވަނިކޮށް ކަމަށެވެ. އެހެންވެ، އެ އަމުރު ވީއެންމެ އަވަހަކަށް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅުއްވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ހިންގި އޮޕަރޭޝަނުގައި މާލެ، ހުޅުމާލެ އަދި އައްޑޫން ބަޔަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ހަތަރު މީހަކަށް މިހާރު ވަނީ ހަމަލާއާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށް ތަހުގީގު ފަށާފަ އެވެ.

ނަމަވެސް، މިއަދު ދޫކޮށްލި ތިން މީހުންގެ ތެރޭ ހަމަލާއާ ސީދާ ގުޅުން އޮތް ކަމަށް ތުހުމަތުވާ މީހަކު ނުހިމެނެ އެވެ.

ހަމަލާގެ ތަހުގީގާ ގުޅޭ ގޮތުން އެންމެ ފަހުން އާންމުކުރި މައުލޫމާތަށް ބަލާއިރު ޓެރަރިސްޓް ހަމަލާއާ ގުޅިގެން އަށް މީހެއްގެ މައްޗަށް ގެންދަނީ ތަހުގީގު ހިންގަމުންނެވެ. އޭގެ ތެރެއިން ފުލުހުން ވަނަވަރު ހާމަކޮށްފައިވާ މީހުންނަކީ، އަދުހަމް އަހުމަދާއި މުޖާޒް އަހުމަދާއި ތަހުމީން އަހުމަދު އާއި އަހުމަދު ފާތިހު އަދި އަލީ ހައިޝަމް އެވެ. އެމީހުން ތިބީ ބަންދުގަ އެވެ.

ހަރުކަށި ފިކުރު ފަތުރައި ޓެރަރިޒަމްގެ ތުހުމަތަށް އައްޑޫން ހައްޔަރުކުރި މީހުންގެ ތެރެއިން ވެސް ފަސް މީހަކު މީގެކުރިން ދޫކޮށްލި އެވެ. ނަމަވެސް، އެ އެންމެން އަލުން ހައްޔަރުކުރުމަށް ހައިކޯޓުން އެންގި އެވެ. އެގޮތަށް އަންގާފައިވަނިކޮށް އޭގެ ތެރެއިން އެކަކު ސުޕްރީމް ކޯޓަށް ދިޔުމުން އޭނާ ދޫކޮށްލުމަށް އަމުރުކުރި އެވެ. ނަމަވެސް، މިހާރު ފުލުހުން ވަނީ އެމީހާ އަލުން ހައްޔަރުކޮށްފަ އެވެ.

އެޑިޓަރުގެ ނޯޓު:

ކުރިމިނަލް ކޯޓުން މިއަދު ދޫކޮށްލީ ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ސީދާ ތުހުމަތުވާ ބައެއް ކަމަށް މީގެކުރިން ލިޔެފައިވަނީ މައުލޫމާތުގެ ކުށަކުންނެވެ. ހަބަރު މިވަނީ އިސްލާހު ކުރެވިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox