ނަޝީދަށް ދިން ހަމަލާއަށްފަހު ހައްޔަރުކުރި ތިން މީހަކު ދޫކޮށްލައިފި

ހަމަލާއާ ގުޅިގެން މީހަކު ހައްޔަރުކުރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން: ތިން މީހަކު ވަނީ ދޫކޮށްލާފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ހަމަލާއާ ގުޅިގެން މީހަކު ހައްޔަރުކުރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން: ތިން މީހަކު ވަނީ ދޫކޮށްލާފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހަކު މިއަދު ކުރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނެރުއްވި އަމުރަކުން ދޫކޮށްލާފައިވަނީ ހަރުކަށި ފިކުރު ފަތުރައި، ޓެރަރިޒަމްގެ ތުހުމަތުވާ ބައެކެވެ.

މި ތިން މީހުން ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރުކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެ އެވެ. ކުރިމިނަލް ކޯޓުން ފޯނަށް ޖަވާބު ނުދޭއިރު އަމުރު އާންމުކޮށްފައެއް ނުވެ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް ޝަމީމް ވިދާޅުވި ގޮތުގައި ކުރިމިނަލް ކޯޓުން އެ އަމުރު ނެރުނުތާ ދެ ގަޑިއިރު ވެފައިވާއިރު މިހާތަނަށް އެ އޮފީހަށް އަމުރު ލިބިފައިނުވެ އެވެ.

ނަމަވެސް، އެ ތިން މީހުން ދޫކޮށްލާފައިވަނީ އެމީހުން ބަންދުކުރާ މިންވަރަށް ހެކި ލިބިފައިވަނިކޮށް ކަމަށެވެ. އެހެންވެ، އެ އަމުރު ވީއެންމެ އަވަހަކަށް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅުއްވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ހިންގި އޮޕަރޭޝަނުގައި މާލެ، ހުޅުމާލެ އަދި އައްޑޫން ބަޔަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ހަތަރު މީހަކަށް މިހާރު ވަނީ ހަމަލާއާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށް ތަހުގީގު ފަށާފަ އެވެ.

ނަމަވެސް، މިއަދު ދޫކޮށްލި ތިން މީހުންގެ ތެރޭ ހަމަލާއާ ސީދާ ގުޅުން އޮތް ކަމަށް ތުހުމަތުވާ މީހަކު ނުހިމެނެ އެވެ.

ހަމަލާގެ ތަހުގީގާ ގުޅޭ ގޮތުން އެންމެ ފަހުން އާންމުކުރި މައުލޫމާތަށް ބަލާއިރު ޓެރަރިސްޓް ހަމަލާއާ ގުޅިގެން އަށް މީހެއްގެ މައްޗަށް ގެންދަނީ ތަހުގީގު ހިންގަމުންނެވެ. އޭގެ ތެރެއިން ފުލުހުން ވަނަވަރު ހާމަކޮށްފައިވާ މީހުންނަކީ، އަދުހަމް އަހުމަދާއި މުޖާޒް އަހުމަދާއި ތަހުމީން އަހުމަދު އާއި އަހުމަދު ފާތިހު އަދި އަލީ ހައިޝަމް އެވެ. އެމީހުން ތިބީ ބަންދުގަ އެވެ.

ހަރުކަށި ފިކުރު ފަތުރައި ޓެރަރިޒަމްގެ ތުހުމަތަށް އައްޑޫން ހައްޔަރުކުރި މީހުންގެ ތެރެއިން ވެސް ފަސް މީހަކު މީގެކުރިން ދޫކޮށްލި އެވެ. ނަމަވެސް، އެ އެންމެން އަލުން ހައްޔަރުކުރުމަށް ހައިކޯޓުން އެންގި އެވެ. އެގޮތަށް އަންގާފައިވަނިކޮށް އޭގެ ތެރެއިން އެކަކު ސުޕްރީމް ކޯޓަށް ދިޔުމުން އޭނާ ދޫކޮށްލުމަށް އަމުރުކުރި އެވެ. ނަމަވެސް، މިހާރު ފުލުހުން ވަނީ އެމީހާ އަލުން ހައްޔަރުކޮށްފަ އެވެ.

އެޓިޓަރުގެ ނޯޓު:

ކުރިމިނަލް ކޯޓުން މިއަދު ދޫކޮށްލީ ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ސީދާ ތުހުމަތުވާ ބައެއް ކަމަށް މީގެކުރިން ލިޔެފައިވަނީ މައުލޫމާތުގެ ކުށަކުންނެވެ. ހަބަރު މިވަނީ އެވަނީ އިސްލާހު ކުރެވިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމު އިސްކުރާނަމަ ޕީއެންސީގެ ފަލްސަފާއާ ދެބަހެއް ނުވާނެ"

ޕީއެންސީގެ މައިގަނޑު ސިޔާސަތަކީ "އެންމެ ފުރަތަމަ ގައުމު" އިސްކުރުން ކަމަށާއި، އެ ފަލްސަފާއާ އެއްގޮތަށް މަސައްކަތްކުރާނަމަ އެއްވެސް ބަޔަކު އެ ޕާޓީއާ ދެބަސްނުވާނެ ކަމަށް މުއިއްޒު ވިދާޅުވި. އަދި އެހެން ސިޔާސީ ފިކުރުތަކަކީ ފަނާކުރަނިވި ފިކުރުތަކެއް ކަމަށާއި، ގައުމު އިސްކޮށްގެން މަސައްކަތްކުރާ ހަމައެކަނި ޕާޓީއަކީ ޕީއެންސީ ކަމަށްވެސް މުއިއްޒު ވިދާޅުވި.

ޕީއެންސީގެ 2028 ގެ ރިޔާސީ ޓިކެޓު މުއިއްޒަށް ރަސްމީކޮށް އަރުވައިފި

ޕީއެންސީގެ އަސާސީ ގަވާއިދާ އެއްގޮތަށް، 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ޕްރައިމަރީއަކާ ނުލައި ރައީސް މުހައްމަދު މުއިއްޒަށް އެރުވުމަށް އެ ޕާޓީގެ ކޮންގްރެސްއިން ވަނީ ނިންމައި، މިރޭ ރަސްމީކޮށް ޓިކެޓު ހަވާލުކޮށްފައި. މިއީ އެމަނިކުފާނަށް ދެވަނަ ދައުރެއް ހައްގުވާތީ ނިންމި ނިންމުމެއް ކަމަށް ޕީއެންސީން ބުނޭ.

ބަދުއަހްލާގީ އަމަލު ހިންގި މައްސަލައިގައި ދެ މީހުން ހައްޔަރަށް

ހިޔާ ޓަވަރެއްގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ 36 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ އަންހެނަކު ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. ކޯޓުން މި ދެ މީހުންގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

މައްކާއަށް ހަމާލާ ދޭން އުޅުނީ ހޫތީން ކަމަށް ހުތުބާގައި ބުނެފި

ހޫތީން މައްކާއަށް ދޭން އުޅުނު ޑްރޯން ހަމަލާއެއް ހުއްޓުވާފައިވާ ބުނީ ސައުދީ އަރަބިއްޔާއިންނެވެ. ނަމަވެސް ހޫތީން އެކަން ދޮގުކޮށް، އެއީ ސައުދީ އަރަބިއްޔާއިން އުފެއްދި ވާހަކަތަކެއް ކަމަށް ވަނީ ބުނެފަ އެވެ.

ގާނޫނުއަސާސީގެ ފޮނިމީރުކަން ލިބެނީ ރައީސުލްޖުމްހޫރިއްޔާއަށް: އަލީ

ގާނޫނުއަސާސީގެ ފޮނިމީރުކަމާއި އިންސާފު ލިބެނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް ކަމަށާއި، ދައުލަތުގެ ހުރިހާ މުދަލާއި ފައިސާއަކީ ރައީސްގެ އަމިއްލަ އެއްޗަކަށް ވެފައިވާ ކަމަށް ގާނޫނީ ވަކީލު އަލީ ވިދާޅުވި. ގާނޫނުއަސާސީ ފަރުމާކޮށްފައިވާ ގޮތުން މަޖިލީހާއި، މިނިވަން މުއައްސަސާތަކާއި ޖުޑީޝަރީގެ ކޮންޓްރޯލް ނެގުމުގެ ފުރުސަތު ރައީސަށް ފަހިވާ ކަމަށް.

ލޯނުގެ އިންޓްރެސްޓަށް އެރި 45 މިލިއަން ޑޮލަރު ދެއްކީ އިންޑިއާއިން

"މި ޓްރެޝަރީ ބިލުތަކުގެ ޕްރިސިޕަލް އެމައުންޓު ދެއްކީ ދިވެހި ސަރުކާރުން. އެކަމަކު މި ހުރިހާ ޓްރެޝަރީ ބިލަކަށް މިދިޔަ ފަސް އަހަރު ޖެހުނު އިންޓްރެސްޓް ދެއްކީ އިންޑިއާއިން. އިންޑިއާ ސަރުކާރުން ދެއްކީ ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު،" ޖައިސްވާލް ވިދާޅުވި އެވެ.

ތޮށިގަނޑުގެ ހިލަގާތަކުގެ ތެރޭގައި ތާށިވި މީހަކު ސަލާމަތްކޮށްފި

މާލެ ސްކޭޓް ޕާކް ސަރަހައްދު ތޮށިގަނޑުގެ ހިލަގާތަކުގެ ތެރޭގައި ތާށިވެފައި އޮތް ފިރިހެނަކު، ފުލުހުންނާއި ސިފައިން ގުޅިގެން ވަނީ ސަލާމަތްކޮށްފައި. ގިނަ ގަޑިއިރުތަކެއް ވަންދެން ތާށިވެފައި އޮތް ކަމަށް ބެލެވޭ މި މީހާ ފެނުނީ އޭނާ ހަޅޭއްލަވާ އަޑަށް ކަމަށްވާއިރު، މިހާރު އޭނާއަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން.

Newsletter

Get the latest news delivered straight to your inbox