އިންޑިއާގެ އެކްޓިވިސްޓަކު ޖަލުގައި މަރުވުމުން އދ. ގެ ކަންބޮޑުވުން

މަދަނީ ހައްގުތަކަށް ވަކާލާތު ކުރާ އަދި ނަސާރާ ފާދިރީ ސްޓޭން ސްވާމީ.-- ފޮޓޯ: ޕީޓީއައި

މަދަނީ ހައްގުތަކަށް ވަކާލާތު ކުރާ އަދި ނަސާރާ ފާދިރީ ސްޓޭން ސްވާމީ.-- ފޮޓޯ: ޕީޓީއައި

ޖެނީވާ، ސްވިޓްޒަލޭންޑް (ޖުލައި 6) - ޝަރީއަތް ފެށެން ދެން ޖަލުގައި ބަންދުކޮށްފައި ހުރި އިންޑިއާގެ އެކްޓިވިސްޓު، އުމުރުން 84 އަހަރުގެ ނަސާރާ ފާދިރީ ސްޓޭން ސްވާމީ މަރުވުމުން އދ. އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިންޑިއާގެ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ޝަރީއަތް ފެށެން ދެން ހައްޔަރުކޮށްފައި ހުންނަތާ ނުވަސް މަސް ފަހުން ސްވާމީ މަރުވީ ހޯމަ ދުވަހު އެވެ. ކަފާލާތުގެ ދަށުން އޭނާ މިނިވަން ކުރުމުގެ އަޑުއެހުމެއް އެ ދުވަހަށް ތާވަލުކޮށްފައި އޮތެވެ.

ސްވާމީއަކީ އިންޑިއާގައި މީސްކޮޅު މަދު އެކި ދީންތަކާއި ސަގާފާތްތަކަށް ނިސްބަތްވާ މީހުންގެ ހައްގުތަކަށް މަސައްކަތް ކުރި މީހެކެވެ. މިދިޔަ އަހަރު އޭނާ ހައްޔަރު ކުރީ އިންޑިއާގެ ހިންދޫން ގަބޫލުކުރާ ތަފާތު އެކި ދަރަޖަތަކުގެ މީހުންގެ މެދުގައި 2018 ވަނަ އަހަރު ހަމަނުޖެހުން އުފެއްދި ކަމުގެ ތުހުމަތަށެވެ.

"އުމުރުން 84 އަހަރުގެ ފާދިރީ ސްޓޭން ސްވާމީގެ މަރާ ގުޅިގެން އަޅުގަނޑުމެން ނުހަނު ހިތާމަކޮށް ކަންބޮޑުވޭ،" އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހުގެ ތަރުޖަމާނު ލިޒް ތުރޮސެލް ވިދާޅުވި އެވެ.

ޕާކިންސަންސް ޑިޒީޒް އަދި ބައެއް އެހެން ސިއްހީ މައްސަލަތައް ހުރި ނަމަވެސް، މީގެ ކުރިން ކޯޓުން ނިންމީ ކަފާލާތުގެ ދަށުން އޭނާ ދޫނުކުރުމަށެވެ. މިދިޔަ މޭ މަހު ކޮވިޑް ޖެހިގެން އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކުރި އެވެ. އަދި ފާއިތުވި ހަފްތާ ބަންދުގައި ހާޓް އެޓޭކެއް ޖެހުނެވެ.

"ހައި ކޮމިޝަނަރު މިޝޭލް ބެޝެލެޓް އަދި އދ. ގެ މިނިވަން ތަޖުރިބާކާރުން ވަނީ އެކި ފަހަރު މަތިން ފާދިރީ ސްޓޭން އާއި އިތުރު 15 އެކްޓިވިސްޓުންނާ ގުޅުން ހުރި ކަންބޮޑުވުން އިންޑިއާ ސަރުކާރަށް ހުށަހަޅައި، އެ މީހުން ދޫކުރަން ބާރު އަޅާފައި،" ތުރޮސެލް ވިދާޅުވި އެވެ.

އޭގެ އިތުރުން މުއްދަތެއް ނެތް ގޮތަށް، ޝަރީއަތް ފެށެން ދެން މީހުން ބަންދު ކުރެވޭ ގޮތަށް ގާނޫނު އޮންނާތީ ވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭގެ އިތުރުން މާ ބޮޑު ގާނޫނީ ހުއްޖަތެއް ނެތި ހައްޔަރުކޮށްފައި ތިބޭ މީހުން މި ބަލިމަޑުކަމުގެ ތެރޭގައި މިނިވަން ކުރުން ގޮވާލާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އަނެއްކާވެސް މި ތަކުރާރު ކުރަނީ ހައި ކޮމިޝަނަރުގެ ގޮވާލެއްވުން. ހިޔާލު ފާޅުކުރުމާއި، ސުލްހަވެރިކަމާއެކު އެއްވުމާއި ޖަމިއްޔާ ހެދުމުގެ އަސާސީ ހައްގުގެ ބޭނުން ހިފުމުން އެއްވެސް މީހަކު ބަންދު ކުރަމުން ނުދިޔުމަށް އިންޑިއާގެ ސަރުކާރަށް ގޮވާލަން،" ތަރުޖަމާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox