އަލީ ވަހީދުގެ އަޑުއެހުން ހައިކޯޓުން ކެންސަލްކޮށްފި

އަލީ ވަހީދު: ހައިކޯޓުން ވަނީ އަޑުއެހުން ކެންސަލްކޮށްފައި

އަލީ ވަހީދު: ހައިކޯޓުން ވަނީ އަޑުއެހުން ކެންސަލްކޮށްފައި

ޖިންސީ ގޯނާގެ ތުހުމަތުތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންދާ މައްސަލާގެ އިސްތިއުނާފު ހައިކޯޓުގައި ފެށުމަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.

އެ އަޑުއެހުން ތާވަލުކޮށްފައި އޮތީ މިއަދު 3:30 އަށެވެ. ނަމަވެސް، އަޑުއެހުން ނުފެށި ދިގުލައިގެން ދިޔުމުން ނޫސްވެރިންނަށް ހައިކޯޓުން ދިން މައުލޫމާތަކީ، އިދާރީ ކަންތައްތަކެއް ފުރިހަމަ ކުރަމުންދާތީ އަޑުއެހުން ނުފެށި ލަސްވަނީ ކަމެވެ.

ނަމަވެސް، 4:30 ހާއިރު ހައިކޯޓުން އަޑުއެހުން ކެންސަލްކުރިކަން އެންގި އެވެ. ކެންސަލްކުރި ސަބަބެއް އަދި ކޯޓުން ހާމައެއް ނުކުރެ އެވެ.

ގިނަ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދަށް ބޭރަށް ފުރާވަޑައިގެންނެވުނީ އޭނާގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްލުމުންނެވެ. ދައުލަތުން ޓްރެވަލް ޑޮކިއުމެންޓެއްގައި ވަކި މުއްދަތަކަށް ހުއްދަ ދޭން އެދިފައި އޮއްވައި އަޑުއެހުމަށް އައިޖީއެމްއެޗުގެ ކަށީގެ ޑޮކްޓަރު ޔޫސުފް ޝާން ހާޒިރުކޮށް، ކޯޓުން އަލީވަހީދުގެ ޕާސްޕޯޓް ދޫކޮށްލީ ރާއްޖެ އިން އޭނާގެ އޮޕަރޭޝަން ކުރުމުގެ ރިސްކު ބޮޑު ކަމަށް ނިންމަ އެވެ.

މީގެ އިތުރުން ޕާސްޕޯޓް ދޫކޮށްލިއިރު، އޭނާގެ މައިބަދައިގެ މައްސަލައަކަށް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާން ޖެހޭ ކަމަށް ބުނެ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ޖާމިނުވެ އެއްބަސްވުމެއް ވެސް ހެދި އެވެ.

އެ އެއްބަސްވުމުގެ މުއްދަތު މިދިޔަ މަހުގެ ނުވަވަނަ ދުވަހަށް ހަމަވިއިރު އަލީ ވަހީދު ވަނީ އޭނާގެ ބޭސްފަރުވާގެ ކަންކަން ނުނިމޭކަން އަންގައި، އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިޔުމަށް އެދިފަ އެވެ. އެގޮތުގެ މަތިން ކުރިމިނަލް ކޯޓުން އިންތިޒާމްތައް ހަމަޖައްސައިދިނެވެ.

އަލީ ވަހީދަށް އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވޭނެ ގޮތަށް އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ނިންމާފައިވަނީ އިސްގާޒީ އަހުމަދު ޝަކީލްގެ ލަފާގެ މަތިންނެވެ.

އަލީ ވަހީދު ޝަރީއަތުގައި ބައިވެރިވަނީ ލަންޑަނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ހާޒިރުވެގެންނެވެ. އެގޮތަށް އަޑުއެހުންތައް ކުރިއަށް ގެންދިޔުމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ގެންދަވަނީ އިއުތިރާޒު ކުރައްވަމުންނެވެ.

ލަންޑަނުގައި ހުންނަވައިގެން ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި އަލީ ވަހީދަށް ބައިވެރިވެވޭނެ އިންތިޒާމް އެ ކޯޓުން ހަމަޖައްސައިދީފައިވަނީ އޭނާގެ ބޭސްފަރުވާގެ ކަންކަން ނުނިމޭ ކަމަށް ބުނެ އެވެ. ނަމަވެސް، "އަދަދު"އަށް ކަށަވަރުވެފައިވާ ގޮތުގައި އަލީ ވަހީދުގެ ބޭސްފަރުވާގެ އެއްވެސް ކަމެއް މިވަގުތު ނުހިނގަ އެވެ.

އަލީ ވަހީދު ކޯޓަށް ފޮނުވާފައިވަނީ އިނގިރޭސިވިލާތުގެ ޝާލީ ވިލެޖްގެ އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ ޝާލީ އޯކްސް ހޮސްޕިޓަލުން ދޫކޮށްފައިވާ ލިޔުމެކެވެ.

އެ ލިޔުމުގައިވާ ގޮތުން މައިބަދައިގައި ރިއްސާތީ، އަލީ ވަހީދު ދެ ފަހަރެއްގެ މަތިން އެ ކްލިނިކަށް ދައްކާފައިވެ އެވެ. އަދި އެތަނުން އޭނާގެ އެމްއާރްއައި ވެސް ހަދާފައިވާ ކަމަށެވެ. އެ ލިއުމުން އެނގޭ ގޮތުގައި ބޭރަށް ވަޑައިގަތް ފަހުން އޭނާ މައިބަދައިގެ ސާޖަރީއެއް ކުރައްވައިފައެއް ނުވެ އެވެ. އަދި އެފަދަ ސާޖަރީއެއް ކުރަން އެ ލިއުމުގައި ޑޮކްޓަރުން ލަފާދެއްވައިފައެއް ވެސް ނުވެ އެވެ.

ޑޮކްޓަރުން ލަފާދެއްވީ އަލީ ވަހީދަށް ކަރަސްތުކުރުމަށާއި އެކަން މެދުނުކެނޑި ކުރިއަށް ގެންދެވުމަށެވެ.

އެކަމަކު ހަ މަސް ފަހުން އިތުރު ޓެސްޓްތަކަކާއި އެސެސްމެންޓްތަކެއް ކުރިއަށް ގެންދަން މިދިޔަ މާޗް މަހުގެ 25 ގައި ދޫކުރި އެ ލިއުމުގައި ޑޮކްޓަރުން ލަފާ ދީފައިވެ އެވެ.

ރާއްޖޭން ބޭރުގައި ހުންނަވައި ޝަރީއަތުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސަވަން ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމެވި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު އޭގެ އެއް ސަބަބަކީ، ބޭސްފަރުވާ މެދުކެނޑުމެއް ނެތި ކުރަން ޖެހޭ ކަމަށް ޑޮކްޓަރުން ލަފާދީފައިނުވާތީ އަލީ ވަހީދު ރާއްޖޭން ބޭރުގައި ބަހައްޓައިގެން ޝަރީއަތް ހިންގަން ޖެހޭ ގާނޫނީ ހަމައެއް ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނަރަލަށް ގަބޫލުކުރެއްވޭތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމު އިސްކުރާނަމަ ޕީއެންސީގެ ފަލްސަފާއާ ދެބަހެއް ނުވާނެ"

ޕީއެންސީގެ މައިގަނޑު ސިޔާސަތަކީ "އެންމެ ފުރަތަމަ ގައުމު" އިސްކުރުން ކަމަށާއި، އެ ފަލްސަފާއާ އެއްގޮތަށް މަސައްކަތްކުރާނަމަ އެއްވެސް ބަޔަކު އެ ޕާޓީއާ ދެބަސްނުވާނެ ކަމަށް މުއިއްޒު ވިދާޅުވި. އަދި އެހެން ސިޔާސީ ފިކުރުތަކަކީ ފަނާކުރަނިވި ފިކުރުތަކެއް ކަމަށާއި، ގައުމު އިސްކޮށްގެން މަސައްކަތްކުރާ ހަމައެކަނި ޕާޓީއަކީ ޕީއެންސީ ކަމަށްވެސް މުއިއްޒު ވިދާޅުވި.

ޕީއެންސީގެ 2028 ގެ ރިޔާސީ ޓިކެޓު މުއިއްޒަށް ރަސްމީކޮށް އަރުވައިފި

ޕީއެންސީގެ އަސާސީ ގަވާއިދާ އެއްގޮތަށް، 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ޕްރައިމަރީއަކާ ނުލައި ރައީސް މުހައްމަދު މުއިއްޒަށް އެރުވުމަށް އެ ޕާޓީގެ ކޮންގްރެސްއިން ވަނީ ނިންމައި، މިރޭ ރަސްމީކޮށް ޓިކެޓު ހަވާލުކޮށްފައި. މިއީ އެމަނިކުފާނަށް ދެވަނަ ދައުރެއް ހައްގުވާތީ ނިންމި ނިންމުމެއް ކަމަށް ޕީއެންސީން ބުނޭ.

ބަދުއަހްލާގީ އަމަލު ހިންގި މައްސަލައިގައި ދެ މީހުން ހައްޔަރަށް

ހިޔާ ޓަވަރެއްގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ 36 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ އަންހެނަކު ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. ކޯޓުން މި ދެ މީހުންގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

މައްކާއަށް ހަމާލާ ދޭން އުޅުނީ ހޫތީން ކަމަށް ހުތުބާގައި ބުނެފި

ހޫތީން މައްކާއަށް ދޭން އުޅުނު ޑްރޯން ހަމަލާއެއް ހުއްޓުވާފައިވާ ބުނީ ސައުދީ އަރަބިއްޔާއިންނެވެ. ނަމަވެސް ހޫތީން އެކަން ދޮގުކޮށް، އެއީ ސައުދީ އަރަބިއްޔާއިން އުފެއްދި ވާހަކަތަކެއް ކަމަށް ވަނީ ބުނެފަ އެވެ.

ގާނޫނުއަސާސީގެ ފޮނިމީރުކަން ލިބެނީ ރައީސުލްޖުމްހޫރިއްޔާއަށް: އަލީ

ގާނޫނުއަސާސީގެ ފޮނިމީރުކަމާއި އިންސާފު ލިބެނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް ކަމަށާއި، ދައުލަތުގެ ހުރިހާ މުދަލާއި ފައިސާއަކީ ރައީސްގެ އަމިއްލަ އެއްޗަކަށް ވެފައިވާ ކަމަށް ގާނޫނީ ވަކީލު އަލީ ވިދާޅުވި. ގާނޫނުއަސާސީ ފަރުމާކޮށްފައިވާ ގޮތުން މަޖިލީހާއި، މިނިވަން މުއައްސަސާތަކާއި ޖުޑީޝަރީގެ ކޮންޓްރޯލް ނެގުމުގެ ފުރުސަތު ރައީސަށް ފަހިވާ ކަމަށް.

ލޯނުގެ އިންޓްރެސްޓަށް އެރި 45 މިލިއަން ޑޮލަރު ދެއްކީ އިންޑިއާއިން

"މި ޓްރެޝަރީ ބިލުތަކުގެ ޕްރިސިޕަލް އެމައުންޓު ދެއްކީ ދިވެހި ސަރުކާރުން. އެކަމަކު މި ހުރިހާ ޓްރެޝަރީ ބިލަކަށް މިދިޔަ ފަސް އަހަރު ޖެހުނު އިންޓްރެސްޓް ދެއްކީ އިންޑިއާއިން. އިންޑިއާ ސަރުކާރުން ދެއްކީ ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު،" ޖައިސްވާލް ވިދާޅުވި އެވެ.

ތޮށިގަނޑުގެ ހިލަގާތަކުގެ ތެރޭގައި ތާށިވި މީހަކު ސަލާމަތްކޮށްފި

މާލެ ސްކޭޓް ޕާކް ސަރަހައްދު ތޮށިގަނޑުގެ ހިލަގާތަކުގެ ތެރޭގައި ތާށިވެފައި އޮތް ފިރިހެނަކު، ފުލުހުންނާއި ސިފައިން ގުޅިގެން ވަނީ ސަލާމަތްކޮށްފައި. ގިނަ ގަޑިއިރުތަކެއް ވަންދެން ތާށިވެފައި އޮތް ކަމަށް ބެލެވޭ މި މީހާ ފެނުނީ އޭނާ ހަޅޭއްލަވާ އަޑަށް ކަމަށްވާއިރު، މިހާރު އޭނާއަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން.

Newsletter

Get the latest news delivered straight to your inbox