އަލީ ވަހީދު ބަންދުކޮށްގެން ވިޔަސް ހައިކޯޓަށް ހާޒިރުކޮށްދޭން އެދިއްޖެ

އަލީ ވަހީދު: ބަންދުކޮށްގެން ނަމަވެސް ޝަރީއަތަށް ހާޒިރުކޮށްދޭން ވަނީ އެދިފައި

އަލީ ވަހީދު: ބަންދުކޮށްގެން ނަމަވެސް ޝަރީއަތަށް ހާޒިރުކޮށްދޭން ވަނީ އެދިފައި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ބަންދުކޮށްގެން ހައިކޯޓަށް ހާޒިރުކޮށްގެން ނަމަވެސް ޝަރީއަތް ކުރިއަށް ގެންގޮސްދޭން މިއަދު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދިއްޖެ އެވެ.

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދުގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންގޮސް، އަލީ ވަހީދަށް އިނގިރޭސިވިލާތުގައި ހުރެގެން އެ ޝަރީއަތުގައި ބައިވެރިވެވޭނެ ގޮތް ކުރިމިނަލް ކޯޓުން ވަނީ ހަމަޖައްސާފަ އެވެ.

ނަމަވެސް، ރާއްޖޭގެ ގާނޫނުތައް ނުހިނގާ ސަރަަހައްދެއްގައި ދައުވާ ލިބޭ މީހާ ހުރެގެން ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ގަބޫލުކުރާތީ، އެ ނިންމުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

Advertisement

އެ މައްސަލާގެ ޝަރީއަތް މިއަދު ހައިކޯޓުގައި ފެށި އެވެ. ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ނޫސްވެރިން ނުވައްދަ އެވެ. ނޫސްވެރިން ގިނަ އިރުތަކެއް ވަންދެން މަޑުކޮށްގެން ބޭއްތިބުމަށްފަހު ކޯޓުން އެންގީ އަޑުއެހުން ކެންސަލްވި ކަމެވެ.

ނަމަވެސް، ފަހުން ކޯޓުން ވަނީ އަލީ ވަހީދު މައްސަލާގެ އަޑުއެހުން ކެންސަލް ނުވާ ކަމަށާއި އަޑުއެހުން ކުރިއަށް ގެންދެވުނީ ނޫސްވެރިން ނުވައްދާ ކަމަށް ބުނެ މާފަށް އެދިފަ އެވެ. އަދި، މިހާރު ވަނީ މެންދުރުފަހު އެ ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގެ ރެކޯޑިން ޔޫޓިއުބަށް ލާފަ އެވެ.

އެ އަޑުއެހުމުގައި ފަނޑިޔާރުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ސުވާލުތައް އަމާޒުކޮށްފައިވަނީ އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތަމާމެދު އެވެ. އެގޮތުން، ފަނޑިޔާރުން ވަނީ ހައިކޯޓުގައި އެ މައްސަލަ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންދެވިދާނެތޯ ނުވަތަ އޮންލައިންކޮށް ކުރިއަށް ގެންދެވިދާނެތޯ ސުވާލު ކުރައްވާފަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ވަކީލް ވިދާޅުވި ގޮތުގައި، މައްސަލައަކީ އަލީ ވަހީދުގެ ޝަރީއަތް ކުރިއަށް ގެންދާ ގޮތާމެދު ހިޔާލު ތަފާތު އޮތް މައްސަލައަކަށްވާތީ، އޭނާއަށް ޖަވާބުދާރީނުވެވޭ ގޮތަކަށް އަޑުއެހުންތައް ކުރިއަށް ނުގެންދެވޭނެ އެވެ. އެހެންކަމުން އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.

އަދި، ރާއްޖޭން ބޭރުގައި ހުރެގެން އަޑުއެހުންތަކުގައި ދައުވާ ލިބޭ ފަރާތަކުން ބައިވެރިވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވަކީލް ވިދާޅުވި އެވެ.

ދެން ފަނޑިޔާރުން އޮޅުންފިލުވީ، މައްސަލައަށް ފަރުވާ އެވެ. ހައިކޯޓުން އަމަލު ކުރާނެ ގޮތެއް ގާނޫނުތަކުގެ އަލީގައި ބުނެދިނުމަށް ފަނޑިޔާރުން އެދިވަޑައިގެންނެވި އެވެ.

ވަކީލް ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ މީހުން ޝަރީއަތަށް ހާޒިރުކުރުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ކަމަށާއި އެކަމުގައި އަމަލުކުރާނެ އުސޫލުތައް އެބަހުރި ކަމަށެވެ. އެންމެ ފުރަތަމަ ޗިޓް ފޮނުވައިގެން ހާޒިރު ކުރަން މަސައްކަތް ކުރެވިދާނެ ކަމަށާއި، އެގޮތުން ހާޒިރު ނުވެއްޖެނަމަ، އެންމެ މަސްލަހަތު ހުރި ގޮތަކީ އެމީހަކު ބަންދުކޮށްގެން ހާޒިރުވާން އެންގުން ކަމަށެވެ.

ހައިކޯޓުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ވިދާޅުވި ގޮތުގައި، މި މައްސަލާގައި އަލީ ވަހީދު ބަންދުކޮށްގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް އަމުރެއް ހައިކޯޓަށް ނެރެވިދާނެ އެވެ. ދެން އޮތް ގޮތަކީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުން ކަމަށާއި ނަމަވެސް، އެފަދަ އަމުރެއް ވެސް ކުރިމިނަލް ކޯޓުން ނުލިބުންކަން ވަކީލް ފާހަގަ ކުރެއްވި އެވެ.

އަލީ ވަހީދު ހާޒިރުކުރާނެ ގޮތެއް ފަނޑިޔާރުން އޮޅުންފިލުވަމުން ގެންދެވިއިރު، މި ބާވަތުގެ މައްސަލަތަކަކީ އިސްތިއުނާފަށް ހުށަހަޅާތާ ހަތް ދުވަސް ތެރޭ ނިންމަން ޖެހޭނެ މައްސަލައެއްކަން ވެސް ވަކީލް ފާހަގަ ކުރެއްވި އެވެ.

ފަނޑިޔާރުންގެ މިއަދުގެ އަޑުއެހުން ނިންމާލެއްވީ، ދެން މި މައްސަލާގެ އަމަލު ކުރާނެ ގޮތެއް ވަރަށް އަވަހަށް ދައުލަތާ ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވުމަށްފަހު އެވެ.

ގިނަ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދަށް ބޭރަށް ފުރާވަޑައިގެންނެވުނީ އޭނާގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްލުމުންނެވެ. ދައުލަތުން ޓްރެވަލް ޑޮކިއުމެންޓެއްގައި ވަކި މުއްދަތަކަށް ހުއްދަ ދޭން އެދިފައި އޮއްވައި އަޑުއެހުމަށް އައިޖީއެމްއެޗުގެ ކަށީގެ ޑޮކްޓަރު ޔޫސުފް ޝާން ހާޒިރުކޮށް، ކޯޓުން އަލީވަހީދުގެ ޕާސްޕޯޓް ދޫކޮށްލީ ރާއްޖެ އިން އޭނާގެ އޮޕަރޭޝަން ކުރުމުގެ ރިސްކު ބޮޑު ކަމަށް ނިންމަ އެވެ.

ލަންޑަނުގައި ހުންނަވައިގެން ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި އަލީ ވަހީދަށް ބައިވެރިވެވޭނެ އިންތިޒާމް އެ ކޯޓުން ހަމަޖައްސައިދީފައިވަނީ އޭނާގެ ބޭސްފަރުވާގެ ކަންކަން ނުނިމޭ ކަމަށް ބުނެ އެވެ. ނަމަވެސް، "އަދަދު"އަށް ކަށަވަރުވެފައިވާ ގޮތުގައި އަލީ ވަހީދުގެ ބޭސްފަރުވާގެ އެއްވެސް ކަމެއް މިވަގުތު ނުހިނގަ އެވެ.

އަލީ ވަހީދު ކޯޓަށް ފޮނުވާފައިވަނީ އިނގިރޭސިވިލާތުގެ ޝާލީ ވިލެޖްގެ އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ ޝާލީ އޯކްސް ހޮސްޕިޓަލުން ދޫކޮށްފައިވާ ލިޔުމެކެވެ.

އެ ލިޔުމުގައިވާ ގޮތުން މައިބަދައިގައި ރިއްސާތީ، އަލީ ވަހީދު ދެ ފަހަރެއްގެ މަތިން އެ ކްލިނިކަށް ދައްކާފައިވެ އެވެ. އަދި އެތަނުން އޭނާގެ އެމްއާރްއައި ވެސް ހަދާފައިވާ ކަމަށެވެ. އެ ލިއުމުން އެނގޭ ގޮތުގައި ބޭރަށް ވަޑައިގަތް ފަހުން އޭނާ މައިބަދައިގެ ސާޖަރީއެއް ކުރައްވައިފައެއް ނުވެ އެވެ. އަދި އެފަދަ ސާޖަރީއެއް ކުރަން އެ ލިއުމުގައި ޑޮކްޓަރުން ލަފާދެއްވައިފައެއް ވެސް ނުވެ އެވެ.

ޑޮކްޓަރުން ލަފާދެއްވީ އަލީ ވަހީދަށް ކަރަސްތުކުރުމަށާއި އެކަން މެދުނުކެނޑި ކުރިއަށް ގެންދެވުމަށެވެ.

އެކަމަކު ހަ މަސް ފަހުން އިތުރު ޓެސްޓްތަކަކާއި އެސެސްމެންޓްތަކެއް ކުރިއަށް ގެންދަން މިދިޔަ މާޗް މަހުގެ 25 ގައި ދޫކުރި އެ ލިއުމުގައި ޑޮކްޓަރުން ލަފާ ދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox