މޫސުމީ ބަދަލުގެ އަސަރާއެކު ނިއުޒީލޭންޑަށް އެންމެ ހޫނު ޖޫން މަސް!

މިދިޔަ ޖޫން މަހަކީ ނިއުޒީލޭންޑުގައި މިހާތަނަށް އެންމެ ހޫނު ގަދަވި ޖޫން މަސް.--

މިދިޔަ ޖޫން މަހަކީ ނިއުޒީލޭންޑުގައި މިހާތަނަށް އެންމެ ހޫނު ގަދަވި ޖޫން މަސް.--

ވެލިންގްޓަން، ނިއުޒީލޭންޑް (ޖުލައި 6) - މިދިޔަ ޖޫން މަހަކީ މިހާތަނަށް ނިއުޒީލޭންޑުގައި އެންމެ ހޫނުގަދަވި ޖޫން މަހުގެ ގޮތުގައި ރިކޯޑު ކުރެވިފައިވާ ކަމަށް ސަރުކާރުގެ ސައިންޓިފިކް އެޖެންސީއަކުން ބުނެފި އެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް ވޯޓާ އެންޑް އެޓްމޮސްފެރިކް ރިސާޗް (ނިވާ) އިން ބުނީ ޖޫން މަހަކީ އާއްމުކޮށް ފިނި މަހެއް ނަމަވެސް، އެވްރެޖްކޮށް ކޮންމެ ދުވަހަކު ވެސް ފިނިހޫނުމިން ހުރީ 10.6 ޑިގްރީ ސެލްސިއަސްގައި ކަމަށެވެ. މިއީ އެހެން އަހަރުތަކާ އަޅާ ބަލާއިރު 1.9 ޑިގްރީ ސެލްސިއަސް މައްޗެވެ.

"މިއީ ވަރަށް ބޮޑު ކަމެއް. 1909 ވަނަ އަހަރަށް ފަހު މިކަހަލަ ބޮޑު ތަފާތެއް ފެނިފައި ވަނީ އެންމެ 13 ފަހަރު،" ނިވާގެ ސައިންޓިސްޓް ކްރިސް ބްރެންޑޮލީނޯ ޕަބްލިކް ރޭޑިއޯއަށް ވިދާޅުވި އެވެ.

"އެންމެ ކަންބޮޑުވާން ޖެހޭ ކަމަކީ ފާއިތުވި 10 އަހަރުގެ ތެރޭގައި މިފަދަ ގޮތަކަށް ފިނިހޫނުމިން އުފުލިފައި އެބަދޭ ހަ ފަހަރުގެ މަތިން."

ބްރެންޑޮލީނޯ ވިދާޅުވީ ކުރު ރާސްތާގެ ބައެއް ގުދުރަތީ ކަންކަން ކަމުގައިވާ ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން ނިއުޒީލޭންޑުގެ މަތީގައިވާ ވައި ހޫނުވުމަށް މަގުފަހިވި ކަމަށެވެ. ނަމަވެސް މީގެ ފަހަތުގައިވާ ހަގީގީ ސަބަބަކީ މޫސުމީ ބަދަލު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މިދިޔަ އަހަރަކީ ނިއުޒީލޭންޑުގައި މިހާތަނަށް ރިކޯޑު ކުރި ހަތް ވަނައަށް އެންމެ ހޫނުގަދަ އަހަރެވެ. ބޮޑު ވަޒީރު ޔެސިންދާ އާޑޭން މިދިޔަ އަހަރު ވަނީ "ކްލައިމެޓް އެމެޖެންސީ" އިއުލާނު ކުރައްވާފަ އެވެ.

ނިއުޒީލޭންޑުން މަސައްކަތް ކުރަމުން ދަނީ 2050 ގެ ކުރިން ކާބަން ނިޔުޓްރަލް ލަނޑުދަނޑިއަށް ވާސިލްވުމަށެވެ. އަދި 2035 ގެ ކުރިން އެ ގައުމުން ބޭނުން ކުރާ ހުރިހާ ހަކަތައެއް އިއާދަކުރަނިވި ގޮތްތަކުން އުފައްދަން ވަނީ ލަނޑުދަނޑި ކަނޑައަޅާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox