އަފްގާނިސްތާނުގެ 1000 ސިފައިން ތާލިބާނަށް ފިލަން ތަޖިކިސްތާނަށް އެތެރެވެއްޖެ

ތާލިބާން ހަނގުރާމަވެރިންތަކެއް.--

ތާލިބާން ހަނގުރާމަވެރިންތަކެއް.--

ކާބުލް، އަފްގާނިސްތާން (ޖުލައި 5) - އަފްގާނިސްތާނުގެ ސިފައިންނާއި ތާލިބާނުންނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރުމަށް ފަހު، ތާލިބާނުންނަށް ފިލަން 1000 އަށް ވުރެ ގިނަ ސިފައިންގެ މީހުން ބޯޑަރު ހުރަސްކޮށް އަވައްޓެރި ތަޖިކިސްތާނަށް އެތެރެވެއްޖެ އެވެ.

އަފްގާނިސްތާނުގެ އުތުރުގެ ސަރަހައްދުގައި ތާލިބާނާއި ސިފައިންނާ ދެމެދު ކޮންމެ ހަފްތާ ބަންދެއްގައި ވެސް ދަނީ ވަރުގަދަ ހަމަލާތައް ބަދަލު ކުރަމުންނެވެ. މިހާރު ވެސް އެ ސަރަހައްދުގެ ގިނަ ޑިސްޓްރިކްޓުތަކެއް ވަނީ ތާލިބާނުންގެ ބާރުގެ ދަށަށް ގޮސްފަ އެވެ.

"އެ މީހުން [ސިފައިން] އަމާން ދޭން ބޭނުން ނުވީ. އެ މީހުން އެދުނީ އިތުރު ސިފައިން ފޮނުވަން، އެކަމަކު އެކަމަށް އިޖާބަ ދީފައެއް ނުވޭ،" ބަދަކްޝަން ޕްރޮވިންސްގައި ސިފައިންގެ ގްރޫޕަކާ އެކު ހަނގުރާމަ ކުރަމުންދާ އަބްދުލް ބާސިރް އޭއެފްޕީއަށް ބުންޏެވެ.

އަފްގާނިސްތާނުގައި އެމެރިކާ ސިފައިން މަޑުކޮށްގެން ތިބި މައި މަރުކަޒު، ބަގްރަމް އެއާ ބޭސް، މިދިޔަ ހުކުރު ދުވަހު ވަނީ ރަސްމީކޮށް އަފްގާން ސިފައިންނާ ހަވާލުކޮށްފަ އެވެ. އެއާއެކު 20 އަހަރަށް ފަހު އެމެރިކާއިން ވަނީ އަފްގާން ފަސްގަނޑު ދޫކޮށްލާފަ އެވެ.

ތަޖިކިސްތާނުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ބުނީ އަފްގާން ސިފައިންގެ 1،037 މީހުން "ފުރާނަ ސަލާމަތް ކުރަން" އެ ގައުމަށް އެތެރެވެފައިވާ ކަމަށެވެ.

"ރަނގަޅު އަވައްޓެރިއަކަށް ވުމުގެ އުސޫލާއި އަފްގާނިސްތާނުގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް ކަނޑައަޅާފައި ވާތީ، އަފްގާން ސިފައިންގެ މީހުންނަށް ވަނީ ތަޖިކް ސަރަހައްދަށް އެތެރެވުމުގެ ހުއްދަ ދީފައި،" ތަޖިކިސްތާން ދައުލަތުގެ އިންފޮމޭޝަން އެޖެންސީން އާއްމު ކުރި ބަޔާނެއްގައި ބުންޏެވެ.

މީގެ ކުރިން ވެސް އަފްގާން ސިފައިންގެ މީހުން ވަނީ ބޯޑަރު ސަރަހައްދުގައި ތާލިބާނުންނާ ހަނގުރާމަ ކުރުމަށް ފަހު ތަޖިކިސްތާނަށް އެތެރެވެފަ އެވެ. އަފްގާން ސަރުކާރުން ވައުދުވެފައި ވަނީ ތާލިބާނުން ފަހަތަށް ޖެއްސުމަށް ވަރުގަދަ އޮޕަރޭޝަނެއް ފެށުމަށެވެ.

އަފްގާނިސްތާނުގެ ގައުމީ ސަލާމަތާ ބެހޭ އެޑްވައިޒަރު ހަމްދުﷲ މުހިއްބު ރަޝިއާގެ އާރްއައިއޭ ނިއުސް އެޖެންސީއަށް ވިދާޅުވީ އޮޕަރޭޝަނެއް ފެށުމުގެ މަސައްކަތް "ޔަގީންކަމާ އެކު" ކުރިއަށްދާ ކަމަށެވެ.

އަފްގާން ސަރުކާރަށް ކުއްލި ހާލަތެއް

ސަޕްލައި ހުސްވާން ގާތްވެ، ސިފައިން މަދުވުމުގެ މައްސަލަ އަފްގާން ސަރުކާރަށް ދިމާވެފައިވާއިރު، ކުރި މުއްދަތެއްގެ ތެރޭގައި ތާލިބާނުން ވަނީ ބޮޑު އަދި މުހިއްމު ހިސާބުތަކެއް ހިފާފަ އެވެ.

"އަފްގާން ސިފައިންގެ އުއްމީދު ވަނީ ގެއްލިފައި،" އެނެލިސްޓް އަތާ ނޫރީ އޭއެފްޕީއަށް ވިދާޅުވި އެވެ.

"ސިފައިން ތިބީ އޮޅުމެއްގެ ތެރޭގައި. ތާލިބާނުން ހިފާ ކޮންމެ ޑިސްޓްރިކްޓެއްގައި ވެސް އުމުރުން ދުވަސްވީ ލީޑަރުންގެ ޓީމެއް ސިފައިންނާ ވާހަކަދައްކަން ފޮނުވާ. އެ ޓީމުގެ މަސައްކަތަކީ އަމާން ދޭން ސިފައިންނަށް ނަސޭހަތް ދިނުން."

އޭނާ ވިދާޅުވީ މިއީ އަފްގާން ސަރުކާރަށް ކުއްލި ހާލަތެއް ކަމަށާއި ސަރުކާރުން ވީ އެންމެ އަވަހަކަށް ތާލިބާނުންނާ ދެކޮޅު އޮޕަރޭޝަން ފަށަން ޖެހޭ ކަމަށެވެ.

ބަގްރަމް އެއާ ބޭސް ބަންދު ކުރުމުން މީގެ ކުރިން އެމެރިކާ ސިފައިންގެ ފަރާތުން ލިބުނު ބޮޑު އެހީތެރިކަން މިހާރު ނުލިބެ އެވެ. މި ދަނޑިވަޅުގައި ތާލިބާނުން ހަމަލާތައް ވަރުގަދަކޮށް، މި ހަފްތާ ބަންދުގައި ވަނީ ބަދަކްޝާން އައި ތަހާރް ޕްރޮވިންސް ހިފާފަ އެވެ.

ތާލިބާނުން ކުރި ހޯދަމުންދާ ފަސޭހަކަމާއި ދުވެލި ފެނިފައި އަފްގާން ސިފައިންނަށް ވަނީ ނަފްސާނީ ގޮތުން އަސަރުކޮށްފަ އެވެ.

އަފްގާނިސްތާންގެ އެކި ހިސާބު ކޮންޓްރޯލް ކުރާ ގޮތުގެ ޗާޓެއް.-- ފޮޓޯ: އޭއެފްޕީ
އަފްގާނިސްތާންގެ އެކި ހިސާބު ކޮންޓްރޯލް ކުރާ ގޮތުގެ ޗާޓެއް.-- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާންގެ އެކި ހިސާބު ކޮންޓްރޯލް ކުރާ ގޮތުގެ ޗާޓެއް.-- ފޮޓޯ: އޭއެފްޕީ

ހަފްތާ ބަންދުގައި ހިފި ބަދަކްޝާން އާއި ތަހާރް ޕްރޮވިންސަނީ 1990 ގެ ދާހިލީ ހަނގުރާމައިގައި ތާލިބާނާ ދެކޮޅު މައި މަރުކަޒުތަކެވެ. އަދި މީގެ ކުރިން ދުވަހަކު ވެސް ތާލިބާނުންގެ ފުރިހަމަ ބާރު އެ ދެ ޕްރޮވިންސްގައި ހިންގިފައެއް ނުވެ އެވެ.

އުތުރުގައި ހޯދި ކުރިއެރުންތަކުގެ އިތުރުން ދެކުނުގައި އޮންނަ ޕްރޮވިންސް ވެރިރަށް ކަންދަހާރް ވެސް މިހާރު ވަނީ ތާލިބާނުންގެ އަތް ދަށުވެފަ އެވެ. އޭގެ އިތުރުން ހެލްމަންދްގެ ކޮންޓްރޯލް ހޯދަން ތާލިބާނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އަފްގާނިސްތާނުގައި އުޅޭ 2،500 އެއްހާ އެމެރިކާ ސިފައިން އެ ގައުމުން ފައިބަން ފެށީ މޭ 1 ގަ އެވެ. އޭގެ ފަހުން ތާލިބާނުން ގިނަ ކުރިއެރުންތަކެއް ހޯދަމުން ދާއިރު، އަފްގާނިސްތާނަށް ސުލްހަ ގެނައުމަށް ދޯހާގައި ފެށި މަޝްވަރާ ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ތާލިބާނުންގެ ފުރިހަމަ ވެރިކަމެއް އަލުން އަފްގާނިސްތާނުގައި ގާއިމްވުމުގެ ބިރު އޮތް ނަމަވެސް، ސެޕްޓެމްބަރު 11 ގެ ކުރިން އެމެރިކާ ސިފައިން އަނބުރާ ގައުމަށް ގެންނާނެ ކަމަށް ރައީސް ޖޯ ބައިޑެން ވެވަޑައިގެންނެވި ވައުދު ފުއްދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox