ސްޓެލްކޯ ޖަނަރޭޓަރުތަކުގެ މައްސަލަ ބަލައިގަނެ، ކޮމިޓީއަށް

ސްޓެލްކޯ ޖަނަރޭޓަރުތަކުން އިވޭ އަޑުތަކާއި ބޭރު ކުރާ ދުމުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތައް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުން. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ސްޓެލްކޯ ޖަނަރޭޓަރުތަކުން އިވޭ އަޑުތަކާއި ބޭރު ކުރާ ދުމުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތައް ބޮޑެތި ގެއްލުންތައް ދަނީ ލިބެމުން. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދާއި މާ ގާތުގައި އެ ކުންފުނީގެ ޖަނަރޭޓަރުތަކާއި، ދުންހޮޅިތަކާއި، ތެޔޮތާންގިތައް ބެހެއްޓުމުގެ ސަބަބުން، އެސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ގެއްލުންވަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މިއަދު ބަލައިގެންފި އެވެ.

ގަލޮޅުގައި ސްޓެލްކޯގެ މައި އިމާރާތުގައި ހުންނަ ޖަނެރޭޓަރުތަކާއި ދުންހޮޅިތަކުގެ ސަބަބުން އުނދަގޫތަކާއި ގެއްލުންތައް ލިބެމުންދާކަމަށް ބުނެ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޝަކުވާ ކުރަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ.

ސްޓެލްކޯއަށް ވެސް އެ މައްސަލަ ތަކުރާރުކޮށް ހުށަހަޅައިގެން ހައްލެއް ނުލިބިގެން އުޅެނިކޮށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ މިދިޔަ މަހުގެ 31 ވަނަ ދުވަހެވެ.

ގަރާރުގައި ބުނެފައިވަނީ އާންމު ބޭނުންތަކުގެ ހިދުމަތާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ މާލެ އާއި ރައްޖޭގައި އާންމުކޮށް އިލެކްޓްރިކް ކަރަންޓް ދިނުމާބެހޭ ގަވާއިދުގައި އިންޖީނުގެ ހުންނަންވާނީ އަރާ ދުމުން، އާންމުންނަށް އުނދަގޫ ނުވާނެ ގޮތަށް މީހުން ދިރިއުޅޭ ސަރަހައްދާ މަދުވެގެން 200 ފޫޓު ދުރުގާކަމަށް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް، ސްޓެލްކޯގެ ދުންހޮޅިތައް ތިރިކަމުން، އެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ތާއަބަދު ޖައްވުގައި ހުންނަ ތެޔޮވަސް ދުވާ، ޑީސަލް ތެޔޮ އަންދައިގެން އުފެދޭ ކަޅު ދުމުގެ ސަބަބުން ވައި ތަޣައްޔަރުވެ، ތަފާތު ބަލިތަކަށް މަގުފަހިވެފައިވާ ކަމަށް އެ ގަރާރުގައި ފާހަގަކޮށްފައި ވެ އެވެ.

އަދި ސްޓެލްކޯގެ ޖަނަރޭޓަރުތަކުގެ ވައިބްރޭޝަންތަކުގެ ސަބަބުން ގޭގާ ޖަހާފައި ހުންނަ މުއްޓައް ތަކުރާރުކޮށް ގެއްލުން ލިބި، ފާރުތަކުގައި ރެނދުލައި، ކުޑަކުދިންނަށް ރޭގަނޑު ނުނިދި، މުޅި ދުވަހު ކުޑަދޮރުތައް ލައްޕައިގެން އުޅެން މަޖުބޫރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން، އެ ސަރަހައްދުގައި ބަހައްޓާފައި ހުރި ސްޓެލްކޯގެ ތެޔޮތާންގިތަކުގެ ސަބަބުން އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް މެދުވެރިވެ ވަރަށް ގިނަ ބަޔަކަށް ގެއްލުންތަކެއް ވެދާނެކަމުގެ ބިރުހީވެފައި ކަމަށް ވެސް ބުންޏެވެ.

އެހެންކަމުން އެ މައްސަލަތަކަށް ހައްލެއް ގެނައުމަށް، މީކާއީލް ހުށަހަޅުއްވާފައިވަނީ ކުރު ރާސްތާ، މެދު ރާސްތާ އަދި ދުރު ރާސްތާ ޕްލޭނެއް ސްޓެލްކޯއިން އެކުލަވާލައި، އެކަމަށް ތާވަލެއް ކަނޑައަޅުމަށެވެ.

އެގޮތުން، ކުރުރާސްތާގައި، މާލެ-ހުޅުމާލެ އިންޓަކަނެކްޝަން ޕްރޮޖެކްޓް ވީ އެންމެ އަވަހަކަށް ނިންމުމުގެ އިތުރުން މިހާރު ބޭނުންކުރަމުންދާ ވަގުތީ ޖަނެރޭޓަރުތައް ބޭނުންކުރުން ހުއްޓާލާ، އެ ސަރަހައްދުން އެތަކެތި ނެގުމަށް ގޮވާލާފައިވެ އެވެ.

އެ މައްސަލައިގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ އެ މައްސަލައަށް ތާއިދުކުރައްވައި، ޖަނަރޭޓަރުތަކުގެ ސަބަބުން ގެއްލުން ލިބެމުންދާ އާއިލާތަކަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި އެ އާއިލާތަކަށް ކުރިމަތިވަމުންދާ ސިއްހީ މައްސަލަތަކަށް ބަދަލު ލިބެންޖެހޭ ކަމަށް ވެސް އެ މެމްބަރުން ފާހަގަކުރެއްވި އެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ މައްސަލައިގައި ވަކިކޮޅަކަށް ވޯޓު ނުދެއްވާ މެމްބަރަކު އިންނެވި އެވެ.

އެ މައްސަލަ ބަލައިގަތުމަށްފަހު، އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއާއި އެސްއޯއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަކަށް ރިޔާސަތުން ވަނީ ފޮނުވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox