މެޑިޓެރޭނިއަން ކަނޑުން 200 އަށް ވުރެ ގިނަ މީހުން ސަލާމަތްކޮށްފި

ކަނޑުމަގުން ހިޖުރަ ކުރަން މަސައްކަތް ކުރި ބަޔަކު ސަލާމަތްކޮށްފައި. -- ފޮޓޯ: އީޕީއޭ

ކަނޑުމަގުން ހިޖުރަ ކުރަން މަސައްކަތް ކުރި ބަޔަކު ސަލާމަތްކޮށްފައި. -- ފޮޓޯ: އީޕީއޭ

މާސޭ، ފްރާންސް (ޖުލައި 5) - މީހުން ސަލާމަތް ކުރަން އުޅޭ މަނަވަރު، އޯޝަން ވައިކިންގް އިން މަދު ދުވަސްކޮޅެއްގެ ތެރޭގައި މެޑިޓެރޭނިއަން ކަނޑުން 203 މީހުން ސަލާމަތްކޮށްފި އެވެ.

މަނަވަރު އޮޕަރޭޓް ކުރާ އެސްއޯއެސް މެޑިޓެރޭނީން ބުނީ ކަނޑުމަގުން ހިޖުރަ ކުރަން އުޅެނިކޮށް ސަލާމަތް ކުރި މީހުންގެ ތެރޭގައި 67 ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.

އެ މީހުންނަކީ މިސްރު، ގެމްބިއާ، ލީބިޔާ، ދެކުނު ސޫދާން، ސީރިއާ އަދި ޓިއުނީޝިއާއަށް ނިސްބަތްވާ ރައްޔިތުން ކަމަށް އެސްއޯއެސް މެޑިޓެރޭނީން ކުރި ޓްވީޓެއްގައި ބުންޏެވެ.

މީހުން ސަލާމަތް ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މަނަވަރުން ވަނީ ހަތަރު އޮޕަރޭޝަނެއް ހިންގާފަ އެވެ. އެގޮތުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި މޯލްޓާ ކައިރިން ފުރިފައިވާ ކުޑަ ބޯޓެއްގައި ފިތިގެން ތިބި 71 މީހަކު ސަލާމަތް ކުރި އެވެ. އެ ބޯޓު ލީބިޔާއިން ފުރީ ތިން ދުވަސް ކުރިންނެވެ.

"ބޯޓުގައި ތިބި މީހުންގެ ކާބޯތަކެއްޗާއި ފެން ހުސްވެ، ހާލުގައި ޖެހުމުން ސަލާމަތް ކުރިއިރު، މަނަވަރަށް އުފުލަން ޖެހުނީ ސްޓްރެޗަރު ބޭނުންކޮށްގެން،" އެސްއޯއެސް މެޑިޓެރޭނީން ބުންޏެވެ.

އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) ގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ ތެރޭގައި މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕަށް ހިޖުރަ ކުރުން އުޅުނު 886 މީހަކު މަރުވެފައި ވެ އެވެ.

މިދިޔަ ހަފްތާގައި ވެސް މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ލީބިޔާއިން ޔޫރަޕަށް ހިޖުރަ ކުރަން މަސައްކަތް ކުރި 178 މީހުން ޓިއުނީޝިއާގެ ކަނޑުގެ ސިފައިން ސަލާމަތްކުރި އެވެ.

ޓިއުނީޝިއާގެ ދެކުނު އައްސޭރިފަށާ ދިމާލުން ހިންގި ތިން އޮޕަރޭޝަނެއްގައި ކަނޑު މަތިން 178 މީހަކު ސަލާމަތް ކުރިއިރު މަރުވެފައިވާ ދެ މީހެއްގެ ހަށިގަނޑު ވެސް ފެނިފައި ވެ އެވެ.

އޭގެ ކުރީ ހަފްތާގައި ވެސް ޓިއުނީޝިއާއިން ވަނީ ހިޖުރަ ކުރަން ތައްޔާރުވެގެން ތިބި 267 މީހުން ހުއްޓުވާފަ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ބަންގްލަދޭޝް މީހުން ކަމަށް އައިއޯއެމް އިން ބުނެ އެވެ.

އައިއޯއެމް އިން ބުނެފައި ވަނީ މީހުން ހިޖުރަ ކުރަން ކުރާ މަސައްކަތް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ޖެނުއަރީ އިން އޭޕްރިލް މަހުގެ ނިޔަލަށް 11،000 ދަތުރު ލީބިޔާއިން ފަށާފައި ވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 70 ޕަސެންޓު އިތުރު އަދަދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox