އަންމަޓީ ރާއްޖެ ނައީ އޭނާއަށް ގެއްލުމެއް ދީފާނެ ކަމުގެ ބިރު އޮތުމުން: ވަކީލް

އަންމަޓީ: އޭނާ ބަންދުން ދޫކޮށްލި މައްސަލާގެ އިސްތިއުނާފު އަޑުއެހުންތައް ވަނީ ނިންމާލާފައި

އަންމަޓީ: އޭނާ ބަންދުން ދޫކޮށްލި މައްސަލާގެ އިސްތިއުނާފު އަޑުއެހުންތައް ވަނީ ނިންމާލާފައި

ސީލައިފް ފްލެޓްތަކުގެ މައްސަލާގައި ހިޔާނާތްތެރިވިކަމުގެ ދައުވާ އުފުލާފައިވާ އެ ކުންފުނީގެ އެމްޑީ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފު މައްސަލާގެ އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފި އެވެ.

ހައިކޯޓުގައި ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން އެދިފައިވަނީ އަންމަޓީ ދޫކޮށްލި އަމުރު ބާތިލްކޮށްދިނުމަށެވެ. އެގޮތަށް އެދިފައިވަނީ އޭނާ ހެއްކަށް ނުފޫޒު ފޯރުވަފާނެތީ އާއި އޭނާ ޝަރީއަތަށް ފިލައި، ކޯޓަށް ހާޒިރުނުވެދާނެތީ އެވެ.

މިހާރު މިނިވަނެއްގެ ގޮތުގައި ހުރި އަންމަޓީގެ ވަކީލް މުހުތާޒު މުހުސިން މިއަދުގެ އަޑުއެހުމުގައި ވިދާޅުވި ގޮތުގައި، މި މައްސަލާގައި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލެއް ނެތެވެ. އެއީ، މައްސަލާގައި ހިމެނެނީ ގިނައިން ކިތާބީ ހެކިތަކަށްވެފައި، ހެކިން ހާޒިރު ކުރަނީ ވެސް ހިނގާފައިވާ މުއާމަލާތްތަކެއް ސާބިތުކޮށްދޭން ކަމުގައިވާތީ އެވެ.

ޝަރީއަތަށް އަންމަޓީ ނުފިލާނެ ކަމުގެ ޔަގީންކަން ވެސް ވަކީލް ދެއްވީ، އޭނާއަކީ މީގެކުރިން ވެސް ފިލައިފައިވާނެ މީހެއް ނޫން ކަމަށް ބަޔާން ކުރަމުންނެވެ. ނަމަވެސް، އަންމަޓީ ހައްޔަރުކޮށްފައިވަނީ ރެޑް ނޯޓިސް ނެރެ، ލަންކާގައި އުޅެނިކޮށެވެ.

މުހުތާޒު ވިދާޅުވި ގޮތުގައި، އަންމަޓީގެ މައްޗަށް ތަހުގީގު ފެށިއިރު ވެސް އޭނާ ހުރީ ލަންކާގައި ކަމާއި ލަންކާއިން ރާއްޖެއަށް އޭނާއަށް ނާދެވުނީ އޭނާއަށް ގެއްލުމެއް ލިބިދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ. އެގޮތުން، އޭނާގެ އޮފީހަށް ބަޔަކު ގެއްލުންދީ، ވަކީލަށް ވެސް ހަމަލާދިން ކަމަށް ފާހަގަ ކުރެއްވި އެވެ.

އެކަން، ލަންކާގައި ހުރެގެން ދިވެހި ފުލުހުންނާ އަންމަޓީ ހިއްސާކުރި ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި، އޭނާ ގެންދިޔައީ ބަރާބަރަށް ފުލުހުންނާއި ރައީސް އޮފީހާއެކު މުއާމަލާތްތައް ކުރަމުން ކަމަށް ވެސް ވިދާޅުވި އެވެ.

އެންމެފަހުން އޭނާ ރާއްޖެ އަންނަން އެއްބަސްވީ، މައްސަލާގައި ގެއްލުން ލިބުނު މީހުންނަށް އެޗްޑީސީ މެދުވެރިކޮށް ބަދަލުދީ، އަންމަޓީއަށް ގެއްލުމެއް ދޭނެ ބަޔަކު މިހާރު ނުތިބޭނެ ކަމަށް ރައީސް އޮފީހުން ވެސް ޔަގީންކަން ދިނުމުން ކަމަށް މުހުތާޒު ވިދާޅުވި އެވެ.

ވަކީލް ވިދާޅުވި ގޮތުގައި، އަންމަޓީ ރާއްޖެއަށް އައީ އޭނާގެ އަމިއްލަ އިހްތިޔާރުގައި ކަމަށާއި މައްސަލައިގެ ތަހުގީގަށް ފުލުހުން ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދޭން ބޭނުންވާތީ އެވެ. އަދި، އެކަން އެގޮތަށް ކުރުމަށް ރައީސް އޮފީހުން ވެސް އޭނާގެ ކިބައިން އެދިފައިވާތީ އެވެ.

ނަމަވެސް، ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލް އިބްރާހިމް ނާސިހް ވިދާޅުވި ގޮތުގައި، އަންމަޓީ ރާއްޖެ އައީ، އެ ނޫން އެހެން ގޮތެއް ނެތި، މަޖުބޫރުވެގެންނެވެ. އޭނާގެ ޕާސްޕޯޓްގެ މުއްދަތު ހަމަވެ، ލަންކާއިން އަންމަޓީ ޑީޕޯޓްކޮށްލީ ކަމަށް ވަކީލް ވިދާޅުވި އެވެ. ވަކީލް ވިދާޅުވާ ގޮތުގައި، އަންމަޓީ ލަންކާގައި އުޅުނީ ފިލައިގެންނެވެ.

ނާސިހް ވިދާޅުވި ގޮތުގައި، މައްސަލައަކީ މަދަނީ މުއާމަލާތްތަކެއް ހިމެނޭ މައްސަލައެއް ނަމަވެސް، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އެބަ އޮތް ކަމަށެވެ. އެގޮތުން، ސީލައިފްގެ ކުރީގެ މުވައްޒަފުންނާއި ގެއްލުން ލިބުނު މީހުން ހެކިންގެ ތެރޭ ހިމެނޭއިރު އެމީހުންނަށް އަންމަޓީ ނުފޫޒު ފޯރުވަފާނެ ކަމަށެވެ. ނަމަވެސް، މިހާތަނަށް އެފަދަ ކަމެއް ކުރުމަށް އަންމަޓީ އުޅުނު ކަމަށް އެއްވެސް ފަރާތަކުން އަންގާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީއަތުގެ މަޖިލީހުގައި އަންމަޓީ ބުނި ގޮތުގައި، ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ޝަރީއަތުގައި ހަދަނީ ބުހުތާނު ދޮގެވެ. އޭނާ އުޅުނީ ލަންކާގައި ފިލައިގެން ނޫން ކަމަށާއި، ރާއްޖެ އައީ ތަހުގީގަށް އެއްބާރުލުން ދޭން ކަމަށް ބުންޏެވެ. އަދި، ލަންކާގައި ހުރެގެން ވެސް ތަހުގީގަށް އެއްބާރުލުން ދެމުން ދިޔަ ކަމަށެވެ.

މައްސަލައިގެ އަޑުއެހުންތައް މިއަދު ހައިކޯޓުން ވަނީ ނިންމާލާފަ އެވެ. ދެ އަޑުއެހުމަށްފަހު، ދެން މި މައްސަލައިގައި ބާއްވަނީ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު 2015ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް، ހަވާލުކުރި އެވެ. ނަމަވެސް، އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމުގެ ތުހުމަތު އަންމަޓީގެ މައްޗަށް ވަނީ ކޮށްފަ އެވެ.

ސީލައިފްގެ ފްލެޓްތައް ފައިސާ ނެގުމަށްފަހު ހަވާލުނުކުރި މައްސަލާގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ އަންމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލައިފަ އެވެ. އެއީ، އޭނާ ހިޔާނާތްތެރިވި ކޮންމެ މީހެއްގެ މައްސަލަ ވަކިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox