އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރެއް ނުދިން

އަލީ ވަހީދު: ކުރިމިނަލް ކޯޓުން އަލީގެ ޕާސްޕޯޓް ހިފަހައްޓައި ނުދިން

އަލީ ވަހީދު: ކުރިމިނަލް ކޯޓުން އަލީގެ ޕާސްޕޯޓް ހިފަހައްޓައި ނުދިން

ޖިންސީ ގޯނާގެ ތުހުމަތުތަކެއް އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓާނެ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

އަލީ ވަހީދުގެ މައްސަލާގައި އެންމެ ފުރަތަމަ ވެސް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓި އެވެ. ނަމަވެސް، އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދިޔުމުގެ ހުއްދަދީ، ކުރިމިނަލް ކޯޓުން އެ އަމުރު ފަހުން ބާތިލުކުރި އެވެ.

އެ އަމުރު ބާތިލުކޮށް، އަލީ ވަހީދަށް ރާއްޖޭން ބޭރަށް ދެވޭ ގޮތް ހެދީ އޭނާގެ މައްޗަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ޖާމިނުވެގެންނެވެ. ޖާމިނު އެއްބަސްވުން ހެދީ ހަތަރު މަހެވެ. އެ މުއްދަތު މިދިޔަ މަހުގެ ނުވަ ވަނަ ދުވަހަށް ވަނީ ހަމަވެފަ އެވެ.

އޭގެފަހުން ވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައިނުވާތީ ފުލުހުން މެދުވެރިކޮށް އަލީ ވަހީދުގެ ޕާސްޕޯޓް އަލުން ހިފެހެއްޓުމަށް މީގެ ހަފުތާއެއް ކުރިން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދުނެވެ.

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މިއަދު އޭނާގެ ބްލޮގްގައި ވިދާޅުވި ގޮތުގައި، ކުރިމިނަލް ކޯޓުން ވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް މިއަދު އަންގާފަ އެވެ. އެ ނިންމުން ވެސް ނިންމަވާފައިވަނީ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދެވެ.

ޝަމީމް ވިދާޅުވި ގޮތުގައި، ކުރިމިނަލް ކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރާނެ އެވެ. އެއީ އަލީ ވަހީދަކީ ފިލައިގެން އުޅޭ މީހެއް ކަމާއި ކޯޓުތަކަށް ވެސް ނުފެނިފައިވާ މީހަކަށްވާތީ ކަމަށެވެ.

"މީނަ ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ސަބަބެއް އޮތް ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ،" ޝަމީމް ވިދާޅުވި އެވެ.

އަލީ ވަހީދުގެ ބޭސްފަރުވާ ނުނިމޭތީ އޭނާ ރާއްޖޭން ބޭރުގައި ހުރުމުގެ ހުއްދަ ކޯޓުން ވަނީ ދީފަ އެވެ. އަދި، އޮންލައިންކޮށް ރާއްޖޭން ބޭރުގައި ހުރެގެން ޝަރީއަތުގެ އަޑުއެހުމުގައި ބައިވެވެރިވެވޭނެ ގޮތް ވެސް ކުރިމިނަލް ކޯޓުން ވަނީ ހަމަޖައްސަފާ އެވެ.

ނަމަވެސް، އެކަމަށް ޕްރޮސިކިއުޓާ ޖެނަރަލް އިއުތިރާޒު ކުރައްވަ އެވެ. އެހެންވެ، ކުރިމިނަލް ކޯޓުގެ އެ ނިންމުންތައް ހައިކޯޓުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ އިސްތިއުނާފުކޮށްފަ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި މައްސަލާގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ވެސް ދިޔަ އެވެ. ނަމަވެސް، އަލީ ވަހީދުގެ ޣައިރު ހާޒިރުގައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެ ދެ ކޯޓުން ވެސް މައްސަލަ ބޭރުކޮށްލީ އެވެ.

އަލީ ވަހީދުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޓޫރިޒަމް މިނިސްޓަރުގެ ކަމުގައި ހުންނަވައި އެ ތަނުގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ އާއި ގޯނާކުރި ކަމަށް އެ މުވައްޒަފުން ތުހުމަތުކުރާ މައްސަލާގަ އެވެ. އަލީ ވަހީދަށް މިނިސްޓަރުކަން ވެސް ގެއްލުނީ އެ މައްސަލާގެ ތެރެއިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox