ޖިނާއީ ކުށެއް ސާބިތުވާ މީހާގެ އަތުން ގެއްލުންވި މީހާއަށް ބަދަލު ހޯދޭނެ އުސޫލެއް

ކުރިމިނަލް ކޯޓު: ޖިނާއީ މައްސަލާގެ ތެރެއިން މަދަނީ ބަދަލު ހޯދޭނެ އުސޫލެއް ވަނީ އެކުލަވާލާފައި --

ކުރިމިނަލް ކޯޓު: ޖިނާއީ މައްސަލާގެ ތެރެއިން މަދަނީ ބަދަލު ހޯދޭނެ އުސޫލެއް ވަނީ އެކުލަވާލާފައި --

ޖިނާއީ މައްސަލަތަކުގައި ގެއްލުން ލިބުނު މީހާއަށް މަދަނީ ބަދަލު ނަގައިދެވޭނެ ގޮތުގެ އުސޫލެއް ސުޕްރީމް ކޯޓުން މިއަދު އެކުލަވާލައިފި އެވެ.

މަދަނީ ބަދަލަކީ ޖިނާއީ މައްސަލަތަކުގައި ކޯޓަށް ނަގައިދެވޭނެ ކަމެއްގެ ގޮތުގައި ގާނޫނުގައި އޮތް ނަމަވެސް، އެކަމަށް ކަނޑައެޅި ވަކި އުސޫލެއް މިހާތަނަށް ނެތެވެ.

ސުޕްރީމް ކޯޓުން މިއަދު އާންމުކުރި ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލުގައި ޖިނާއީ މައްސަލަތަކުތައި މަދަނީ ބަދަލު ނަގައިދިނުމުގެ ބާބެއް ވަނީ ހިމަނާފަ އެވެ.

އޭގައި ބުނެފައިވާ ގޮތުން ޖިނާއީ މައްސަލައެއްގައި ގެއްލުން ލިބުނު ފަރާތަށް ލިބުނު ގެއްލުން ޝަރީއަތަށް ސާބިތުވާނަމަ، އެ ދައުވާއާ ގުޅިގެން އަދަބު ކަނޑައެޅުމާއެކު، ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ހުކުމް ކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް އޮންނާނެ އެވެ.

މިގޮތަށް މަދަނީ ބަދަލު ނަގައިދެވޭނެ ޝަރުތުތަކެއް އުސޫލުގައި ކަނޑައަޅާފައިވެ އެވެ. އެގޮތުން، ގެއްލުމުގެ ބަދަލު ނަގައި ދިނުމަށް ދައުލަތުން ދައުވާގައި އެދެން ޖެހޭނެ އެވެ. އަދި، ލިބުނު ގެއްލުމަކީ އެ ކުށުގެ އަމަލުގެ ސަބަބުން ސީދާ ގޮތުން ލިބިފައިވާ ގެއްލުމަކަށްވާންޖެހޭނެ އެވެ.

އޭގެއިތުރުން ލިބުނު ގެއްލުމަކީ ދައުވާ ލިބޭ މީހާ ކުރި ކުށުގެ އަމަލުގެ ސަބަބުން ލިބިފައިވާ ގެއްލުމަކަށްވާން ޖެހޭނެ ކަމާއި ލިބުނު ގެއްލުން ސާބިތުކުރުމަށް ބާޒާރުގައި އެ މުދާ ލިބެންހުރި އަފު އެނގޭނެ ތިން ކޯޓޭޝަން ދައުލަތަށް ހުށަހަޅަންޖެހޭނެ ކަމަށް އުސޫލުގައިވެ އެވެ.

އުސޫލުގައިވާ ގޮތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާގެ އިތުރުން މާއްދާ އެއްޗެއް ވެސް ނަގައިދެވިދާނެ އެވެ. އެގޮތުން، ނަގައިދޭ ބަދަލަކީ މާއްދީ އެއްޗެއް ކަމަށްވާނަމަ 60 ދުވަހުގެ ތެރޭ ގެއްލުން ލިބުނު މީހާއަށް ދައުވާ ލިބޭ މީހާ ރައްދުކޮށްދޭން އަމުރު ކުރެވޭނެ އެވެ.

ނަގައިދޭ ބަދަލަކީ ފައިސާގެ ބަދަލަކަށްވެފައި 50،000 ރުފިޔާއަށް އަށްވުރެ މަދު އަދަދެއް ނަމަ، 30 ދުވަހުގެ ތެރޭ ދައްކަން އަމުރު ކުރެވިދާނެ އެވެ. އަދި، ބަދަލަކީ 50،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދެއް ނަމަ ތިން މަސް ދުވަހުގެ ތެރޭ ރައްދުކުރަން ފަނޑިޔާރަށް އަމުރު ކުރެވޭނެ އެވެ.

ބަދަލުގެ މިންވަރަކީ 100،000 ރުފިޔާއަށްވުރެ ބޮޑު އަދަދެއްނަމަ ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ނިންމުމަށް ދައުވާ ލިބޭ މީހާގެ މައްޗަށް ފަނޑިޔާރަށް އަމުރު ކުރެވޭނެ ކަމަށް އުސޫލުގައިވެ އެވެ.

އުސޫލުގައިވާ ގޮތުން މައްސަލައިގެ ޝަރީއަތް ނިމި ހުކުމް ކުރިއިރު އެ ކުށުގެ ސަބަބުން ގެއްލުންވި ފަރާތަށް ގެއްލުމުގެ ބަދަލު ނަގައިދޭން ނިންމާފައިވާނަމަ، އެފަދަ ގެއްލުމުގެ ބަދަލަކީ ކުށް ސާބިތުވާ މީހާ، ގެއްލުން ލިބުނު ފަރާތަށް ދައްކަން ޖެހޭ ދަރަންޏެކެވެ. އެހެންވެ، މައްސަލަ ނިމުމުން ދަރަނި ސާބިތުވިކަން އަންގައިދޭ ލިޔުމެއް ކޯޓުން ދޭން ޖެހޭނެ ކަމަށް އުސޫލުގައިވެ އެވެ.

މިގޮތަށް ނަގައިދޭ މަދަނީ ބަދަލު ނަގައިދިނުމުގައި އިތުރަށް ސާބިތުކުރަން ޖެހޭ ކަމެއް އޮތްނަމަ، މަދަނީ ދައުވާ ކުރުމުގެ ހައްގު ގެއްލުން ލިބުނު ފަރާތަށް އޮތް ކަމަށް ކަނޑައަޅަންވާނެ ކަމަށް ވެސް އަލަށް ނެރުނު އުސޫލުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox