މުޖުތަމައުއަށް ހިދުމަތްކުރުމުގެ އަދަބު؛ ސަރުކާރުގެ މަސައްކަތަށް ނެރެ، ކިޔަވައިދޭން ވެސް އެންގިދާނެ

ކޮންސްޓްރަކްޝަން ސައިޓެއްގައި ބަޔަކު މަސައްކަތް ކުރަނީ --

ކޮންސްޓްރަކްޝަން ސައިޓެއްގައި ބަޔަކު މަސައްކަތް ކުރަނީ --

ކުށުގެ އަދަބެއްގެ ގޮތުން މުޖުތަމައުއަށް ހިދުމަތް ކުރުމުގެ އަދަބެއް ކަނޑައެޅިދާނެ ގޮތުގެ އުސޫލެއް ސުޕްރީމް ކޯޓުން އެކުލަވާލައިފި އެވެ.

މުޖުތަމައުއަށް ހިދުމަތް ކުރުމުގެ އަދަބަކީ ތަހުޒީބު މުޖުތަމައުގައި ވަަރަށް ފުޅާކޮށް ކުރަމުން އަންނަ ކަމެވެ. ރާއްޖޭގެ ގާނޫނުލްއުގޫބާތު ވެސް އެފަދަ އަދަބެއް ކަނޑައެޅިދާނެ ގޮތަށް އޮތް ނަމަވެސް، އުސޫލެއް ނެތެވެ.

ސުޕްރީމް ކޯޓުން މިއަދު އެކުލަވާލި، ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައިވާ ގޮތުން މުޖުތަމައުއަށް ހިދުމަތް ކުރުމުގެ އަދަބު ޖުނަހްގެ ކުށަކަށް ދެވިދާނެ އެވެ.

Advertisement

ހަމައެއާއެކު، އެ ނޫން ކުށްތަކުގައި އެހެން އަދަބަކާއެކު މުޖުތަމައުއަށް ހިދުމަތް ކުރުމުގެ އަދަބު ވެސް ކަނޑައެޅިދާނެ އެވެ. އެގޮތުން، ޖަލު އަދަބާއި ގޭބަންދު އަދަބު ތަންފީޒުކުރަމުންދާއިރު، މުޖުތަމައުއަށް ހިދުމަތް ކުރުމުގެ އަދަބު ދެވޭނެ އެވެ.

މިފަދަ އަދަބު ކަނޑައަޅާއިރު ފަނޑިޔާރުން ރިއާޔަތްކުރަން ޖެހޭ ކަންތައްތަކެއް އުސޫލުގައި ބަޔާންކުރެ އެވެ.

އެގޮތުން، ކުށްވެރިޔާގައި މުޖުތަމައުއަށް ފައިދާކުރާނެ ވަކި ހާއްސަ ބާވަތެއްގެ ހިދުމަތެއް ފޯރުކޮށްދެވޭނެ ހުނަރުހުރި މީހެއްކަމުގައިވުމާއި ވަކި ހާއްސަ ހިދުމަތެއް ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރިތޯ ބަލަންޖެހޭނެ އެވެ.

އޭގެއިތުރުން، އަދަބެއްގެ ގޮތުގައި ކުށްވެރިޔާ މުޖުތަމައުއަށް ކޮށްދޭންޖެހޭ ހިދުމަތަކީ ކުށްވެރިޔާ ކުރި ކުށުގެ އަމަލުގެ ސަބަބުން ލިބުނު ގެއްލުން ރަނގަޅުކުރުމަށް ނުވަތަ އެ ގެއްލުމުން ސަލާމަތްވުމަށް ބާރުއަޅާ ހިދުމަތެއްތޯ ބެލިދާނެ އެވެ.

ފަހު ކަމެއްގެ ގޮތުން، ކުށްވެރިޔާ އާއި މުޖުތަމައުގެ ކުރިމަތީގައި ކުށްވެރިޔާކުރި ކުށަށް އެކަށޭނަ އަދަދެއްގެ ގޮތުގައި ބަލައިގަނެބޭނެ އަދަބަކަށް އެ މަސައްކަތް ނުވަތަ ހިދުމަތް ވޭތޯ ބަލަންޖެހޭނެ އެވެ.

މުޖުތަމައުއަށް ހިދުމަތްކުރުމުގެ އަދަބުގެ ގޮތުގައި ކަނޑައެޅިދާނެ ކަންކަން އުސޫލުގައި ބަޔާންކުރި އެވެ؛

  • މަގުތަކާއި ޕޭޓޮއިލެޓްތަކާއި ޕާކުތަކާއި ސުކޫލުތަކާއި މިސްކިތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އެހެނިހެން އާންމު ތަންތަން ސާފުކުރުމާއި އާބާތުރަ ފިލުވުން
  • ކުނި އުކުމާއި ގޭގެއިން ކުނި ނެގުމުގެ މަސައްކަތްކުރުން
  • މަގު ހެދުމާއި ކޮންސްޓްރަކްޝަން އާއި މި ނޫން ވެސް ދައުލަތުން ނުވަތަ އިދާރާއަކުން ހިންގާ އުމުރާނީ މަސައްކަތްކުރުން
  • ކުށްވެރިޔާއަށް ލިބިފައިވާ އިލްމެއް ނުވަތަ ހުނަރެއް އެހެން ބަޔަކަށް ކިޔަވައިދިނުން ނުވަތަ ދަސްކޮށްދިނުން
  • ދައުލަތުގެ އޮފީހެއްގައި ނުވަތަ ދައުލަތުގެ ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކުރުން

އުސޫލުގައިވާ ގޮތުން، މުޖުތަމައުއަށް ހިދުމަތް ކުރުމުގެ އަދަބަކީ އަދަބު ތަންފީޒުކުރާ އިދާރާއިން ގާތުން ބަލައި މޮނީޓާކުރަން ޖެހޭ މަސައްކަތެވެ. އެކަން ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުގެ ކިބައިންނާއި ރަށު ކައުންސިލްތަކުންނާއި ސަރުކާރުގެ އޮފީސްތަކުންނާއި ހިއްސާވާ ކުންފުނިތަކުގެ ކިބައިން އެހީތެރިކަމަށް އަދަބު ތަންފީޒުކުރާ އިދާރާއަށް ލިބިގެންވެ އެވެ.

އަދި، މުޖުތައުއަށް ހިދުމަތްކުރުމުގެ އަދަބު ތަންފީކުރުމުގައި އަމަލު ކުރާނެ ތަފްސީލީ އުސޫލުތަކެއް އަދަބު ތަންފީޒުކުރާ އިދާރާއިން އެކުލަވާލައި ޝާއިއުކުރަން ޖެހޭނެ ކަަމަށް ވެސް ސުޕްރީމް ކޯޓުގެ އުސޫލުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox