މަރުގެ ދިޔަ އެއްލައްކަ ރުފިޔާއިން އެއް މިލިއަނަށް ބޮޑުކޮށްފި

ސުޕްރީމް ކޯޓު: މަރުގެ ދިޔަ ވަނީ އެއް މިލިއަން ރުފިޔާއަށް ބޮޑުކޮށްފައި

ސުޕްރީމް ކޯޓު: މަރުގެ ދިޔަ ވަނީ އެއް މިލިއަން ރުފިޔާއަށް ބޮޑުކޮށްފައި

ރާއްޖޭގެ މަރުގެ ދިޔަ އެއް ލައްކަ ރުފިޔާއިން އެއް މިލިއަން ރުފިޔާއަށް މިއަދު ސުޕްރީމް ކޯޓުން ބޮޑުކޮށްފި އެވެ.

އިސްލާމީ ޝަރީއަތުގައި މީހެއްގެ މަރުގެ ދިޔައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 100 ޖަމަލެވެ. ނަމަވެސް، މި ޒަމާނުގައި އެ އަގު ކުރަނީ ފައިސާއިން ކަމަށްވާއިރު، ޖަމަލު އަގުކުރާ މިންވަރަކީ ދުވަސް ދުވަހުން އިސްލާމީ ގައުމުތަކުގައި ރިވިއުކުރާ މިންވަރެކެވެ.

މިއަދާ ހަމައަށް ރާއްޖޭގައި މީހެއްގެ މަރުގެ ދިޔައިގެ ގޮތުގައި އޮތް މިންވަރަކީ އެއްލައްކަ ރުފިޔާ އެވެ. ދިޔަ ބޮޑުކުރާ ހާލަތުގައި އެ ދިޔަގެ މިންވަރަށް ތިންބައިކުޅަ އެއްބައި އިތުރުކުރަނީ އެވެ.

މަރުގެ ދިޔައިގެ ގޮތުގެ މިންވަރު ކަނޑައެޅީ ޝަރީއަތްކުރުމާ ބެހޭ ގަވާއިދުގެ ދަށުން 1995 އަހަރު އެވެ. އޭގެ ފަހުން އެތައް އަހަރެއްވެފައިވާއިރު، މަރުގެ ދިޔައިގެ އަދަދު ކުޑަކުރުމުގެ ކަންބޮޑުވުން އޮތެވެ.

މިއަދު ވެސް ހައިކޯޓުން ވަނީ ބިދޭސީއަކު މަރާލި މައްސަލާގައި ދިޔައިގެ ގޮތުގައި އެގޮތުގެ މަތިން ދިޔައިގެ މިންވަރު ކަނޑައަޅާފަ އެވެ. އެގޮތުން ގަސްދު މަރުގެ މައްސަލައެއްގައި ބުރަ ދިޔައެއްގެ ގޮތުގައި ދޭން ކަނޑައެޅީ 133،333 ރުފިޔާ އެވެ.

ސުޕްރީމް ކޯޓުން މިއަދު އެކުލަވާލި ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލުގައިވާ ގޮތުން ދިޔައިގެ އެންމެ ލުއި މިންވަރަކީ ވެސް އެއް މިލިއަން ރުފިޔާ އެވެ.

އެ ދިޔަ ކަނޑައެޅުމަށްފަހު އެ ފައިސާ މަރުވި މީހާގެ ވާރިސުންނަށް ލިބިދިނުމަށްޓަކައި ސިވިލް ކޯޓަށް ވަކި މުއްދަތެއްގައި ދެއްކުމަށް ކުށްވެރިޔާއަށް ޝަރީއަތުން އަންގަންވާނެ ކަމަށް އުސޫލުގައިވެ އެވެ. އަދި، ސާބިތު ދަރަނީގެ ޗުޓް ހަދައި ތަންފީޒުކުރުމަށްޓަކައި ސިވިލް ކޯޓަށް ފޮނުވަންޖެހެ އެވެ.

މަރުގެ ދިޔައަކީ މަރާލެވުނު މީހުންގެ ވާރިސުންނަށް އޮންނަ ހައްގެކެވެ. މަރަށްމަރު ހިފުމުގެ ބަދަލުގައި މަރުގެ ދިޔައަށް އެދުމުގެ ހައްގު ވާރިސުންނަށް ވަނީ ލިބިދީފަ އެވެ.

މީގެއިތުރުން ވެސް އިސްލާމީ ޝަރީއަތުގެ ހައްދު ކަނޑައަޅާފައިވާ ތިން ކުށް ކަމުގައި ޒިނޭ ގަޒުފުކުރުމާއި ބަނގުރާ ބުއިމުގެ ކުށަށް އުގޫބާތް ދޭނެ ގޮތް ވަނީ އުސޫލުގައި ބަޔާންކޮށްފަ އެވެ.

އެގޮތުން، ޒިނޭގެ ކުށް ސާބިތުވެއްޖެނަމަ އެމީހާގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ 100 އެތިފަހަރުން ހައްދު ކުރުމާއެކު އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ގަޒުފުގެ ކުށަށް ދޭ އަދަބަކީ، ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ އަދަބުގެ އިތުރުން 80 އެތިފަހަރުން ހައްދު ޖެހުމެވެ. ބަނގުރާ ބުއިމުގެ ކުށަށް އޮތް އަދަބަކީ، ގާނޫނުލްއުގޫބާތުގައިވާ އަދަބުގެ އިތުރުން، 40 އެތިފަހަރުން ހައްދު ޖެހުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox