ދޫވި ގާތިލަކު އުމުރަށް ޖަލަށްލައި، ބަރު ދިޔަ ދޭން ޖެހިއްޖެ

ކަމުރުލް އިސްލާމް: އުމުރަށް ޖަލަށްލައި ބުރަ ދިޔަ ދޭން އެންގި

ކަމުރުލް އިސްލާމް: އުމުރަށް ޖަލަށްލައި ބުރަ ދިޔަ ދޭން އެންގި

ކްރިމިނަލް ކޯޓުން ސަލާމަތްވެފައި ހުރި ބިދޭސީއެއްގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ސާބިތުވެ އުމުރަށް ޖަލަށްލައި، މަރުވި މީހާގެ ވަލީވެރިންނަށް ބަރު ދިޔަ ދޭން ހައިކޯޓުން މިއަދު އަންގައިފި އެވެ.

ރާއްޖޭގައި ދިޔައިގެ މިންވަރަކީ އެއް ލައްކަ ރުފިޔާ އެވެ.

ދިޔަ ބަރުކުރަން ޖެހޭ ހާލަތުގައި އަމަލުކުރާ އުސޫލަކީ ދިޔައިގެ މިންވަރަށް ތިންބައިކުޅަ އެއްބައި އިތުރުކުރުމެވެ. ކޯޓުން މިއަދު ކުރި ހުކުމްގައި، ބަރުކުރެވިގެންވާ ދިޔައިގެ ގޮތުގައި ކަނޑައެޅީ 133،333.33 ރުފިޔާ އެވެ.

Advertisement

ހައިކޯޓުން އުމުރު ދުވަހުގެ ޖަލު ހުކުމެއް މިއަދު އިއްވީ މުނީރުލް އިސްލާމް ކިޔާ ބަންގްލަދޭޝް މީހަކު މަރާލި ކަމުގެ ދައުވާ ލިބޭ ކަމަރުލް އިސްލާމްގެ މައްޗަށެވެ.

މި މައްސަލާގައި ކަމަރުލް އިސްލާމް ތަހުގީގުގައި އިއުތިރާފުވި އެވެ. އެގޮތުން މުނީރުލް ނިދާފައި އޮތްވައި އޭނާގެ ކަރަށް މަރުވަންދެން ވަޅި ޖެހި ކަމަށް އެއްބަސްވެފައިވެ އެވެ. އޭގެފަހުން އިތުރު ހެކި ހޯދުމަށް ފުލުހުންނަށް މައުލޫމާތު ވެސް ހިއްސާކުރި އެވެ. އެގޮތުން އެ ދުވަހު އޭނާ ލައިގެން ހުރި ގަމީހާއި މަރާލުމަށް ބޭނުންކުރި ވަޅި، އޭނާ ކިޔައިދިން ތަނުން ފުލުހުން ހޯދި އެވެ.

ނަމަވެސް، އޭނާ ޝަރީއަތުގައި ކުށަށް އިންކާރުކުރި އެވެ. އިންކާރުކުރުމުން ދައުލަތުން ދަށު ކޯޓަށް ހުށަހެޅި ހެކިތަކުން އޭނާގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމްކުރި އެވެ. މި ހުކުމް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ.

މައްސަލާގައި ދިފާއުއެއްގެ ގޮތުން ކަމަރުލް އިސްލާމް ފާހަގަކޮށްފައިވަނީ ތަހުގީގު މަރުހަލާގައި އޭނާއަށް ވަކީލެއްގެ ފުރުސަތު ދީފައިނުވާ ކަމާއި އޭނާ އިއުތިރާފުވީ ފުލުހުން އަނިޔާކޮށް ބިރުދައްކައިގެން ކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުގައި ކަމަރުލް އިސްލާމްއަށް ގާނޫނީ ވަކީލެއްގެ ހައްގާއި ހަނުހުރުމުގެ ހައްގު ލިބިގެންވާކަން ތަހުގީގަށް ބަޔާން ނެގުމުގެ ކުރިން އެންގި އެވެ. ނަމަވެސް، އޭގެ ފަހުން ތަހުގީގު މަރުހަލާގައި ދައުލަތުގެ ވަކީލަކު ހަމަޖައްސައިނުދެވޭނެ ކަމަށާއި އެ ހައްގު އޮންނާނީ ޝަރީއަތުގެ މަރުހަލާގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ނަމަވެސް، ހަމައެކަނި އެކަމަކީ މައްސަލަ ސާބިތުވާ ކަމަށް ކަނޑަނޭޅުމަށް އޮތް ހުއްޖަތެއް ނޫން ކަމުގައި ހުކުމްގައި ފާހަގަކުރި އެވެ.

ކަމަރުލް އިސްލާމްގެ އިނގިލީގެ ނިޝާން ލެއާއެކު ފެނުނު

ހުކުމްގައި ފާހަގަކުރި ގޮތުގައި ކަމަރުލް އިސްލާމް ތަހުގީގަށް ދީފައިވާ ބަޔާނުގައިވާ ކަންކަމާ ގުޅުވައިދެވޭ އެއަށް ބާރު ލިބޭ ގިނަ ހެކިތަކެއް އެބަ ހުއްޓެވެ. އެހެންވެ، ކަމަރުލް އިސްލާމްގެ ބަޔާނުގައިވާ ކަންކަމަކީ ހަގީގަތް ކަމަށް ބެލެވެން އެބަ އޮތެވެ.

އަދި، އެ ބަޔާން އޭނާ ދީފައިވަނީ ވަރަށް ހަމަޖެހިގެން އެއްވެސް ހާސްކަމެއް ނެތި، ސަމާސާ މިޒާޖެއްގައިކަން އެނގޭ ކަމާއި އަނިޔާކޮށް ބިރުދައްކާފައިވާ މީހަކު އެގޮތަށް އަމަލުނުކުރާނެކަން ގަބޫލު ކުރެވޭ ކަމަށް ހުކުމްގައިވެ އެވެ.

ހުކުމްގައި ފާހަގަކުރި ގޮތުގައި، މުނީރުލް މަރާލި ކޮޓަރީ ތެރެއިން ކަމަރުލް އިސްލާމްގެ ފައިގެ އިނގިލީގެ ނިޝާން ލެއާއެކު ފެނިފައިވެ އެވެ. އެއީ ބަޔާނުގެ އިތުރަށް މައްސަލާގައި ހަރުދަނާ ހެކީގެ ގޮތުގައި ގަބޫލު ކުރެވޭނެ ހެއްކެއް ކަމަށެވެ. އަދި، މަރާލަން ބޭނުންކުރި ވަޅި އާއި އެވަގުތު އޭނާ ލައިގެން ހުރި ގަމީސް، ޓީ ޖެޓީ ސަރަހައްދުން ހޯދުމަކީ ބަޔާނުގައިވާ ކަންކަމާ ގުޅުވައިދެވޭ ހެކި ކަމަށެވެ.

މުނީރުލްގެ ޖިންސުގެ ބަޔަކާއި ފޯނު ވެސް ކަމަރުލް އިސްލާމްގެ އަތުން ފެނިފައިވާއިރު، ކަމަރުލް އިސްލާމް، މުނީރުލްއަށް ގުޅާފައިވާކަން އެނގެ އެވެ. އަދި، ޖިންސް ބުރިން މުނީރުލްގެ ޑީއެންއޭ ފެނިފައިވެ އެވެ. އެހެންވެ، މި މައްސަލާގައި ކަމަރުލް އިސްލާމް ކުރި އަމަލެއްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ދައުލަތަށް ސާބިތުކޮށްދެވިފައިވާ ކަމަށް ހުކުމްގައިވެ އެވެ.

މި ރައުޔު ނެރުއްވީ ފަނޑިޔާރު ހުސެއިން މަޒީދެވެ. ރައުޔަށް ފަނޑިޔާރު މުހައްމަދު ނިޔާޒު ތާއިދު ކުރެއްވުމުން އަގުލަބިއްޔަތު ލިބުނެވެ. ނަމަވެސް، ފަނޑިޔާރު އަލީ ސަމީރު ނެރުއްވީ ތަފާތު ރައުޔެކެވެ.

ހައްގުތައް ނުދީ ހޯދާ ހެކި ގަބޫލު ނުކުރެވޭނެ

ފަނޑިޔާރު އަލީ ސަމީރު ވިދާޅުވި ގޮތުގައި މައްސަލާގެ ތަހުގީގުގައި ވަކީލެއްގެ ފުރުސަތު ކަމަރުލް އިސްލާމްއަށް ނެތް ކަމަށް ފުލުހުން ބުނެފައިވުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެކެވެ.

އެއީ، އަސާސީ ހައްގަކަށްވާއިރު އެ ހައްގުން މަހުރޫމްކުރުމަށް ފަހު ނަގާާ ބަޔާންތައް ވާނީ ގާނޫނާ ހިލާފު ބަޔާންތަކަށް ކަމަށެވެ. އަދި، އެ ބަޔާނުގެ ދަށުން ހޯދާ ހެކިތައް ވެސް ވާނީ ގާނޫނާ ހިލާފު، ޝަރީއަތަށް ގަބޫލު ނުކުރެވޭނެ ހެކިތަކަށް ކަމަށެވެ.

އެހެންވެ، މި މައްސަލާގައި ކަމަރުލް އިސްލާމްގެ ބަޔާނާއި ހެކިތަކަކީ ގާނޫނު އަސާސީއާ ހިލާފަށް ނަގާފައިވާ ތަކެތި ކަމަށްވާތީ އެ ތަކެތި ބަލައިނުގަނެވޭނެ ކަމަށް ފަނޑިޔާރު ސަމީރު ވިދާޅުވި އެވެ. އެހެންވެ، ފަނޑިޔާރު ސަމީރު ބުރަވެވަޑައިގެންނެވީ ކަމަރުލް އިސްލާމްގެ މައްޗަށް ކުށް ސާބިތު ނުކުރެވޭނެ ކަމަށެވެ.

ގިސޯސް ނުހިފައި ދޭން ކަނޑައެޅީ ބަރު ދިޔަ

ކަމަރުލް އިސްލާމް މަރާލި މުނީރުލްގެ ވަލީވެރިން އެދިފައިވަނީ މަރުގެ ބަދަލަށް މަރު ހިފުމަށާއި މަރުގެ ބަދަލެއް ހޯދައިދިނުމަށެވެ.

ގަތުލް އަމްދު ނުވަތަ ގަސްދު މަރުގައި މަރަށް މަރު ހިފުމަށް ގިސޯސް އުގޫބާތް ކަނޑައެޅުމާއި މަރުގެ ބަދަލުގެ ގޮތުގައި ދިޔަ ކަނޑައެޅުމަކީ ޝަރުއީ ހަމައެއް ނޫނެވެ. ވަލީވެރިން އިހުތިޔާރުކުރަން ޖެހޭނީ އޭގެ ތެރެއިން ކޮންމެ ވެސް އެއް ގޮތެކެވެ.

ނަމަވެސް، ދެ ގޮތުން ކުރެ ގޮތެއް ވަލީވެރިން އިހުތިޔާރުނުކޮށް އެކަން ފަނޑިޔާރުންގެ މައްޗަށް ދޫކޮށްލާ ހާލަތުގައި އަމަލު ކުރާނެ ގޮތެއް ނެތި، އޮތް ޝުބުހާގެ ސަބަބުން އޭގެ މަންފާއަށް ގާތިލަށް ލިބެންޖެހޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ހުކުމްގައިވެ އެވެ.

އެހެންވެ، މި މައްސަލާގައި ގިސޯސް ނުހިފުމަށް ފަނޑިޔާރުން ނިންމެވި އެވެ. އޭގެ ބަދަލުގައި ދިޔަ ކަނޑައެޅުމާއި ތައުރީޒީ އަދަބެއް ދިނުމަށް އަގުލަބިއްޔަތު ރައުޔު ލިބުނު ހުކުމްގައި ކަނޑައެޅުއްވި އެވެ.

މި ހުކުމުގައި ނިންމީ މަރުގެ އަދަބު ކަނޑައެޅުމުގެ ބަދަލުގައި މަރުގެ ދިޔަ ނަގައިދިނުމަށެވެ. މިއީ ގަސްދު މަރަކަށްވާތީ، އަދި އެ މަރުގެ ރުކުންތައް މި މައްސަލާގައި ހަމަވާތީ ފަނޑިޔާރުން ނިންމާފައިވަނީ ބަރު ދިޔަ ނަގައިދިނުމަށެވެ.

އެ ދިޔަ، އެއް އަހަރު ތެރޭގައި މުނީރުލްގެ ވަލީވެރިން ކަމަށްވާ ބައްޕަ، މަންމަ އަދި އަނބިމީހާއަށް ދައްކާ ހަލާސްކުރުމަށް ސިވިލް ކޯޓަށް ހުށަހެޅުމަށް ހުކުމް ކުރެއްވި އެވެ.

ދިޔަ ދެއްކުމުގެ އިތުރުން ތައުޒީރީ އަދަބެއްގެ ގޮތުން ކަމަރުލް އިސްލާމް، 25 އަހަރަށް (އުމުރަށް) ޖަލަށްލުމަށް ވެސް ހުކުމް ކުރެއްވި އެވެ.

މީގެއިތުރުން ކުށުގެ ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް ވެސް ކަމަރުލް އިސްލާމްއަށް ފަނޑިޔާރުން ވަނީ ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox