ޓެރަރިޒަމްގެ ތުހުމަތުވާ މީހަކު ސުޕްރީމް ކޯޓުން ދޫކޮށްލައިފި

މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން: ތުހުމަތުވާ އެކަކު ވަނީ ބަންދުން ދޫކޮށްލާފައި

މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން: ތުހުމަތުވާ އެކަކު ވަނީ ބަންދުން ދޫކޮށްލާފައި

ޓެރަރިޒަމްގެ އަމަލުތަކެއް ހިންގައި އައިއެސް ޖަމާއަތަށް ނިސްބަތްވާ މީހެއް ކަމަށް ތުހުމަތުކޮށް، އައްޑޫ ސިޓީން ހައްޔަރުކުރި މީހަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

ސުޕްރީމް ކޯޓުން މިނިވަންކޮށްފައިވަނީ ގއ. ކޮލަމާފުށި، ވިކްޓްރީ މަފްތޫހު ސައީދެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ފުލުހުން ހިންގި އޮޕަރޭޝަންގައި އައްޑޫ ސިޓީން ނުވަ މީހަކު ހައްޔަރުކުރި އެވެ. އެ މީހުން ހައްޔަރުކޮށް ބަންދު ފުރަތަމަ ޖެހީ އިންޓެލް ރިޕޯޓެއްގެ މައްޗަށެވެ.

އެމީހުންގެ މައްޗަށް ތުހުމަތުކޮށްފައި އޮތީ، ހަރުކަށި ފިކުރު ފެތުރުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ، އައިއީޑީ ހެދުމަށް ބޭނުންކުރާ ތަކެތި ގެންގުޅެ އެ ތަކެތިން ބަޔަކަށް އަދި މުދަލަށް ގެއްލުންދީފާނެ ކަމުގެ ތުހުމަތެވެ.

ދެ ފަހަރަކަށް ބަންދު އިތުރު ކުރުމަށް ފަހު އޭގެ ތެރެއިން ފަސް މީހަކު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލި އެވެ. އެ ފަސް މީހުން ދޫކޮށްލީ ތުހުމަތުވާ މައްސަލާގައި އެމީހުންގެ ބައިވެރިވުން އޮތް ކަމަށް ހެކި ހުށަހަޅާފައި ނެތް ކަމަށް ބުނެ އެވެ.

އެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ނިންމީ، އެ ފަސް މީހުން ވެސް އަލުން ހައްޔަރުކުރަން ޖެހޭނެ ކަމަށެވެ.

ހައިކޯޓުން އެ މީހުންގެ ބަންދަށް 15 ދުވަސް ދޭން ނެރުނު އަމުރު ސުޕްރީމް ކޯޓުގައި އެ ފަސް މީހުންގެ ތެރޭ ހިމެނޭ މަފްތޫހު އިސްތިއުނާފުކުރި އެވެ.

ސުޕްރީމް ކޯޓުގައި އޭނާގެ ފަރާތުން ފާހަގަކޮށްފައިވަނީ އިންޓެލް ރިޕޯޓްގެ އިތުރުން އެހެން ހެއްކެއް އޭނާގެ މައްޗަށް ނެތުމުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމެވެ.

މައްސަލާގައި މިއަދު ސުޕްރީމް ކޯޓުން ވެސް އެކަމަށް ތާއިދުކުރި އެވެ.

އެ ކޯޓުން ބުނި ގޮތުގައި ހަމައެކަނި އިންޓެލް ރިޕޯޓެއް އޮވެގެން އެއަށް ބާރުލިބޭ އެހެން ހެއްކެއް ނެތި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ "ކޮންމެ ވެސް މިންވަރެއްގެ ހެކި" ހުރި ކަމުގެ އޮޅިގަނޑު ދަށު ކޯޓުގައި ގިރާ ނުކުރެވޭނެ ކަމަށް ދަށު ކޯޓުގެ ގާޒީ ނިންމީ ގާނޫނާ ހިލާފަށް ކަމަށް ބަލާނެ ތަނެއް ނެތެވެ.

އެހެންވެ، މަފްތޫހު ބަންދުކުރަން ނެރެފައި އޮތް އަމުރު ސުޕްރީމް ކޯޓުން ބާތިލްކުރި އެވެ.

ނަމަވެސް، އިންޓެލް ރިޕޯޓް ފިޔަވައި ތަހުގީގަށް އެހެނިހެން ހެކި ލިބިފައިވާ ނަމަ، އެ ހެކިތަކަށް ރިއާޔަތްކޮށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މަފްތޫހު ސައީދުގެ ބަންދުގެ މުއްދަތު އިތުރުކުރަން ޖެހޭތޯ ބެލުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު ދައުލަތަށް އޮންނާނެ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox