އުރުދުންގެ ސިޔާސީ ނިޒާމު ޒަމާނީ ކުރަނީ

އުރުދުންގެ ރަސްގެފާން އަބްދުﷲ (ވ) އަދި ކުރީގެ ވަލީ އަހުދު އަމީރު ހަމްޒާ.-- ފޮޓޯ: އޭޕީ

އުރުދުންގެ ރަސްގެފާން އަބްދުﷲ (ވ) އަދި ކުރީގެ ވަލީ އަހުދު އަމީރު ހަމްޒާ.-- ފޮޓޯ: އޭޕީ

އައްމާން، އުރުދުން (ޖޫން 29) - އުރުދުންގައި ބަގާވާތާ ކުރަން އުޅުނު ކަމުގެ ތުހުމަތާއެކު ޝާހީ އާއިލާގެ ތެރޭގައި ނުތަނަވަސްކަން އުފެދުނުތާ މަސްތަކެއް ފަހުން، އެ ގައުމުގެ ސިޔާސީ ނިޒާމު ޒަމާނީ ކުރަން ރާވާފައިވާ ކަމަށް އޮފިޝަލަކު ބުނެފި އެވެ.

ކުރީގެ ބޮޑު ވަޒީރު ސާމިރް އަލް ރިފާއީ ވިދާޅުވީ އެ ރޭވުމުގެ ދަށުން އުރުދުންގެ ރައްޔިތުންނަށް "އެންމެ އެކަށޭނަ ސިޔާސީ ދިރިއުޅުމެއް" ލިބިދޭނެ ކަމަށެވެ. އެ ބަދަލުތައް ގެނައުމަށް އެންމެ އިސްވެރިއެއްގެ ގޮތުގައި ރަސްގެފާނު އަބްދުﷲ ދެ ވަނަ އައްޔަނު ކުރެއްވި ރިފާއީ އެވެ.

ރަސްގެފާނުގެ އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ވަލީ އަހުދު އަމީރު ހަމްޒާއާ ގުޅިގެން ގަބީލާތަކުގެ ވެރިންތަކެއް އުރުދުންގައި ބަގާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތު ކުރީ މިދިޔަ އޭޕްރިލް މަހު އެވެ. އޭގެ އިތުރުން އުރުދުންގައި މުޒާހަރާ ކުރުން ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ.

ސިޔާސީ ނިޒާމު ޒަމާނީ ކުރުމުގެ މަސައްކަތުގެ ތެރެއިން ހާއްސަ ކޮމިޓީގެ ރައީސްކަން ކުރައްވާނީ ރިފާއީ އެވެ. އެ ކޮމިޓީގައި 91 މެމްބަރުން ހިމެނޭ އިރު، އެއީ އިސްލާމިސްޓުންނާއި ސެކިއުލަރިސްޓުންނާއި ނޭޝަނަލިސްޓުންނާއި، ކޮމިއުނިސްޓުން އަދި މިނިވަން ފިކުރުގެ މީހުންނެވެ. އެ މީހުން ހޮވާފައިވަނީ ސިޔާސީ، ތައުލީމީ އަދި މަދަނީ ދާއިރާތަކުންނެވެ.

އެ ކޮމިޓީއިން ދިރާސާތައް ކުރުމަށް ފަހު "އޮކްޓޯބަރު މަހުގެ ކުރިން ސަރުކާރަށް ލަފާ ދޭނެ" އެވެ. އެއަށް ފަހު ސަރުކާރުން އެ ހުށަހެޅުންތައް ފޮނުވާނީ ގާނޫނު ހަދާ މަޖިލީހުގެ މަތި ގެ އާއި ތިރި ގެއަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ގާނޫނު ހަދާ މަޖިލީހުގައި އުރުދުންގެ ގިނަ ބަޔަކު ތަމްސީލްވެގެން ދިއުން. އަދި ގިނަ މީހުންނަށް އިންތިހާބުގައި ވާދަކުރަން ހިތްވަރު ދިނުން. އަދި މީހުން އަޑު އުފުލުމުން ނަތީޖާ ނުކުންނަކަން ދެއްކުން،" ރިފާއީ ވިދާޅުވި އެވެ.

ރިފާއީ ވިދާޅުވީ އެކަން ހާސިލް ކުރުމަށް، ކޮމިޓީން "އިންތިހާބީ ގާނޫނުގެ އާ ޑްރާފްޓެއް" ހުށަހަޅާނެ ކަމަށެވެ. އޭގެ އިތުރުން "އުރުދުން ޒަމާނީ ކުރަން ސިޔާސީ ޕާޓީތަކަށް ފުރުސަތުދޭ" ހުށަހެޅުމެއް ވެސް ތައްޔާރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox