ކޮވިޑް ވެކްސިންގެ ތިން ބިލިއަން ޑޯޒް ޖަހައިފި

ޗައިނާގައި ކޮވިޑާ ދެކޮޅަށް ވެކްސިން ޖަހަނީ.-- ފޮޓޯ: ރޮއިޓާޒް

ޗައިނާގައި ކޮވިޑާ ދެކޮޅަށް ވެކްސިން ޖަހަނީ.-- ފޮޓޯ: ރޮއިޓާޒް

ޕެރިސް، ފްރާންސް (ޖޫން 29) - މުޅި ދުނިޔޭގައި ކޮވިޑާ ދެކޮޅަށް މިހާތަނަށް ވެކްސިންގެ ތިން ބިލިއަން ޑޯޒް ޖަހާފައިވާ ކަމަށް އޭއެފްޕީގެ ތަފާސްހިސާބުން ދައްކައިފި އެވެ.

ވެކްސިންގެ އެއް ބިލިއަން ޑޯޒް ދީ ނިންމުމަށް 20 ހަފްތާ ނެގިއިރު، މިހާރު ގައުމުތަކުން ވެކްސިން ޕްރޮގްރާމްގެ ދުވެލި އަވަސްކޮށްފައިވާކަން ފާހަގަކުރެވެ އެވެ.

އެގޮތުން ދެ ބިލިއަން ޑޯޒް ހަމަވުމަށް ފަހު، ތިން ބިލިއަނާ ހަމައަށް ދިޔެއީ އެންމެ ހަތަރު ހަފްތާ ތެރޭގަ އެވެ.

ކޮންމެ 10 ޑޯޒަކުން ހަތަރު ޑޯޒް ދީފައި ވަނީ ޗައިނާގަ އެވެ. އެއީ 1.2 ބިލިއަން ޑޯޒެވެ. އިންޑިއާގައި 329 މިލިއަން އަދި އެމެރިކާގައި 324 މިލިއަން ޑޯޒް ދީފައި ވެ އެވެ.

އާބާދީގެ ނިސްބަތުން ބަލާއިރު، އެންމެ ގިނައިން ވެކްސިން ޑޯޒް ދީފައިވަނީ މެދުއިރުމަތީގެ ތިން ގައުމެކެވެ. އެއީ ޔޫއޭއީ، ބަހްރެއިން އަދި އިޒްރޭލެވެ. އެ ތިން ގައުމުން ވަނީ ގާތްގަނޑަކަށް އާބާދީގެ 60 ޕަސެންޓު މީހުންނަށް ވެކްސިން ދީ ފުރިހަމަކޮށްފަ އެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު، ވެކްސިން ދިނުމުގައި ގައުމުތަކުގެ މެދުގައި އޮތް ފަރަގު ދަނީ ވަރަށް ބޮޑަށް ފެންނަމުންނެވެ. އެގޮތުން މުއްސަނދި ގައުމުތަކުން ކުރި ހޯދަމުން ދާއިރު، ފަގީރު ގައުމުތަކަށް ވެކްސިން ލިބޭނެ ގޮތެއް ނެތެވެ.

އެގޮތުން އެންމެ ފަގީރު ގައުމުތަކުން ކޮންމެ 100 މީހަކަށް ދެވިފައި ވަނީ އެންމެ ޑޯޒެކެވެ. އެއާ ހިލާފަށް މުއްސަނދި ގައުމުތަކުން ކޮންމެ 79 މީހަކަށް އެއް ޑޯޒް ދީފައި ވެ އެވެ.

ވެކްސިން ދިނުން އެއް ގޮތަކަށް ވެސް ނުފެށޭ ފަސް ގައުމު އެބަ އޮތެވެ. އެއީ ޓަންޒޭނިއާ، ބުރުންޑީ، އެރިޓްރިއާ، ހެއިޓީ އަދި އުތުރު ކޮރެއާ އެވެ.

އެންމެ ގިނައިން ބޭނުން ކުރަމުންދާ ވެކްސިނަކީ އޮކްސްފޯޑާއި އެސްޓްރަޒެނެކާގެ ވެކްސިނެވެ. އެގޮތުން ކޮންމެ ދިހަ ގައުމަކުން އަށް ގައުމުގައި އެ ވެކްސިން ބޭނުން ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox