ކަޝްމީރަކީ މިނިވަން ގައުމެއް ކަމަށް ބުނާ ޗާޓަކާ ހެދި އިންޑިއާގައި ޓްވިޓާގެ މައްސަލަ ބަލަނީ

އިންޑިއާގައި ޓްވިޓާއަށް އަންނަނީ ގިނަ ގޮންޖެހުންތަކާ ކުރިމަތިވަމުން.--

އިންޑިއާގައި ޓްވިޓާއަށް އަންނަނީ ގިނަ ގޮންޖެހުންތަކާ ކުރިމަތިވަމުން.--

ނިއު ދިއްލީ، އިންޑިއާ (ޖޫން 29) - ކަޝްމީރަކީ މިނިވަން ގައުމެއް ކަމަށް ބުނާ ޗާޓެއް ޓްވިޓާގެ ވެބްސައިޓުގައި ހިމެނި މައްސަލައިގައި އިންޑިއާ ފުލުހުން ތަހުގީގު ފަށައިފި އެވެ.

އުއްތަރް ޕްރަދޭޝްގެ ފުލުހުން ބުނީ އިންޑިއާގައި އުޅޭ ޓްވިޓާގެ ދެ އޮފިޝަލުންނާ ދެކޮޅަށް ހިންދޫ ނޭޝަނަލިސްޓް ގްރޫޕަކުން ޖިނާއީ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

ޓްވިޓާގެ "ޓްވީޕް ލައިފް" ކެރިއާ ސެކްޝަނުގައި ހިމެނި ޗާޓަށް ސޯޝަލް މީޑިއާ ބޭނުން ކުރާ މީހުންގެ ފާޑުކިޔުން އަމާޒުވުމުން މިހާރު ވަނީ ނުފެންނަ ގޮތް ހަދައިފަ އެވެ.

Advertisement

ފުލުހުންގެ އޮފިޝަލަކު އޭއެފްޕީއަށް ބުނޫ އިންޑިއާގައި ހުންނަ ޓްވިޓާގެ އެންމެ އިސް ވެރިޔާ މަނީޝް މަހޭޝްވަރީ އާއި އިތުރު އިސް އޮފިޝަލެއްގެ މައްސަލަ ބަލަމުންދާ ކަމަށެވެ.

އެ މީހުންނަށް ތުހުމަތު ކުރަނީ އިންޑިއާގެ އައިޓީ ގާނޫނާ ހިލާފުވި ކަމަށާއި އާއްމުންގެ މެދުގައި ނުތަނަވަސްކަން އުފައްދަން މަސައްކަތް ކުރި ކަމަށެވެ.

"މި އަމަލުގެ ސަބަބުން އިންޑިއާ ރައްޔިތުންގެ ހިތްތަކަށް އަސަރުކޮށްފި. އޭގެ ތެރޭގައި އަޅުގަނޑު ވެސް ހިމެނޭ،" ހިންދޫ އަސްކަރީ ގްރޫޕް ބަޖްރަން ދާލްގެ ޕްރަވީން ބާޓީ ހުށަހެޅި މައްސަލާގައި ބުނެފައި ވެ އެވެ.

އިންޑިއާގެ ބޯޑަރާ ގުޅޭ ގޮތުން ސަރުކާރުން ގަބޫލު ކުރާ ގޮތް ނޫން ގޮތަކަށް ވާހަކަދެއްކުމާ މެދު ފަހަކަށް އައިސް ދެކެނީ ވަރަށް ހަރުކަށި ވިސްނުމަކުންނެވެ.

ވަކިން ހާއްސަކޮށް ކަޝްމީރު މައްސަލާގައި އިންޑިއާގެ ވިސްނުން ހަރުކަށި ވަނީ އެ މައްސަލާގައި ޕާކިސްތާނު ހިމެނޭތީ އެވެ. އިންޑިއާ އާއި ޕާކިސްތާނުން ވެސް ދައުވާ ކުރާ ގޮތުގައި ކަޝްމީރު ނިސްބަތް ވަނީ އެ މީހުންނަށެވެ.

އެހެންކަމުން މިހާރު ކަޝްމީރު އޮންނަނީ ދެ ފަޅިކޮށް، ދެ ގައުމުން ދެ ފަޅި ކޮންޓްރޯލް ކުރާ ގޮތަށް ހަމަޖައްސާފަ އެވެ.

އިންޑިއާގައި އޮޕަރޭޓް ކުރާ ސޯޝަލް މީޑިއާ ކުންފުނިތަކުން އަމަލު ކުރަން ޖެހޭ އާ ގަވާއިދެއްގެ މައްސަލާގައި ޓްވިޓާ އާއި އިންޑިއާ ސަރުކާރާ މެދު ނުތަނަވަސްކަން ބޮޑުވެފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ.

ގަވާއިދުގެ ދަށުން އިންޑިއާގެ އިސްތިގްލާލާއި، ދައުލަތުގެ ސެކިއުރިޓީ އާއި އާއްމު ހަމަޖެހުމަށް ބުރޫ އަރާ ފަދަ ކޮންޓެންޓު ދައުރުވާ ނަމަ، އެ ކޮންޓެންޓެއްގެ އެންމެ ފުރަތަމަ ޕޯސްޓު ކުރި މީހަކު ދެނެގަނެ، އެ މައުލޫމާތު ސަރުކާރަށް ފޯރުކޮށްދޭން ޖެހެ އެވެ.

ސޯޝަލް މީޑިއާ ކުންފުނުތަކާއި ޒާތީ މައުލޫމާތު ހާމަކުރުމާ ދެކޮޅު އެކްޓިވިސްޓުން ދެކޭ ގޮތުގައި މި ގަވާއިދަކީ ސަރުކާރަށް ފާޑުކިޔާ ފަރާތްތައް ދެނެގަތުމަށް ވޭނުން ކުރެވިދާނެ ގަވާއިދެކެވެ.

އާ ގަވާއިދުގެ މައްސަލަ ވަޓްސްއެޕުން ވަނީ ކޯޓަށް ވެސް ހުށަހަޅާފަ އެވެ. ވަޓްސްއެޕްގެ މެސެޖުތަކަކީ ފޮނުވާ މީހާ އާއި މެސެޖު ލިބޭ މީހާ ނޫން ތިން ވަނަ މީހަކަށް ނުބެލޭނެ ގޮތަށް އެންކްރިޕްޓުކޮށްފައިވާ މެސެޖުތަކަށް ވާއިރު، އެ ޕްލެޓްފޯމުގެ އެންމެ މުހިއްމު ސިފައަކީ ވެސް އެންކްރިޕްޝަން އެވެެ. އެހެންވެ، ގަވާއިދުގެ ދަށުން އެކަމަށް ބުރޫ އަރާނެ ކަމަށް ވަޓްސްއެޕުން ގަބޫލުކުރެ އެވެ.

ކޯޓަށް ހުށަހެޅި މައްސަލާގައި ފޭސްބުކްއިން ހިންގާ ވަޓްސްއެޕް ކުންފުނިން ބުނީ އާ ގަވާއިދަކީ އިންޑިއާގައި "ވަޓްސްއެޕް ބޭނުން ކުރާ އެތައް މިލިއަން މީހުންގެ ޒާތީ މިނިވަންކަމާއި މިނިވަންކަމާއެކު ބަސް ބުނުމުގެ ހައްގަށް އުނިކަން ލިބޭ" ގަވާއިދެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox