ހިޔާ ފްލެޓްގެ އަގުތައް ދިރާސާކޮށް، މުއިއްޒު ވިދާޅުވީ މި ސަރުކާރަށް މެނޭޖުކުރަން ނޭނގުނީ ކަމަށް

މާލޭގެ މޭޔާ ޑރ. މުހައްމަދު މުއިއްޒު: ވިދާޅުވީ ހިޔާ ފްލެޓްގެ އަގު ބޮޑުވީ ސަރުކާރަށް މެނޭޖް ކުރަން ނޭންގިގެން ކަމަށް-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

މާލޭގެ މޭޔާ ޑރ. މުހައްމަދު މުއިއްޒު: ވިދާޅުވީ ހިޔާ ފްލެޓްގެ އަގު ބޮޑުވީ ސަރުކާރަށް މެނޭޖް ކުރަން ނޭންގިގެން ކަމަށް-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ހިޔާ ފްލެޓްތަކުގެ އަގު ބޮޑު ވެފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މި ސަރުކާރަށް މެނޭޖު ކުރަން ނޭނގިގެން ކަމަށާއި ފްލެޓަށް މަހަކު 5،600 ރުފިޔާ ދައްކާ ގޮތަށް ދެވޭނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހިޔާ ފުލެޓުތަކަށް ފައިސާ ދައްކާ ހަލާސްކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500ރ ދައްކާ ގޮތަށެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000ރ. ނަގާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެހެންކަމުން، މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން، ހިޔާ ފްލެޓަކަށް މަހަކު 8،500ރ. ދައްކަން ޖެހެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވެސް ވިދާޅުވީ ކުރީ ސަރުކާރުން ހިޔާ ފްލެޓްތައް އަޅާފައިވަނީ ކޮމާޝިއަލް ލޯނެއް ނަގައިގެން ކަމަށްވާއިރު ފްލެޓްގެ އަގު އިތުރަށް ކުޑަކޮށްފި ނަމަ ސަރުކާރަށް ބޮޑު ތަކުލީފަކަށް ވާނެ ކަމަށެވެ.

Advertisement

މިއަދު ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވަނީ ޕްލޭނިން މިނިސްޓްރީން ސިޓީ ކައުންސިލާ ހިއްސާ ކުރި ތަފާސް ހިސާބުތައް ދިރާސާ ކޮށްފައި ކަމަށް ވިދާޅުވެ ޕްރެޒެންޓޭޝަނެއް ދެއްވައިފަ އެވެ. މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން ކުރި ދިރާސާ ރައީސް އޮފީހާއި ޕްލޭނިން މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ.

ހިޔާ ފްލެޓްތައް ހަދާފައިވަނީ އެޗްޑީސީން ނަގާފައިވާ ހަ ބިލިއަން ރުފިޔާގެ ލޯނެއްގަ އެވެ.

މުއިއްޒު ވިދާޅުވީ އެ ލޯން ނަގާފައިވަނީ އަށް ޕަސެންޓް އިންޓްރެސްޓް ރޭޓްގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ނަމަވެސް، އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ލޯނު ނަގާފައިވަނީ 3.9 ޕަސެންޓްގައި ކަމަށެވެ.

"އެހެންކަމުން 3.36 ޕަސެންޓާއި ފަސް ޕަސެންޓާ ދޭތެރޭ ހުންނަން ޖެހޭ އިންޓްރެސް ރޭޓެއް މިބޭފުޅުން އަށް ޕަސެންޓަށް މިދިޔައީ. އޭގެން މި ދޭހަކޮށްދެނީ ކޮން ކަމެއްތޯ؟ އެބޭފުޅުން އިތުރަށް ތިން ޕަސެންޓްވަރުގެ މާޖިންއެއް މިއަށް ލާފައި މިއޮތީ. ލުމުގެ ސަބަބުން ވާގޮތަކީ މި ލައިބޯއަކީ ވޭރީވާއެއްޗެއް އެހެންވީމައި ލައިބޯ ކުޑަވާ ވަގުތު އެޗްޑީސީއަށް އެބަ ލިބޭ ވަރަށް ބޮޑު ފައިނޭޝިއަލް ޕްރޮފިޓެއް،" މުއިއްޒު ވިދާޅުވި އެވެ.

"އެ ފައިނޭޝިއަލް ބެނެފިޓް މި ހޯދަނީ އޭގެ ބެނެފިޓް ރައްޔިތުންނަށް ޕާސް ނުކޮށް ރައްޔިތުންނަށް ބޮޑު އިންޓްރެސްޓް ރޭޓެއްގައި އަންނަ އަދަދު މަހުން މަހަށް ޗާޖް ކޮށްލާފައި އެޗްޑީސީއަށް ފައިދާވާ ގޮތަށް."

މުއިއްޒު ވިދާޅުވީ މިސަރުކާރުން ހަވާލުވި ފަހުން އެޗްޑީސީގެ އިންޓްރެސްޓް ރޭޓަކީ 6.8 ޕަސެންޓް ކަމަށެވެ. މިދިޔަ ސަރުކާރުގައި އެއަދަދު ހުރީ 4 ޕަސެންޓްގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އިންޓްރެސްޓް ރޭޓް ކުޑަ ކުރުމަކީ އެޗްޑީސީގެ އަތްމަތީގައި އޮތް ކަމެއް ކަމަށާއި ކުރީ ސަރުކާރުން ނިންމާފައިވާ ގޮތަށް އަމަލު ކުރިނަމަ މަހަކު 5،600 ރުފިޔާއަށް ފްލެޓް ދެވޭނެ ކަމަށެވެ.

ހިޔާ މަޝްރޫ ނިންމަން ބުނި ތާރީހުގައި ނުނިންމާ ލަސްވުމުގެ ސަބަބުން 12 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އެއީ އިންޓްރެސްޓް ރޭޓަށް އިތުރުވި އަދަދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޯސްޓް އޮފް ފައިނޭންސްއަށް ރީ ފައިނޭންސް ކުރަން ނަގާ 3.2 ބިލިއަން ރުފިޔާގެ ލޯން ކުރީ ސަރުކާރުން ނަގަން ނިންމާފައި އޮތީ ގިނަ ވެގެން ހަތަރު ޕަސެންޓް އިންޓްރެސްޓް ރޭޓްގައި ކަމަށާއި ނަމަވެސް މިސަރުކާރުން އެ ލޯންނަގަނީ 13 ޕަސެންޓް އިންޓްރެސްޓް ރޭޓްގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭރުން އިތުރަށް ހަ ބިލިއަން ރުފިޔާ އެ ލޯނަށް އަރަ އެވެ. އޭގެ ސަބަބުން ފްލެޓްތަކުގެ އަގު ބޮޑުވަނީ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އޭރު އެޗްޑީސީގެ މެނޭޖްމަންޓް ނިންމާފައި އޮތްގޮތަށް އިފެކްޓިވް އިންޓްރެސްޓް ރޭޓް ގާތްގަނޑަކަށް ހަތަރު ޕަސެންޓްގައި ހިފަހައްޓާ ކަމަށް ވާނަމަ މަހަކަށް 5،600 ރުފިޔާއަށް މިކަން ރައްޔިތުންނަށް ޕާސްކޮށްގެން ކުރެވެން އޮންނާނެ އެޗްޑީސީއަށް ގެއްލުމެއް ނުވެ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުގެ ދައުރު ނިމުނުއިރު އެޗްޑީސީއަކީ ބޮޑު ފައިދާއެއްވާ ކުންފުންޏެއް ކަމަށެވެ. މިސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އެ ކުންފުނީގެ މާލީ ހާލަތު ދަށް ވެފައިވާ ކަމަށް ވިދާޅުވި އެވެ.

"މިސަރުކާރުން އައިސް ދެން އެޗްޑީސީ ބްރޭންޑް ކުރީ ބޭންކްރޮޕްޓް ކުންފުންޏެއްގެ ގޮތުގައި. ބޮޑު ފައިނޭޝިއަލް ކްރައިސިސްއެއްގައި އޮތް ކުންފުންޏެއްގެ ގޮތުގައި. މިގޮތަށް ކަންތައްތައް ކުރީމައި ކުރީގައި ގެރެންޓީ އޮވެ އިތުބާރު އޮތް އިންޓަނޭޝަނަލް ޕާޓްނާސް ތަކާއި ފައިނޭޝިއަލް އިންސްޓިޓިއުޝަންތަކުން އެޗްޑީސީއާ މެދު އޮތް އިތުބާރު ގެއްލުނީ،" މުއިއްޒު ވިދާޅުވި އެވެ.

އޭގެ ސަބަބުން އެޗްޑީސީގެ ކްރެޑިޓް ރޭޓިން އަހަރެއްގެ ތެރޭގައި ބީ ޕްލަސްއިން ޓްރިޕުލް ސީއަށް ވެއްޓުނު ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ހިޔާ ފްލެޓްތައް އޭގެ ވެރި ފަރާތަށް ހަވާލު ކުރަނީ ފިނިޝިން މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި އަމިއްލައަށް ކުރާ ގޮތަށެވެ. ހިޔާ ފްލެޓްތަކުގެ ފިނިޝިން ނިންމަން ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކޮމްޕެނީ (ސީއެސްސީއީސީ)ން ހުށަހެޅީ ޔުނިޓަކަށް 6،462 ޔޫއެސް ޑޮލަރު (99،644ރ.) އެވެ.

ހިޔާ ފްލެޓްތަކުގެ އަގުތަކާ ގުޅޭ ގޮތުން "އަދަދު"އަށް ލިބިފައިވާ ލިއުންތަކެއްގައިވާ ގޮތުގައި، ޔުނިޓަކަށް 62،000 ޑޮލަރު (956,040ރ.) ކުރީގެ ސަރުކާރުގައި ޗައިނާގެ ކުންފުންޏާ އެކު އެއްބަސްވީ ފިނިޝިން ނުނިންމައި ހަވާލުކުރާށެވެ. އެއީ، ދެ ކޮޓަރީގެ އެޕާޓްމެންޓްތަކުގައި ޓައިލްސް ޖެހުމާއި ދެ ކޮޓަރި އާއި ދެ ފާހާނާގައި ވެސް އެތެރޭގެ ދޮރުތަކާއި ކިޗަން ކެބިނެޓާއި އެތެރޭގެ ފާރުތަކުގައި ކުލަ ލުމާއި ބޮކިތަކާއި ފަންކާތައް ހަރުކުރުން ނުހިމަނައި އެއްބަސްވި އަގެވެ.

މުއިއްޒު މިއަދު ވިދާޅުވީ ފިނިޝިން މަސައްކަތަށް ކުރީ ސަރުކާރުން ނަގަން ނިންމާފައިވާ ލޯން ނަގައި ފިނިޝިން ނިންމުމަށް ފަހު ފްލެޓް ހަވާލު ކުރުމުން މަހަކު ކޮންމެ ފްލެޓަކުން އިތުރަށް ދައްކަން ޖެހެނީ 207 ރުފިޔާ ކަމަށެވެ. އެކަން ނުކޮށް މިސަރުކާރުން ފްލެޓް ހަވާލު ކުރާ ސަބަބެއް ނުވިސްނޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގައި ހައުސިން ޕްރޮޖެކްޓް ހިންގަން ހަތަރު ކުންފުންޏަކުން ހެޔޮ އަގުތަކެއް ހުށަހަޅާފައި ވަނިކޮށް އެންމެ ބޮޑު އަގު ހުށަހަޅި ކުންފުންޏާ ހަވާލުކުރީ ކުރީ ސަރުކާރުން ހުޅުމާލޭގައި 25 ބުރިއަށް ޓަވަރު އަޅަން ބޭނުންވެގެންނެވެ. ރާއްޖޭގައި ހައުސިން ޕްރޮޖެކްޓް ހިންގަން އެވޯޑް ކުރެވުނު ހުރިހާ ކުންފުނިތަކުގެ ތެރެއިން ހިޔާ ފްލެޓްތައް އިމާރާތްކުރި ސީއެސްސީއީ ފިޔަވާ އެހެން ހުރިހާ ކުންފުނިތަކުގެ ޕްރޮޕޯސަލްތަކުގައި ހުރީ އެންމެ އުސްކޮށް 14 ބުރިއަށް އިމާރާތްކުރާ ގޮތަށް 10 - 14 ބުރިއަށް ޓަވަރުތައް އަޅާށެވެ.

މުއިއްޒު ވިދާޅުވީ 25 ބުރިއަށް ފްލެޓް އަޅަން އޭރުގެ ސަރުކާރުން ނިންމީ ބިމުގެ ޖާގަ ސަލާމަތް ކުރުމަށް ކަމަށެވެ. އޭގެ ސަބަބުން ހުޅުމާލެއިން ތިން ލައްކަ ހަތްދިހަ ހާސް އަކަފޫޓްގެ ބިން ސަލާމަތް ކުރެވޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެއީ އެއް ބިލިއަން ރުފިޔާގެ އަގު ހުރި ބިން ކަމަށް އޭނާ ވިދާޅުވި އެވެ.

ފްލެޓްތައް މިސަރުކާރުން ދޭން ބުނި އަގަށް ވުރެން ހެޔޮ އަގެއްގައި ފްލެޓް ލިބޭނެ ގޮތް ހެދުމަށް ކުރަން ޖެހޭ ކަންކަން ސިޓީ ކައުންސިލުން ކުރާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox