އެއްބަސްވުމެއްގެ މާއްދާއަކުން ދެ މާނައެއް ދޭހަވާނަމަ، ބަލާނެ ހަމަ!

ސުޕްރީމް ކޯޓު: އެއްބަސްވުންތަކުގެ މާއްދާތައް މާނަކުރާނެ ގޮތުގެ އުސޫލެއް ހުކުމްގައި ވަނީ ކަނޑައަޅާފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ސުޕްރީމް ކޯޓު: އެއްބަސްވުންތަކުގެ މާއްދާތައް މާނަކުރާނެ ގޮތުގެ އުސޫލެއް ހުކުމްގައި ވަނީ ކަނޑައަޅާފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

އެއްބަސްވުމެއްގެ މާއްދާއަކުން ނުވަތަ އިބާރާތަކުން އެއް މާނައަށްވުރެ ގިނަ މާނަ ނެގޭ ނަމަ، އެ މާނަތަކުގެ ތެރެއިން ކޯޓުން ބުރަވާނީ ކޮން މާނައަކަށް ހެއްޔެވެ؟

ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ހުކުމްގައި މި މައުޟޫއުގައި ފުޅާ ގޮތެއްގައި ވަނީ ރައުޔު ނެރެފަ އެވެ.

އެ ރައުޔު ނެރުނީ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު އޮތް އެއްބަސްވުމެއް ބާތިލްކުރުމާ ގުޅިގެން އުފެދުނު ހިޔާލު ތަފާތުވުމުގެ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ދިޔުމުން އެ ކޯޓުން ނެރުނު ހުކުމްގަ އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ނެރުއްވި ރައުޔުގައި ވިދާޅުވެފައިވާ ގޮތުގައި، އެއްބަސްވުމުގެ މާއްދާއަކުން ނުވަތަ އިބާރާތަކުން އެއް މާނައަށްވުރެ ގިނަ މާނަ ނެގޭ ނަމަ، އެ މާނަތަކުގެ ތެރެއިން ކޯޓުން ބުރަވާންވާނީ އެއްބަސްވުމުގެ ބައިވެރިންގެ ނިޔަތަކީ ކޮބައިކަން ބޭރު ފުށުން ކަށަވަރު ކުރެވެން އޮންނަ ގޮތުގެ މައްޗަށެވެ. އެއްބަސްވުމުގެ ބައިވެރިންގެ މައުނަވީ ނިޔަތުގެ މައްޗަށް ނޫން ކަމެވެ.

"އެއްބަސްވުމުގެ ބައިވެރިންގެ ނިޔަތަކީ ކޮބައިކަން ބޭރު ފުށުން ކަށަވަރު ކުރާނީ ހިލާފު އުފެދިފައިވާ އެއްބަސްވުމުގެ އެ އިބާރާތް ވުޖޫދުވުމުގެ ވަށައިގެންވާ ހާލަތަށާއި ވިޔަފާރީގެ މަގުސަދު ހާސިލުކުރެވޭނޭ ގޮތަށް ރިއާޔަތްކޮށްގެން،" ހުކުމްގައިވެ އެވެ.

ހުކުމްގައިވާ ގޮތުން، ގިނަ ފަހަރަށް އެއްބަސްވުމުގައި އޮންނަ އިބާރާތާއި އެއްބަސްވުމުގެ ވަށައިގެންވާ ހާލަތު އެއްގަލަކަށް އަރާނެ އެވެ. ނަމަވެސް، ބައެއް ފަހަރު އެއްބަސްވުމުގައި ބޭނުންކޮށްފައި އޮންނަ އިބާރާތުގެ މާނަ އޭގެ ޒާތުގައި ކިތަންމެ ސާފުކޮށް ދޭހަވި ނަމަވެސް، އިބާރާތާއި އެއްބަސްވުމުގެ ވަށައިގެންވާ ހާލަތު އެއްގަލަކަށް ނާރާތަން އާދެ އެވެ.

އެހެން ދިމާވެއްޖެނަމަ، ހުކުމްގައި ބުނާ ގޮތުގައި ބުއްދިއަށް ގަބޫލުނުކުރެވޭ ޒާތުގެ ތާކުންތާކު ނުޖެހޭ ނަތީޖާއެއް ނިކުމެދާނެ ކަމަށެވެ.

"އެގޮތަށް ބުއްދިއަށް ގަބޫލުނުކުރެވޭ ޒާތުގެ ތާކުންތާކު ނުޖެހޭ ނަތީޖާއެއް ނިކުންނަ ނަމަ، އެ އިބާރާތުން ދޭހަވާ މާނައަކީ އެއްބަސްވުމުގެ ބައިވެރިންގެ ނިޔަތްތޯ ބެލުމަށް ހިލާފު އުފެދިފައިވާ އިބާރާތުގެ ވަށައިގެންވާ ހާލަތު ފަރުވާތެރިކަމާއެކު ކޯޓުން ވަޒަންކުރަންވާނެ،" ފަނޑިޔާރު ސުއޫދު ވިދާޅުވެފައިވެ އެވެ.

ނަމަވެސް، އޭގައި ވިސްނަން ޖެހޭ ކަމެއް އެބަ އޮތް ކަމަށް ވިދާޅުވެ، އެކަން ވެސް ފަނޑިޔާރު ތަފްސީލްކޮށް ދެއްވި އެވެ.

އެގޮތުން އިބާރާތެއް މާނަކުރުމުގައި އެ އިބާރާތުގެ ވަށައިގެންވާ ހާލަތަށް ބެލި ނަމަވެސް، އިބާރާތާއި ވަށައިގެންވާ ހާލަތާއި މި ދެ ކަމުގެ މީޒާން ރަނގަޅަށް ހިފަހައްޓަން ޖެހޭނެ އެވެ. މީގެ މާނައަކީ، ވަށައިގެންވާ ހާލަތަށް ރިއާޔަތްކުރުން އުޒުރަކަށް ހަދައިގެން، ކޯޓުގެ މައުނަވީ ރައުޔަށް ބިނާކޮށްގެން އެ މާއްދާ އަލުން ލިޔުމުން އެއްކިބާވުމެވެ.

"ކޯޓުގެ ވާޖިބަކީ އެއްބަސްވުން ހެދިއިރު އެއްބަސްވުމުގެ ބައިވެރިންގެ ނިޔަތަކީ ކޮބައިކަން މާއްދީ ގޮތުން ކަށަވަރު ކުރެވޭ ހެކިތަކުން ދޭހަކުރުމެވެ. ނަމަވެސް، އެފަދަ ހެކިތަކުގެ ތެރޭގައި އެއްބަސްވުން ހެދުމުގެ ކުރިން ދެ ފަރާތުން ހިންގާފައިވާ ނެގޯސިއޭޝަންތަކުގެ ހެކި ކޯޓަށް ބަލައި ނުގެނެވޭނެ އެވެ." ހުކުމްގައިވެ އެވެ.

ފަނޑިޔާރު ސުއޫދު ލިޔުއްވާފައިވާ ހުކުމްގައި ބުނި ގޮތުގައި އެއްބަސްވުމުގެ ހިލާފު އުފެދިފައިވާ އިބާރާތުގެ ވަށައިގެންވާ ހާލަތަކީ ކިތަންމެ މުހިންމު އެއްޗެއް ކަމަށްވީ ނަމަވެސް، އެ އިބާރާތް މާނަކުރުމުގެ މަސައްކަތް ފަށައިގަންނަންވާނީ އެ އިބާރާތުންނެވެ.

ސަބަބަކީ، ވަށައިގެންވާ މާހައުލާއި ހާލަތުން ކުރެވޭ ދޭހަތަކަށްވުރެ ބޮޑަށް އެއްބަސްވުމުގައި ދެ ފަރާތުން ބޭނުން ކުރާ އިބާރާތުގެ މައްޗަށް ދެ ފަރާތުގެ ކޮންޓްރޯލް އޮންނާނެތީ ކަމަށެވެ. އަދި، އެއްބަސްވުމުގައި ހިމެނޭ އިބާރާތްތަކަކީ އާއްމު ގޮތެއްގައި އެ އެއްބަސްވުމުގެ ބައިވެރިންގެ ނިޔަތް އުފުލާ ސަވާރީތަކަކަށްވާތީ ކަމަށް ވެސް ވެ އެވެ.

އެ ސަބަބަކަށްޓަކައި މާނަކުރުމުގެ މަސައްކަތް ހިލާފު އުފެދިފައިވާ އިބާރާތުން ފެށި ނަމަވެސް، ހުކުމްގައި ބުނި ގޮތުގައި ސަމާލުކަން ދޭން ޖެހޭ ކަމަކީ އިބާރާތުގެ މާނަ ކިތަންމެ ސާފު ކަމަށް ފެންނަން އިތް ނަމަވެސް އެ މާއްދާގެ ވަށައިގެންވާ ހާލަތަށް ބަލައިފިނަމަ އެއީ އެހާ ސާފު ސާދާ މާނައެއް ނޫން ކަމަށް ފެނިގެން ހިނގައިދާނެ ކަމެވެ.

އެހާތަނުން އިބާރާތުގެ ވަށައިގެންވާ ހާލަތު ވެގެންދާނީ ހިލާފު އުފެދިފައިވާ އިބާރާތް މާނަކުރުމުގެ ވަރަށް ބޮޑު އެހީތެރިއަކަށް ކަމަށް ހުކުމްގައި ބުނެފައިވެ އެވެ.

"...ވީމާ، އެއްބަސްވުމުގެ ބައިވެރިންގެ ނިޔަތަކީ ކޮބައިކަން ކަނޑައެޅުމުގައި އެއްބަސްވުމުގެ ވަށައިގެންވާ ވާގިއާތަކަކީ އެ ހާލަތުގައި އެންމެ މުހިންމު އެއްޗަކަށް ވެގެންދެ އެވެ،" ސުޕްރީމް ކޯޓުގެ ހުކުމްގައިވެ އެވެ.

ހައްގެއް ދޫކޮށްލުމުން ވާނީ ކިހިނެއް؟

"އޭގެ ތަބީއަތަށް ބަލާއިރު، ހައްގަކީ ދުވަސްވުމުން ނުވަތަ އެ ހައްގު ބޭނުންނުކޮށް އޮތުމުގެ ސަބަބުން ބައުވެ ފަނާވެގެންދާ އެއްޗެއް ނޫނެވެ."

ބުރާސްފަތި ދުވަހު ނެރުނު ހުކުމްގައި ދެން އެންމެ ބޮޑަށް ތަފްސީލަށް ގޮސްފައިވަނީ އެއްބަސްވުމެއްގެ އޮތް ހައްގެއް ދޫކޮށްލުމުގެ އިހްތިޔާރުގެ މައްޗަށެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވި ގޮތުގައި، އެނގި ބަޔާންވެގެންވާ ހައްގެއް ގަސްތުގައި ދޫކޮށްލުމުގެ އިހްތިޔާރު އެ ހައްގުގެ ވެރިފަރާތަށް ލިބިގެންވެ އެވެ. އަމަލުކުރަމުންދާ އެއްބަސްވުމެއްގައި ބަޔާންކޮށްފައިވާ މާއްދާއެއްގައިވާ ހައްގެއް ބަހުން ނުވަތަ އަމަލުން ދޫކޮށްލެވިދާނެ އެވެ. މިގޮތަށް އެއްބަސްވުމުގައިވާ ކަމެއް ދޫކޮށްލާ ދޫކޮށްލުން ކޮންމެހެން ލިޔުމުން އޮތުން ލާޒިމް ނޫން ކަމަށް ހުކުމްގައިވެ އެވެ.

ހުކުމްގައި ބުނި ގޮތުގައި، އެއްބަސްވުމުގައިވާ ކަމަކަށް ދުލެއް ދިނުމަކީ ނުވަތަ ދޫދިނުމަކީ އެއް ފަރާތުގެ އަމަލެކެވެ. އެ ދުލެއް ދިނުމުގެ ނުވަތަ ދޫކޮށްލާ ދޫކޮށްލުމުގެ މުގާބިލެއް އޮތުން ލާޒިމެއް ނޫނެވެ. އަދި، އެ ދޫކޮށްލާ ކަމެއް ދޫކޮށްލުމުގެ ސަބަބުން މަންފާ ލިބޭ ފަރާތުން އެ ދޫކޮށްލުމަށް ބަރޯސާވެފައި އޮތުން ވެސް ލާޒިމެއް ނޫނެވެ.

"އެއާ ހިލާފަށް، އެއްބަސްވުމުގައިވާ ވަކި ކަމަކަށް ބަދަލެއް ގެެނެސް އެހެން ގޮތަކަށް އެކަމެއް ކުރާނަމަ ދެ ފަރާތުގެ އެއްބަސްވުން އެކަމަށް އޮންނަން ޖެހޭނެ، އޭގެ މާނައަކީ އެއްބަސްވުމުގައިވާ ގޮތާ ތަފާތު ގޮތަކަށް އަމަލު ކުރެވޭނީ ދެ ފަރާތުން އެކަމަށް އެއްބަސްވެގެން އަދި އެ އެއްބަސްވުމުގެ ވަކި މުގާބިލެއް އޮވެގެން،" ހުކުމްގައި ބުނެފައިވެ އެވެ.

ދުލެއް ދިނުމަކީ ހުކުމްގައި ބުނި ގޮތުގައި، އެއްބަސްވުމުގެ ބައިވެރިއަކަށް އެއްބަސްވުމުގެ ދަށުން އެއް އިރަކު ލިބި އޮތް މައުޟޫއީ ހައްގެއް ތަފާތު ސަބަބަކާހުރެ ފަހުން ހޯދަން އުޅުން މަނާކުރާ ކަމެކެވެ. ދުލެއް ދިނުމަކުން އެއްބަސްވުމުގެ މާއްދާތަކަށް ބަދަލެއް ނާންނާނެ އެވެ. އެއްބަސްވުމުގެ ބައިވެރިއެއްގެ އަމަލުތައް ހުރި ގޮތުން އަސަރުކުރާނީ އެއްބަސްވުމުގެ އަނެއް ބައިވެރިޔާ އެއްބަސްވުމާ ހިލާފުވުމުން އެ ފަރާތަށް ލިބޭ ހައްލުތަކަށް ކަމަށް ހުކުމްގައި ބުނެފައިވެ އެވެ.

ހުކުމްގައި ބުނީ އެއްބަސްވުމުގައިވާ ހައްގެއް ދޫކޮށްލީ ކަމަށް ބެލެވޭނީ އެ ހައްގު ދޫކޮށްލީ އެ ހައްގު ދޫކޮށްލި ފަރާތަށް އެކަން އެނގިހުރެ އަމިއްލަ ރުހުމުގައި އެ ހައްގު ދޫކޮށްލުމުގެ ނިޔަތުގައިކަން ދޭހަވާ ނަމަ ކަމަށެވެ. އަދި، ކަމެއް ދޫކޮށްލީ ކަމަށް ބައިވެރިއެއްގެ އަމަލުން ދޭހަ ކުރެވިދާނެ ކަމަށް ވެސް ވެ އެވެ.

ނަމަވެސް، އެގޮތަށް ދޭހަކުރުމަކީ އެއްވެސް އޮޅުމެއް ނެތި ސާފުކޮށް ކުރެވޭ ދޭހަކުރުމަކަށް ވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމު އިސްކުރާނަމަ ޕީއެންސީގެ ފަލްސަފާއާ ދެބަހެއް ނުވާނެ"

ޕީއެންސީގެ މައިގަނޑު ސިޔާސަތަކީ "އެންމެ ފުރަތަމަ ގައުމު" އިސްކުރުން ކަމަށާއި، އެ ފަލްސަފާއާ އެއްގޮތަށް މަސައްކަތްކުރާނަމަ އެއްވެސް ބަޔަކު އެ ޕާޓީއާ ދެބަސްނުވާނެ ކަމަށް މުއިއްޒު ވިދާޅުވި. އަދި އެހެން ސިޔާސީ ފިކުރުތަކަކީ ފަނާކުރަނިވި ފިކުރުތަކެއް ކަމަށާއި، ގައުމު އިސްކޮށްގެން މަސައްކަތްކުރާ ހަމައެކަނި ޕާޓީއަކީ ޕީއެންސީ ކަމަށްވެސް މުއިއްޒު ވިދާޅުވި.

ޕީއެންސީގެ 2028 ގެ ރިޔާސީ ޓިކެޓު މުއިއްޒަށް ރަސްމީކޮށް އަރުވައިފި

ޕީއެންސީގެ އަސާސީ ގަވާއިދާ އެއްގޮތަށް، 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ޕްރައިމަރީއަކާ ނުލައި ރައީސް މުހައްމަދު މުއިއްޒަށް އެރުވުމަށް އެ ޕާޓީގެ ކޮންގްރެސްއިން ވަނީ ނިންމައި، މިރޭ ރަސްމީކޮށް ޓިކެޓު ހަވާލުކޮށްފައި. މިއީ އެމަނިކުފާނަށް ދެވަނަ ދައުރެއް ހައްގުވާތީ ނިންމި ނިންމުމެއް ކަމަށް ޕީއެންސީން ބުނޭ.

ބަދުއަހްލާގީ އަމަލު ހިންގި މައްސަލައިގައި ދެ މީހުން ހައްޔަރަށް

ހިޔާ ޓަވަރެއްގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ 36 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ އަންހެނަކު ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. ކޯޓުން މި ދެ މީހުންގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

މައްކާއަށް ހަމާލާ ދޭން އުޅުނީ ހޫތީން ކަމަށް ހުތުބާގައި ބުނެފި

ހޫތީން މައްކާއަށް ދޭން އުޅުނު ޑްރޯން ހަމަލާއެއް ހުއްޓުވާފައިވާ ބުނީ ސައުދީ އަރަބިއްޔާއިންނެވެ. ނަމަވެސް ހޫތީން އެކަން ދޮގުކޮށް، އެއީ ސައުދީ އަރަބިއްޔާއިން އުފެއްދި ވާހަކަތަކެއް ކަމަށް ވަނީ ބުނެފަ އެވެ.

ގާނޫނުއަސާސީގެ ފޮނިމީރުކަން ލިބެނީ ރައީސުލްޖުމްހޫރިއްޔާއަށް: އަލީ

ގާނޫނުއަސާސީގެ ފޮނިމީރުކަމާއި އިންސާފު ލިބެނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް ކަމަށާއި، ދައުލަތުގެ ހުރިހާ މުދަލާއި ފައިސާއަކީ ރައީސްގެ އަމިއްލަ އެއްޗަކަށް ވެފައިވާ ކަމަށް ގާނޫނީ ވަކީލު އަލީ ވިދާޅުވި. ގާނޫނުއަސާސީ ފަރުމާކޮށްފައިވާ ގޮތުން މަޖިލީހާއި، މިނިވަން މުއައްސަސާތަކާއި ޖުޑީޝަރީގެ ކޮންޓްރޯލް ނެގުމުގެ ފުރުސަތު ރައީސަށް ފަހިވާ ކަމަށް.

ލޯނުގެ އިންޓްރެސްޓަށް އެރި 45 މިލިއަން ޑޮލަރު ދެއްކީ އިންޑިއާއިން

"މި ޓްރެޝަރީ ބިލުތަކުގެ ޕްރިސިޕަލް އެމައުންޓު ދެއްކީ ދިވެހި ސަރުކާރުން. އެކަމަކު މި ހުރިހާ ޓްރެޝަރީ ބިލަކަށް މިދިޔަ ފަސް އަހަރު ޖެހުނު އިންޓްރެސްޓް ދެއްކީ އިންޑިއާއިން. އިންޑިއާ ސަރުކާރުން ދެއްކީ ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު،" ޖައިސްވާލް ވިދާޅުވި އެވެ.

ތޮށިގަނޑުގެ ހިލަގާތަކުގެ ތެރޭގައި ތާށިވި މީހަކު ސަލާމަތްކޮށްފި

މާލެ ސްކޭޓް ޕާކް ސަރަހައްދު ތޮށިގަނޑުގެ ހިލަގާތަކުގެ ތެރޭގައި ތާށިވެފައި އޮތް ފިރިހެނަކު، ފުލުހުންނާއި ސިފައިން ގުޅިގެން ވަނީ ސަލާމަތްކޮށްފައި. ގިނަ ގަޑިއިރުތަކެއް ވަންދެން ތާށިވެފައި އޮތް ކަމަށް ބެލެވޭ މި މީހާ ފެނުނީ އޭނާ ހަޅޭއްލަވާ އަޑަށް ކަމަށްވާއިރު، މިހާރު އޭނާއަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން.

Newsletter

Get the latest news delivered straight to your inbox