ޕެނަލްޓީ ނާކާމިޔާބު ވުމުން ސަޕޯޓަރުން ކައިރިން އެމްބާޕޭ މައާފަށް އެދިއްޖެ

Jun 29, 2021, 3:53 AM
ޕެނަލްޓީ ނާކާމިޔާބު ވުމުން ސަޕޯޓަރުން ކައިރިން އެމްބާޕޭ މައާފަށް އެދިއްޖެ

ބުކަރެސްޓް، ރުމޭނިއާ (ޖޫން 29) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ސްވިޒަލެންޑާ ދެކޮޅަށް ފްރާންސްގެ ކީލިއަން އެމްބާޕޭ ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވެ، އެ ޓީމު މުބާރާތުން ކެޓިއިރު، އޭނާ އެކަމަށް ސަޕޯޓަރުންގެ ކައިރިން މައާފަށް އެދިއްޖެ އެވެ.

ރޭގެ މެޗު ފުރިހަމަ ވަގުތާއި އިތުރުވަގުތުގެ ދެ ހާފް ކުޅެ ނިމުނުއިރު 3-3 އިން އެއްވަރުވެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި ފްރާންސް 5-4 އިން ބަލިވިއިރު، ދެ ޓީމުން ފޮނުވާލި ޕެނަލްޓީތަކުގެ ތެރެއިން ވެސް ނާކާމިޔާބުވީ ހަމައެކަނި އެމްބާޕޭ ޖެހި ޕެނަލްޓީ އެވެ. ފްރާންސްގެ ފަސް ވަނަ ޕެނަލްޓީގައި އެމްބާޕޭ ފޮނުވާލި ބޯޅަ ސްވިޒަލެންޑްގެ ކީޕަރު ޔެން ސޮމާ ވަނީ މަތަކޮށް އެ ޓީމު މޮޅުކޮށްދީފަ އެވެ.

Advertisement

މެޗަށް ފަހު އުމުރުން 22 އަހަރުގެ އެމްބާޕޭ ވަނީ ޓްވިޓާ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ޕެނަލްޓީގެ ނާކާމިޔާބީއާ ގުޅިގެން ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފަ އެވެ.

އެމްބާޕޭ ބުނީ އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް އޭނާ ވެސް ޕެނަލްޓީ ޖަހަން ނިންމީ ޓީމު މޮޅުކޮށްދޭން ކަމަށާއި ނާކާމިޔާބު ވުމުން އޭނާ ފެއިލްވީ ކަމަށެވެ.

"މި ކަހަލަ ކަމަކަށް ފަހު ނިދުން ވާނީ އުނދަގޫ ކަމަކަށް. އެކަމަކު މިއީ އަހަރެމެން އެންމެ ލޯބިވާ ކުޅިވަރު ކަމަށްވާ ފުޓްބޯޅައިގައި އޮންނާނެ ރިސްކުތައް. އަހަންނަށް އެނގޭ ސަޕޯޓަރުން ތިބޭނީ މާޔޫސްވެފައިކަން އެހެންވެ އަަހަރެން މައާފަށް އެދެން. އަދި ސަޕޯޓަރުން ދިން ސަޕޯޓަށް ޝުކުރު ވެސް އަދާކުރަން ބޭނުން،" އެމްބާޕޭ ބުންޏެވެ.

މި ފަހަރުގެ މުބާރާތުގައި ފްރާންސް ކުޅުނު ހަތަރު މެޗުގައި ވެސް ފުރަތަމަ އެގާރައިގައި ހިމެނުނު އެމްބާޕޭ މުބާރާތް ނިންމާލަން ޖެހުނީ ގޯލެއް ވެސް ނުޖެހި އެވެ. އޭނާ ބުނީ މީގެ އެންމެ މުހިއްމު ކަމަކީ މިކަމުން އަރައިގަނެ ވަރުގަދަ އަށް އެނބުރި އައުން ކަމަށާއި އޭނާގެ އުއްމީދަކީ ވެސް އެއީ ކަމަށެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ ބަލިވުމުގެ ޒިންމާ ހަމައެކަނި އެމްބާޕޭ ބޮލުގައި އެޅުވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. ބައެއް ފަހަރު ޕެނަލްޓީ ޖެހުން ކަހަލަ ރިސްކު ބޮޑު ޒިންމާއާ ހަވާލުވެ، ރަނގަޅަށް ކަންތައްތައް ނުވުމަކީ ފުޓްބޯޅައިގައި ދިމާވާ ކަމެއް ކަމަށް ބުނެ ޑެޝޯމްޕްސް ވަނީ އެމްބާޕޭގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.

"އޭނަ (އެމްބާޕޭ) އަށް ހުރީ އަސަރުކޮށްފައި ވަރަށް ބޮޑަށް. އެކަމަކު މިއީ ހަަމައެކަނި އޭނަގެ ސަބަބުން ވީ ކަމެއް ނޫން. އަހަރެމެން މޮޅުވާނީ ޓީމެއްގެ ގޮތުގައި ބަލިވަނީ ވެސް ޓީމެއްގެ ގޮތުގައި،" ޑެޝޯމްޕްސް ބުންޏެވެ.

މި ފަހަރުގެ މުބާރާތަށް ފޭވަރިޓެއްގެ ގޮތުގައި ނުކުތް ފްރާންސް 2010 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ކުއާޓާ ފައިނަލަށް ނުގޮސް ކެޓިއިރު، ފްރާންސްގެ ކޯޗުގެ މަގާމުގައި ޑެޝޯމްޕްސް އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. ރޭގެ މެޗަށް ފަހު ފްރާންސް ޓީމުގައި ޑެޝޯމްޕްސްގެ ކުރިމަގާ ބެހޭގޮތުން ސުވާލުކުރުމުން އޭނާ ބުނީ މިއީ އަދި މުސްތަގުބަލުގެ ވާހަަކަ ދައްކަން އަވަސް ވަގުތެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox