ބޭރު ފައިސާގެ ރިޒާވް ދަށް ވާތީ ލަންކާއަށް މުދާ އެތެރެ ކުރުން ކޮންޓްރޯލް ކުރަން ވިސްނަނީ

ލަންކާއިން މިހާރު ވެސް ވަނީ ލަގްޒަރީ މުދަލާއި ކާރު އިމްޕޯޓް ކުރުން މަނާކޮށްފައި.-- ފޮޓޯ: އޭއެފްޕީ

ލަންކާއިން މިހާރު ވެސް ވަނީ ލަގްޒަރީ މުދަލާއި ކާރު އިމްޕޯޓް ކުރުން މަނާކޮށްފައި.-- ފޮޓޯ: އޭއެފްޕީ

ކޮލޮމްބޯ، ސްރީ ލަންކާ (ޖޫން 28) - ބޭރު ފައިސާގެ ރިޒާވް ދަށްވާ މައްސަލަ ހައްލު ކުރަން މުދާ އިމްޕޯޓް ކުރުމުގައި އިތުރު ހުރަސްތައް ގާއިމް ކުރަން ސްރީލަންކާގެ މަރުކަޒީ ބޭންކުން ގޮވާލައިފި އެވެ.

ކޮވިޑުގެ ބަލިމަޑުކަމާއެކު ލަންކާގެ ބޭރު ފައިސާގެ ރިޒާވަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. މިދިޔަ އަހަރު އެ ގައުމުގެ ފައިސާގެ އަގު ރިކޯޑް މިންވަރަކަށް ވެއްޓުނެވެ.

ލަންކާގެ ބޭރު ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު އެބަ އޮތް ބައިނަލްއަގްވާމީ ރޭޓިން އޭޖެންސީތަކުން ބުނެ އެވެ. އެހެންވެ، މަރުކަޒީ ބޭންކުން މިހާރު ވެސް ވަނީ ޑޮލަރު ވިއްކުން ކޮންޓްރޯލްކޮށްފަ އެވެ.

އެގޮތުން ޒަރޫރީ ތަކެތި އިމްޕޯޓް ކުރާ ފަރާތްތަކަށް ބޭންކުތަކުން ޑޮލަރު ދޫކުރަނީ ވަކި ކޯޓާއަކަށެވެ. ނަމަވެސް ގަވަރުނަރު ލަކްޝްމަން ވިދާޅުވީ އަދިވެސް އިތުރު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

މިދިޔަ އަހަރު އެ ގައުމުން ވަނީ ލަގްޒަރީ މުދަލާއި ކާރު އިމްޕޯޓް ކުރުން މަނާކޮށްފަ އެވެ. މަނާކުރި ތަކެތީގެ ތެރޭގައި ކައްކަން ބޭނުން ކުރާ ރީނދުލާއި، ފާހާނަ ތައްޓާއި، ކޮސްމެޓިކްސް ހިމެނެ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ރައީސް ގޮތަބަޔަ ރާޖަޕަކްސަ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު ބޭރު ފައިސާގެ ރިޒާވްގައި ހުރީ 7.8 ބިލިއަން ޑޮލަރެވެ.

ނަމަވެސް މިހާރު އެ އަދަދު ވަނީ ހަތަރު ބިލިއަން ޑޮލަރަށް ތިރިވެފަ އެވެ. މިދިޔަ އަހަރު ލަންކާގެ އިގްތިސާދި 3.6 ޕަސެންޓު ފަހަތަށް ދިޔަ އެވެ.

އެއީ 1948 ގައި އިނގިރޭސީންގެ އަތުން މިނިވަންކަން ލިބުނު ފަހުން ލަންކާގެ އިގްތިސާދު އެންމެ ބޮޑަށް ވެއްޓުނު އަހަރެވެ.

ލަކްޝްމަން ވިދާޅުވީ ކުރިއަށް އޮތް ހަ މަހުގެ ތެރޭގައި ބޭރުގެ ދަރަންޏަށް 3.6 ބިލިއަން ޑޮލަރު ދައްކާނެ ކަމަށެވެ. ލަންކާއިން ވަނީ ގިނަ ގައުމުތަކަކުން ލޯނު ނަގާފަ އެވެ.

އެގޮތުން ބަންގްލަދޭޝުން 250 މިލިއަން ޑޮލަރާއި، އިންޑިއާއިން 400 މިލިއަން ޑޮލަރާއި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން 800 މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ވަރަށް އަވަހަށް ލިބޭނެ އެވެ.

އޭގެ އިތުރުން މޭ މަހު ދެކުނު ކޮރެއާއިން 500 މިލިއަން ޑޮލަރުގެ ލޯނެއް ނެގި އެވެ. އަދި ފެބްރުއަރީ މަހު ކޮރެއާއިން މުދާ އިމްޕޯޓް ކުރުމަށް 1.5 ބިލިއަން ޑޮލަރު ކަރަންސީ ސްވޮޕެއް ހެދި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox