ޔޫކޭ ހައިކޮމިޝަނަށް އަލީ ވަހީދު ހާޒިރުވިކަން ޔަގީންކޮށް ދީފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އިނގިރޭސިވިލާތަށް ކަނޑައަޅާފައިވާ ސަފީރު ފަރަހަނާޒް ފައިސަލް -- ފޮޓޯ: ހާފްކޯޓް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އިނގިރޭސިވިލާތަށް ކަނޑައަޅާފައިވާ ސަފީރު ފަރަހަނާޒް ފައިސަލް -- ފޮޓޯ: ހާފްކޯޓް

ޖިންސީ ގޯނާގެ ތުހުމަތުތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އެންމެ ފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ވެންނެވީ، ލަންޑަނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ހާޒިރުވެގެންކަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮރިން މިނިސްޓްރީން ޔަގީންކޮށްދީފި އެވެ.

ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ ރާއްޖޭން ބޭރުގައި ހުންނެވި އަލީ ވަހީދު، ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވެވޭނެ ގޮތް ހަދައިދިނުމަށް އެދުމާ އެކު، ކުރިމިނަލް ކޯޓުން އެ އިންތިޒާމް ހަމަޖެއްސި އެވެ.

ކޯޓުން ނިންމީ އަލީ ވަހީދު ހައިކޮމިޝަނަށް ހާޒިރުކޮށްގެން އަޑުއެހުން ބޭއްވުމަށެވެ. އެގޮތުގެ މަތިން އަޑުއެހުމެއް ބޭއްވި ނަމަވެސް، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނީ، އަލީ ވަހީދު އަޑުއެހުމަށް އޮންލައިންކޮށް ވެންނެވީ ހައިކޮމިޝަނަށް ހާޒިރުވެގެން ކަމެއް ސާފުނުވާ ކަމަށެވެ.

ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް އެ އޮފީހުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ. އެހެންވެ، އަލީ ވަހީދު ހައިކޮމިޝަނަށް ހާޒިރުވިކަން ޔަގީންކޮށްދިނުމަށް އެދި ފޮރިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވި އެވެ.

އެ ސިޓީގެ ޖަވާބު ފޮރިން މިނިސްޓްރީން މިއަދު ވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވި ގޮތުގައި އެ ސިޓީގައި ފޮރިން މިނިސްޓްރީން ވަނީ ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވުމަށް އަލީ ވަހީދު ލަންޑަނުގައި ހުންނަ ހައިކޮމިޝަނަށް ހާޒިރުވި ކަމަށް ބުނެފަ އެވެ.

އަލީ ވަހީދަށް އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވޭނެ ގޮތަށް އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ނިންމާފައިވަނީ އިސްގާޒީ އަހުމަދު ޝަކީލްގެ ލަފާގެ މަތިންނެވެ. އެ ނިންމުން ހައިކޯޓުގައި މިހާރު ވަނީ އިސްތިއުނާފުކޮށްފަ އެވެ.

އަލީ ވަހީދު ރާއްޖޭން ބޭރަށް ވަޑައިގެންނެވީ ހަތަރު މަސް ފަހުން އޭނާ ރާއްޖެ ވަޑައިގެން ކޯޓަށް ހާޒިރުވާނެ ކަމުގެ ޔަގީންކަން ދެއްވައި، ޖާމިނު އެއްބަސްވުމެއްގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ސޮއިކުރެއްވުމުންނެވެ.

މި މަހުގެ ނުވަ ވަނަ ދުވަހަށް އެ މުއްދަތު ވަނީ ހަމަވެފަ އެވެ.

ކްރިމިނަލް ކޯޓުން އަލީ ވަހީދުއާއެކު މުއާމަލާތްތަކެއް ކޮށްފައިވީ ނަމަވެސް، ހައިކޯޓާއި ސުޕްރީމް ކޯޓަށް ވެސް އޭނާއާ މުއާމަލާތް ކުރެވޭނެ ގޮތެއް ނުވި އެވެ. އަލީ ވަހީދު ޕާސްޕޯޓް ދޫކުރި އަމުރު ބާތިލް ކުރަން ދައުލަތުން ހައި ކޯޓަށާއި ސުޕްރީމް ކޯޓަށް ދިޔަ ނަމަވެސް، އެ މައްސަލަ ކުރިއަށް ގެންދެވޭ ގޮތެއް ނުވީ އަލީ ވަހީދު އުޅޭނޫޅޭ ތަނެއް ނޭނގި، ޣައިރު ހާޒިރުގައި އެފަދަ މައްސަލައެއް ނުހިނގޭނެތީ އެވެ.

މިހާރު ދައުލަތުން އަނެއްކާވެސް ވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ކުރިމިނަލް ކޯޓުގައި އެދިފަ އެވެ. ނަމަވެސް، މިހާތަނަށް އެފަދަ އަމުރެއް ނެރެފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox