އިންޑިއާގެ ވައިގެ މަރުކަޒަކަށް ދިން ކަމަށް ބެލެވޭ ޑްރޯން ހަމަލާއެއްގެ މައްސަލަ ބަލަނީ

އިންޑިއާ ސިފައިން ހަރަކާތްތެރިވަނީ.-- ފޮޓޯ: އޭއެފްޕީ

އިންޑިއާ ސިފައިން ހަރަކާތްތެރިވަނީ.-- ފޮޓޯ: އޭއެފްޕީ

ނިއު ދިއްލީ، އިންޑިއާ (ޖޫން 27) - އިންޑިއާގެ އުތުރު ޖައްމުގައި ގާއިމްކޮށްފައިވާ ވައިގެ މަރުކަޒަކަށް ދިން ކަމަށް ބެލެވޭ ޑްރޯން ހަމަލާއެއްގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

"ލޯ އިންޓެސިޓީ ދެ ގޮވުން އާދީއްތަ ދުވަހުގެ ހެނދުނު ޖައްމު އެއާފޯސް ސްޓޭޝަނުގެ ޓެކްނިކަލް އޭރިއާއިން ރިޕޯޓު ކުރި. އެއް ގޮވުމުގައި އިމާރަތެއްގެ ފުރާޅަށް ކުދި ގެއްލުންތައް ލިބުނު އަދި ދެ ވަނަ ގޮވުމުގައި އެއްވެސް ގެއްލުމެއް ނުވޭ،" އިންޑިއާ އެއާފޯސް އިން ކުރި ޓްވީޓެއްގައި ވެ އެވެ.

"އެއްވެސް އިކުއިޕްމަންޓަކަށް ގެއްލުމެއް ނުވޭ. ސިވިލް އޭޖެންސީތަކާ އެކު މިކަމުގެ ތަހުގީގު ދަނީ ކުރިއަށް."

ޖައްމު އަދި ކަޝްމީރުގެ ޑިރެކްޓަ ޖެނެރަލް އޮފް ޕޮލިސް ދިލްބާގް ސިންގް ވިދާޅުވީ ވައިގެ މަރުކަޒުގެ ތެރެއަށް ގޮވާ އެއްޗެއް ވައްޓާލީ ޑްރޯނެއް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށެވެ.

އެ ހާދިސާއަކީ "ޓެރަރިސްޓް ހަމަލާއެއްގެ" ގޮތުގައި އޭނާ ޕްރެސް ޓްރަސްޓް އޮފް އިންޑިއާއަށް ދެއްވި އިންޓަވިއުގައި ސިފަކުރެއްވި އެވެ.

އިންޑިއަން އެކްސްޕްރެސް ނޫހުން ބުނީ ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ވައިގެ މަރުކަޒުގައި ހުރި ދެ މީހަކަށް ކުދި ޒަހަމްތައް ލިބުނު ކަމަށެވެ.

އިންޑިއާގެ ކައުންޓާ ޓެރަރިޒަމް ޓާސްކް ފޯސް، ނޭޝަނަލް އިންވެސްޓިގޭޝަން އޭޖެންސީގެ ޓީމެއް މިހާރު ދަނީ ޖައްމުގައި ހަރަކާތްތެރިވަމުންނެވެ.

މިއީ ޑްރޯން ބޭނުންކޮށްގެން އިންޑިއާގެ އަސްކަރީ މަޒުކަޒަކަށް ދިން މިފަދަ ފުރަތަމަ ހަމަލާ އެވެ. އެ ގައުމުގެ މިލިޓަރީ ރޭޑާ ސިސްޓަމުން ވައިގެ އުޅަނދާއި ބޮޑެތި ޑްރޯންތައް ދަނެގަނެވުނު ނަމަވެސް ވައިގެ ސަރަހައްދުގައި އުޅޭ ކުދި ޑްރޯން ދަނެގަނެވޭނެ ގޮތެއް ނޯވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox