ބަންގްލަދޭޝްގައި ގޭސް ލީކުވެ ހިނގި ގޮވުމެއްގައި ހަތް މީހުން މަރުވެއްޖެ

ބަންގްލަދޭޝްގައި ގޭސް ލީކުވެ ހިނގި ގޮވުމުގައި އިމާރާތަކަށް ގެއްލުންވެފައި.-- ފޮޓޯ: ރޮއިޓާޒް

ބަންގްލަދޭޝްގައި ގޭސް ލީކުވެ ހިނގި ގޮވުމުގައި އިމާރާތަކަށް ގެއްލުންވެފައި.-- ފޮޓޯ: ރޮއިޓާޒް

ދާކާ، ބަންގްލަދޭޝް (ޖޫން 27) - ބަންގްލަދޭޝްގެ ވެރިރަށް ދާކާގައި ގޭސް ލީކުވެ ހިނގި ބާރުގަދަ ގޮވުމެއްގައި ތިން ބުރީގެ އިމާރާތެއް ބިމާ ހަމަވެ، ހަތް މީހުން މަރުވެއްޖެ އެވެ.

އެ ހާދިސާގައި އިތުރު 50 މީހުންނަށް އަނިޔާވެފައި ވެ އެވެ. ފުލުހުން ބުނީ ގޮވުމުގެ ބާރުގަދަ ކަމުން ދަތުރު ކުރަމުން ދިޔަ ހަތަރު ބަހެއްގެ ކުޑަދޮރުތައް ތަޅައިގެން ގޮސް ބައެއް މީހުންނަށް އަނިޔާވި ކަމަށެވެ.

ދާކާ ފުލުހުންގެ ޗީފް ޝަފީގުއް ރަހްމާން ވިދާޅުވީ ހަތް މީހުން މަރުވެ، 50 މީހުންނަށް އަނިޔާވި ކަމަށެވެ. ނަމަވެސް ފަޔާ ސާވިސްއިން ބުނީ މަރުވެފައިވަނީ ތިން މީހުން ކަމަށެވެ.

"ފަޔާ ސާވިސް އޮފިސަރުން އެ ތަނުގައި އެބަ އުޅޭ. އެ މީހުން ތަހުގީގު ކުރާނެ ގޮވުން ދިމާވި ސަބަބު ދަނެގަންނަން. އެކަމަކު އަޅުގަނޑުމެންނަށް ބެލެވެނީ މީތޭން ގޭސް ޖަމާވެ އިމާރާތުގެ އެންމެ ތިރީ ބުރީގައި ހިނގި ގޮވުމެއް ކަމަށް،" ދާކާ މެޓްރޮޕޮލިޓަން ޕޮލިސް ޖޮއިންޓް ކޮމިޝަނަރު ސައީދު ނޫރުލް އިސްލާމް އޭއެފްޕީއަށް ވިދާޅުވި އެވެ.

މިއީ ބަޔަކު ގަސްތުގައި ދިން ހަމަލާއެއްގެ ގޮތުގައި ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފަހަކަށް އައިސް ދާކާގައި ގޭސް ލީކުވެގެން، މިފަދަ ގޮވުންތައް ދިމާވުން އިތުރުވެފައިވާކަން ފާހަގަކުރެއްވި އެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނީ ބާރުގަދަ ގޮވުމާއެކު ތިން ބުރީގެ އިމާރާތް ބިމާ ހަމަވި ކަމަށެވެ. އެ އިމާރާތަކީ ރެސްޓޯރެންޓަކާއި ބައެއް ފިހާރަތައް ހުރި އިމާރާތެކެވެ. ފުލުހުން ބުނީ ކައިރީގައި ހުރި އިތުރު ދެ އިމާރާތަށް ގެއްލުން ލިބުނު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox