އެކުއެޑޯ އިން ބްރެޒިލްގެ މޮޅުވުމުގެ ރެކޯޑަށް ނިމުން ގެނެސްފި

Jun 28, 2021, 2:28 AM
އެކުއެޑޯ އިން ބްރެޒިލްގެ މޮޅުވުމުގެ ރެކޯޑަށް ނިމުން ގެނެސްފި

ރިއޯ ޑި ޖަނެއިރޯ (ޖޫން 28) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ އެކުއެޑޯއާ 1-1 އިން އެއްވަރުވެ، 10 މެޗަށް ފަހު ބްރެޒިލްގެ މޮޅުވުމުގެ ރެކޯޑަށް ނިމުން އަތުވެއްޖެ އެވެ.

މި ފަހަރުގެ މުބާރާތުގައި ފުރަތަމަ ކުޅުނު ތިން މެޗުން ވެސް މޮޅުވެފައި އޮތް ބްރެޒިލް ރޭ އެއްވަރުވިއިރު، އެންމެ ފަހުން އެ ޓީމަށް މޮޅެއް ނުހޯދުނީ އެކުވެރިކަމުގެ މެޗެެއްގައި 2019 ވަނަ އަހަރު ނޮވެމްބަރު މަހު އާޖެންޓީނާ އަތުންނެެވެ.

ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނު ބްރެޒިލުން ލީޑުނެގީ 37 ވަނަ މިނިޓްގައި ފަހަތަށް ކުޅޭ އެޑާ މިލިޓާއޯ ޖެހި ގޯލުންނެވެ. މިލިޓާއޯ މި ގޯލު ޖެހީ އެވަޓަން ސޮއާރޭސް ނެގި ހިލޭ ޖެހުމަކުން ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. މިއީ ރެއާލް މެޑްރިޑަށް ކުޅޭ މިލިޓާއޯ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ބްރެޒިލުން ލީޑުގައި އޮވެ، ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މާ ގިނައިރެއް ނުވެ އެކުއެޑޯ އިން ނަތީޖާ ހަމަހަމަކުރި އެވެ. އެ ޓީމުގެ ގޯލު މެޗުގެ 53 ވަނަ މިނިޓްގައި ކާމިޔާބުކުރީ އެނާ ވެލެންސިއާ ދިން ބޯޅައަކުން އެންހެލް މެނާ އެވެ. މެނާ މި ގޯލު ޖެހީ ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ އަށް އެއްވެސް ފުރުސަތެއް ނުދީ އެެވެ.

އިތުރު ގޯލެއް ޖަހައި މެޗުން މޮޅުވާން ބްރެޒިލުން މަސައްކަތްކުރި ނަަމަވެސް އެކުއެޑޯ ޑިފެންޑަރުން ވަނީ ބްރެޒިލްގެ އެޓޭކްތައް ހުއްޓުވައިފަ އެވެ. ބްރެޒިލުން މި މެޗުގައި ނޭމާ އާއި ގަބްރިއެލް ޖީސޫސްގެ ބޭނުމެއް ނުކުރެ އެވެެ.

މެޗަށް ފަހު ބްރެޒިލްގެ ޑިފެންޑަރު މާކުއީނިއޯސް ބުނީ މި މެޗަކީ ނަތީޖާ އަށް ވުރެ ބޮޑަށް ސްކޮޑުގައި ފުރުސަތު ނުލިބި ހުރި ކުޅުންތެރިންނަށް ކުޅެލަން ދޭން އިސްކަން ދިން މެޗެއް ކަމަށާއި އެހެންވުމުން ނަތީޖާއާ މެދު މާ ބޮޑު ކަންބޮޑުވުންތަކެއް ނެތް ކަމަށެވެ.

ކުއާޓާ ފައިނަލުން ބްރެޒިލް ފުރުސަތު ހޯދީ ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ގްރޫޕްގެ ދެ ވަަނަ އަށް ދިޔައީ ރޭ ވެެނެޒުއޭލާ 1-0 އިން ބަލިކުރި ޕެރޫ އެވެ. އެ ޓީމަށް ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. ދެން މި ގްރޫޕުން ކުއާޓާ ފައިނަލުގެ ދެ ޖާގަ ލިބުނީ ތިން ވަަނައިގައި ނިންމާލި ކޮލަމްބިއާ އާއި ހަތަރެއްގައި ނިންމާލި އެކުއެޑޯ އަށެވެ. ކޮލަމްބިއާ އަށް ހަތަރު ޕޮއިންޓް ލިބުނުއިރު، އެކުއެޑޯގެ އޮތީ ތިން ޕޮއިންޓެވެ.

އެންމެ ފުލަށް ގޮސް މި ގްރޫޕުން ކެޓި ވެނެޒުއޭލާގެ އޮތީ ދެ ޕޮއިންޓެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox