ޔަމަނުގެ މަރިބް ސިޓީ ހިފަން ކުރާ ހަނގުރާމައިގައި 111 މީހުން މަރުވެއްޖެ

ޔަމަނު ސަރުކާރުގެ ފައުޖުގެ ހަނގުރާމަވެރިއަކު ހަމަލާ ބަދަލު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޔަމަނު ސަރުކާރުގެ ފައުޖުގެ ހަނގުރާމަވެރިއަކު ހަމަލާ ބަދަލު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޑުބާއީ، ޔޫއޭއީ (ޖޫން 27) - ޔަމަނުގެ މަރިބް ސިޓީ ހިފަން ހޫތީ ހަނގުރާމަވެރިންނާއި ސަރުކާރުގެ ފައުޖުތަކާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި ފާއިތުވި ތިން ދުވަސް ތެރޭގައި 111 މީހުން މަރުވެއްޖެ އެވެ.

މަރިބް އާއި އެ ތަން ވަށައިގެންވާ ތެޔޮ ވަޅުތަކަކީ ޔަމަނުގެ ހަ އަހަރުވީ ދިގު ދާހިލީ ހަނގުރާމައިގައި މި ވަގުތު ސަރުކާރުގެ ކޮންޓްރޯލުގެ ދަށުގައި އޮތް ހަމައެކަނި ތަނެވެ. އެހެންވެ، އިރާނުގެ ސަޕޯޓާއެކު އުޅޭ ހޫތީން ބޭނުންވަނީ އެތަން ހިފާށެވެ.

ޔަމަނުގެ ހަނގުރާމައިގެ ސަބަބުން ބޮޑު އިންސާނީ ކާރިސާއެއް އުފެދިފައި ވާއިރު، ސުލްހަ ގާއިމް ކުރަން ކުރި ޑިޕްލޮމެޓިކް މަސައްކަތުން އެއްވެސް ނަތީޖާއެއް މިއަދާ ހަމައަށް ފެނިފައެއް ނުވެ އެވެ. މަރިބްގެ ކޮންޓްރޯލް ހޯދަން އުޅޭތީ ހަމަލާ ބަދަލު ކުރުން އަނެއްކާވެސް ވަނީ ވަރުގަދަ ވެފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މިއަދާ ހަމައަށް މެދުކެނޑުމެއް ނެތި ހިންގި ހަމަލާ ބަދަލު ކުރުންތަކުގައި ސަރުކާރު ފައުޖުތަކުގެ 29 ސިފައިންނާއި ހަނގުރާމަވެރިންގެ 82 މީހުން މަރުވި އެވެ.

ޔަމަނު ސަރުކާރުގެ އޮފިޝަލުން ބުނީ ބުރާސްފަތި ދުވަހުން ފެށިގެން ހޫތީންގެ ހަމަލާތައް ވަރުގަދަކޮށްފައިވާ ކަމަށެވެ. އެގޮތުން މަރިބްގެ އުތުރާއި ދެކުނާއި ހުޅަނގުން ދަނީ ހަމަލާ ފޮނުވަމުންނެވެ.

ނަމަވެސް ސައުދީ އަސްކަރީ ކޯލިޝަނުގެ އެއްބާރުލުމާއެކު ސަރުކާރުން ގާއިމްކޮށްފައިވާ ވައިގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް އަދިވެސް ހަނގުރާމަވެރިންނަކަށް ނުވެ އެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމަ 2014 ވަނަ އަހަރު ފެށި ގޮތަށް މިއަދާ ހަމައަށް ވެސް ކުރިއަށް ދާއިރު، އާއްމު ރައްޔިތުންގެ ތެރެއިން އެތައް މިލިއަން މީހުންނަށް ވަނީ ބަނޑުހައި ހޫނުކަމާ ކުރިމަތިލާން ޖެހިފައި ކަމަށް އދ. އިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox