ފައިސާގެ އަގު ވެއްޓޭތީ ލުބްނާންގެ މަރުކަޒީ ބޭންކަށް ވަދެގަންނަން އުޅެފި

ލުބްނާންގައި މުޒާހަރާ ކުރަމުންދާ މީހަކު ޓަޔަރެއްގައި އަލިފާން ރޯކޮށްގެން.-- ފޮޓޯ: އޭއެފްޕީ/ އަންވަރް އަމްރޯ

ލުބްނާންގައި މުޒާހަރާ ކުރަމުންދާ މީހަކު ޓަޔަރެއްގައި އަލިފާން ރޯކޮށްގެން.-- ފޮޓޯ: އޭއެފްޕީ/ އަންވަރް އަމްރޯ

ބެއިރޫތް، ލުބްނާން (ޖޫން 27) - ލުބްނާން ފައިސާގެ އަގު ރިކޯޑް މިންވަރަކަށް ވެއްޓުމުން ރުޅިގަދަވެފައި ތިބި އާއްމުން މަރުކަޒީ ބޭންކުގެ އޮފީސްތަކަށް ވަދެގަންނަން މަސައްކަތް ކޮށްފި އެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ހަތަކުން ފެށިގެން ލުބްނާން ޕައުންޑެއްގެ އަގަކީ ޑޮލަރަކަށް 1،507 އެވެ. ނަމަވެސް އެ ގައުމަށް މިހާރު ދިމާވެފައިވާ އިގްތިސާދީ ކާރިސާގައި ފައިސާގެ އަގު ދަނީ ވަނީ ވެއްޓެމުންނެވެ.

އެގޮތުން މިހާރު ޕައުންޑެއްގެ އަގަކީ ޑޮލަރަކަށް 17،300-17،500 އަދި ބައެއް ފަހަރު 18،000 ކަމަށް ފައިސާ މާރުކޮށްދޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އުތުރު ޓްރިޕޮލީ ސިޓީގައި އެކަމާ ހިތްހަމަނުޖެހި ގިނަ ބަޔަކު މަގުތަކަށް ނުކުމެ ވަނީ ދިރިއުޅުމުގެ ފެންވަރު ދަށްވަމުންދާ މައްސަލައިގައި ސިޔާސީ ފަރާތްތަކަށް ފާޑުކިޔާފަ އެވެ.

ބައެއް މީހުން ވަނީ އެ ސިޓީގައި ހުންނަ މަރުކަޒީ ބޭންކުގެ ގޭޓު ފަޅާލައި، އިމާރާތް ތެރެއަށް ވަންނަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ސިފައިން އެ މީހުން ހުއްޓުވި އެވެ.

އޭގެ އިތުރުން ސަރުކާރު އޮފީހެއްގެ ގޭޓުގައި ހުޅު ޖަހައި، ދެ ޕާލިމެންޓު މެމްބަރެއްގެ ގެޔަށް ވަދެ ގަންނަން ވެސް މުޒާހަރާ ކުރަމުން ދިޔަ މީހުން މަސައްކަތް ކުރި އެވެ.

ދެކުނު ސިޑޯން ސިޓީގައި ވެސް އާއްމުން މަސައްކަތް ކުރީ މަރުކަޒީ ބޭންކުގެ އޮފީސް ތެރެއަށް ވަނުމަށެވެ. މި ދެ ސިޓީގެ އިތުރުން ވެރިރަށް ބެއިރޫތުގައި ވެސް މުޒާހަރާ ކުރި އެވެ.

ދެހާސް ނަވާރަ ވަނަ އަހަރުން ފެށިގެން ލުބްނާނަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއަކީ 19 ވަނަ ގަރުނުގެ ފަހުން ގައުމަކަށް ކުރިމަތިވި އެންމެ ގޯސް މާލީ ހާލަތުގެ ގޮތުގައި ވޯލްޑް ބޭންކުން ސިފަކުރެ އެވެ.

ލުބްނާން ޕައުންޑުގެ އަގު ވެއްޓުމުން ޒަރޫރީ ތަކެތި ގައުމަށް އެތެރެ ކުރަން ވެސް ވަނީ ދަތިވެފަ އެވެ. އެގޮތުން ޑޮލަރު ހޭދަކޮށްގެން އިމްޕޯޓް ކުރާ ބޭހާއި ތެޔޮ ލިބޭނެ ގޮތެއް ނެތެވެ.

މިދިޔަ އަހަރު ބެއިރޫތުގައި ބޮޑު ގޮވުމެއް ގޮވައި، 200 މީހުން މަރުވެ، ސިޓީގެ ބޮޑު ބައެއް ހަލާކުވި ފަހުން ލުބްނާންގައި ފުރިހަމަ ސަރުކާރެއް ނެތެވެ.

އެ ހާދިސާއަށް ފަހު ސަރުކާރުން އިސްތިއުފާ ދިން އިރު، އާ ކެބިނެޓެއް ހޮވުމަށް ސިޔާސީ ފަރާތްތަކަށް ވަނީ އެއްބަސްވުމަކަށް އާދެވޭ ގޮތް ނުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox