ގަންގާ ކޯރު ކައިރީގައި ވަޅުލާފައިވާ ހަށިތައް މައްޗަށް އަރަނީ

ގަންގާ ކޯރުގެ ފެންގަނޑު އުފުލުމުގެ ސަބަބުން އެ ކޯރުގެ އައްސޭރިފަށުގައި ވަޅުލާފައިވާ ހަށިތައް ވަނީ ފެނުގެ މައްޗަށް އަރަން ފަށާފައި.-- ފޮޓޯ: އޭއެފްޕީ/ ސަންޖޭ ކަނޯޖިއާ

ގަންގާ ކޯރުގެ ފެންގަނޑު އުފުލުމުގެ ސަބަބުން އެ ކޯރުގެ އައްސޭރިފަށުގައި ވަޅުލާފައިވާ ހަށިތައް ވަނީ ފެނުގެ މައްޗަށް އަރަން ފަށާފައި.-- ފޮޓޯ: އޭއެފްޕީ/ ސަންޖޭ ކަނޯޖިއާ

ﷲއާބާދު، އިންޑިއާ (ޖޫން 26) - ގަންގާ ކޯރުގައި ފެންބޮޑުވާ މޫސުން ފެށުމާއެކު ކޮވިޑް ޖެހިގެން މަރުވެ، އެ ކޯރު ކައިރީގައި ވަޅުލި މީހުންގެ ހަށިތައް ފެނުގެ މައްޗަށް އަރަން ފަށައިފި އެވެ.

އުތުރު ﷲއާބާދު ސިޓީގެ އޮފިޝަލެއް ކަމަށްވާ ނީރަޖް ކުމާރް ސިންގް ވިދާޅުވީ ފާއިތުވި ތިން ހަފްތާގައި އެގޮތަށް ފްލޯޓްވެގެން އެރި 150 ގަބުރު އަންދާލަން ޖެހުނު ކަމަށެވެ.

"ގާތްގަނޑަކަށް އެއް ކިލޯމީޓަރު ސަރަހައްދެއްގައި ހަށިތައް ވަޅުލާފައިވޭ. އެހެންވެ ބެލެވެނީ އެ ތަނުގައި 500-600 ގަބުރު ވާނެ ކަމަށް،" އޭނާ އޭއެފްޕީއަށް ވިދާޅުވި އެވެ.

އެ ތަނުގައި ވަޅުލާފައިވާ ގިނަ މީހުންނަކީ ބެލެވޭ ގޮތުގައި މިދިޔަ އޭޕްރިލް އަދި މޭ މަހު ކޮވިޑް ޖެހިގެން މަރުވި މީހުންނެވެ.

ހިންދޫ ދީނުގައިވާ ގޮތަށް ހަށިގަނޑު އަންދާލަން ދަރު ހޯދާނެ ފައިސާ ބައެއް އާއިލާތަކަށް ނުލިބުމުން، އެ މީހުން ނިންމީ ހަށިތައް ގަންގާ ކޯރަށް ދޫކޮށްލަން ނުވަތަ އައްސޭރިފަށުގައި ވަޅުލާށެވެ.

ނަމަވެސް ވާރޭ މޫސުން ފެށުމާއެކު ކޯރުގައި ފެންބޮޑުވެ، އައްސޭރިފަށުގައި ވަޅުލާފައިވާ ހަށިތައް ވެސް ވަނީ ފެނުން މަތީގައި ފްލޯޓްވާން ފަށާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox