ހާހުން ކޭސް އިތުރުވާތީ ބަންގްލަދޭޝް ހަރުކަށި ލޮކްޑައުނަކަށް

ބަންގްލަދޭޝްގައި މީހަކަށް ކޮވިޑް ވެކްސިން ދެނީ.-- ފޮޓޯ: އޭއެފްޕީ/ މުނީރުއް ޒަމާން

ބަންގްލަދޭޝްގައި މީހަކަށް ކޮވިޑް ވެކްސިން ދެނީ.-- ފޮޓޯ: އޭއެފްޕީ/ މުނީރުއް ޒަމާން

ޑާކާ، ބަންގްލަދޭޝް (ޖޫން 26) - ޑެލްޓާ ވޭރިއެންޓުގެ ސަބަބުން "ނުރައްކާތެރި އަދި ކަންބޮޑުވާ މިންވަރަށް" ކޭސްތައް އިތުރުވަމުން ދާތީ އަންނަ ހޯމަ ދުވަހުން ފެށިގެން ބަންގްލަދޭޝްގައި ލޮކްޑާއުންގެ ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމައިފި އެވެ.

އެގޮތުން ސަރުކާރާއި އަމިއްލަ އޮފީސްތައް ވެސް އެއް ހަފްތާއަށް ބަންދުވާނެ އެވެ. އަދި ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް ގެނެސް، ހުއްދަ ދޭނީ ހަމައެކަނި ސިއްހީ ކަންކަމުގައި ދަތުރު ކުރަން ކަމަށް ވަނީ ނިންމާފަ އެވެ.

"ކުއްލި ހާލަތެއް ދިމާވެގެން މެނުވީ އެއްވެސް މީހަކަށް ގެއިން ބޭރަށް ނުނިކުމެވޭނެ،" ބަންގްލަދޭޝް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ހެލްތު ޑިޕާޓްމަންޓުގެ ތަރުޖަމާނު ރޫބިދް އަމީން ވިދާޅުވީ ލޮކްޑައުންގެ ފިޔަވަޅުތައް ތަންފީޒު ކުރަން ފުލުހުންނާއި ބޯޑަރު ގާޑުން އުޅޭނެ ކަމަށެވެ. އަދި ބޭނުން ޖެހިއްޖެ ހާލަތެއްގައި ސިފައިން ވެސް ނުކުންނާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ ނުރައްކާތެރި އަދި ކަންބޮޑުވާން ޖެހޭ ހާލަތެއް. މިހާރު ވައިރަސް ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ އިންޑިއާއަށް ދިމާވި ކަހަލަ ހާލަތަކާ ކުރިމަތިލާން ޖެހޭނެ،" އަމީން އޭއެފްޕީއަށް ވިދާޅުވި އެވެ.

މޭ މަހުގެ މެދަކާ ހިސާބުން ފެށިގެން 170 މިލިއަން މީހުން ދިރިއުޅޭ ބަންގްލަދޭޝްގެ ކޭސްތައް ވަނީ އިތުރުވާން ފަށާފަ އެވެ.

އެގޮތުން މިދިޔަ ހުކުރު ދުވަހު އެކަނިވެސް 6،000 ކޭސްއާއެކު 108 މީހުން މަރުވި އެވެ. އެއީ މި ބަލިމަޑުކަމުގައި ދެ ވަނައަށް އެންމެ ގިނައިން މީހުން މަރުވި ދުވަހެވެ.

ކަމާ ބެހޭ ފަރާތްތަކުން ބުނީ އިންޑިއާއާ ގުޅޭ ބޯޑަރު ކައިރީގައިވާ ޑިސްޓްރިކްޓުތަކުގެ ހާލަތު ވަރަށް ގޯސް ކަމަށެވެ. އެގޮތުން ހުލްނާ އާއި ރާޖްޝާހީ ފަދަ ސިޓީތަކުގެ ހޮސްޕިޓަލްތައް ވަނީ ފުރިފަ އެވެ.

އިންޑިއާގައި ކޭސްތަކުގެ އަދަދު ވަނީ މަދުވާން ފަށާފަ އެވެ. އެގޮތުން މިދިޔަ މޭ މަހު ދުވާލަކު 400،000 މީހުން ޕޮޒިޓިވްވި އިރު، މިދިޔަ ހުކުރު ދުވަހު ފެނުނީ 50،000 އަށް ވުރެ މަދު ކޭސް އެވެ.

ނަމަވެސް ހުކުރު ދުވަހު މަހަރާޝްތްރަ ސްޓޭޓުގައި އަނެއްކާވެސް ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެއީ އިންޑިއާއިން މުޅިން އަލަށް ފެނިގެން އުޅޭ ޑެލްޓާ ޕްލަސް ވޭރިއެންޓާ ގުޅިގެންނެވެ. އެ ވޭރިއެންޓުގެ 50 އެއްހާ ކޭސް މުޅި އިންޑިއާއިން މިހާތަނަށް ފެނިފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox