ގިނަ ބައެއްގެ އަޑު: "ހެޔޮނުވާނެ، އަންހެން ކުދިން ހިތާނުކުރަން ހިތްވަރުނުދީ"!

އަންހެނުން ކުދިންތަކެއް މަގެއްގެ މަތީގައި: އަންހެން ކުދިން ހިތާނުކުރުމާ ދެކޮޅަށް ގިނަ ބަޔަކު ތެދުވެ މިއަދު ވަނީ އަޑުއުފުލާފައި. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އަންހެނުން ކުދިންތަކެއް މަގެއްގެ މަތީގައި: އަންހެން ކުދިން ހިތާނުކުރުމާ ދެކޮޅަށް ގިނަ ބަޔަކު ތެދުވެ މިއަދު ވަނީ އަޑުއުފުލާފައި. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

"އަޅުގަނޑުގެ މުޅި ހަޔާތް މިކަމުގައި ބަރުބާދުވެފައި މި ވަނީ!"

އަންހެން ކުދިން ހިތާނުކުރުމުގެ މައްސަލައިގައި ކުރިއަށްދިޔަ ހިޔާލުފާޅުކުރުމުގެ ތެރޭގައި ފާތުމަތު ސައީދު މިއަދު ހިއްސާކުރީ އޭނާގެ އަމިއްލަ ތަޖުރިބާ އެވެ. އެއީ ކިހާ ވޭން ހުރި ކަމެއް ކަމާއި މުޅި އުމުރަށް އުފުލަން ޖެހިފައިވާ ތަކުލީފެވެ.

ހާހެއްހާ މީހުން ތިބި ކްލަބުހައުސްގެ ގުރޫޕެއްގައި ފާތިމަތު ބުނި ގޮތުގައި، އޭނާ ކުޑައިރު ކުރަފަތެއް ބޭނުންކޮށްގެން ވަރަށް ބޮޑަށް ވަނީ ހިތާނުކޮށްފަ އެވެ. އޭގެ ސަބަބުން އެތައް ކަމެއް ތަހައްމަލްކުރަން ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުގެ މުޅި ހަޔާތް މި ދަނީ މިކަމުގައި. މިއީ، ވަރަށް ބޮޑު އަނިޔާއެއް އަންހެން ކުއްޖަކަށް ދެވޭ. އަޅުގަނޑު ކައުންސިލިންގައި މިހާރު ވެސް މި އުޅެނީ،" އައްޑު އަށް ނިސްބަތްވާ ފާތިމަތު ބުންޏެވެ.

އަންހެނުން ހިތާނުކުރުމުގެ ނަމުގައި ހިންގާ، "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން (އެފްޖީއެމް)"ގެ މައްސަލަތައް ރާއްޖޭގައި އިތުރަވަމުންދާ ކަމަށާއި އެފަދަ މައްސަލަތައް ހުށަހަޅާލެއް ގިނަ ކަމަށް މިފަހުން އެޗްއާރްސީއެމުން މިދިޔަ ހަފުތާގައި ވަނީ ބުނެފަ އެވެ.

އެއާއެކު، ކަންބޮޑުވުން އުފެދިފައިވަނިކޮށް ދީނީ އިލްމުވެރިޔާ އަދި ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވަނީ އެކަމަކީ ދީނުގައި އޮތް ކަމެއް ކަމާއި އެކަމުން ސިއްހީ ފައިދާތަކެއް ލިބޭކަން ދޭހަވާ ގޮތަށް ޓްވީޓްތަކެއް ކުރައްވައިފަ އެވެ.

އިޔާޒުގެ ޓްވީޓްތަކުގެ މައްސަލަ ހޫނުވެފައި ވަނިކޮށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ އަންހެނުން ހިތާނަކުރުމަކީ ދީނުގައި އޮންނަ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އެހެން ބައެއް ދީނީ އިލްމްވެރިން ވެސް އެފަދައިން ވިދާޅުވަމުން ދިޔަ ނަމަވެސް، އިޔާޒު ވަނީ އެކަމަށް ވެސް ރައްދު ދެއްވައި ހިތާނުކުރުމަށް އަނެއްކާވެސް ހިތްވަރު ދެއްވުމުގެ ޓްވީޓްތަކެއް ކުރައްވައިފަ އެވެ.

ގިނަ ބަޔަކަށް މިއީ ބަލައިގަނެވުނު ކަމެއް ނޫނެވެ؛ ކްލަބް ހައުސްގައި މި ކަންބޮޑުވުމުގެ ޝުއޫރުތައް މިއަދު ފާޅުކުރަން ފެށުމާ އެކު ގިނަ ބަޔަކު ވަނީ އެ ގްރޫޕަށް ވަދެ އެކަމާ ދެކޮޅަށް އަޑު އުފުލައިފަ އެވެ. ކްލަބް ހައުސްގައި، "އަންހެނުން ހިތާނުކުރުން" މައުޟޫއާ ދެކޮޅު ހެދުމުގެ ގޮތުން ގިނަ ބަޔަކު ބައިވެރިވިއިރު އޭގެތެރޭގައި ސަރުކާރުގެ އިސް ބޭފުޅުންނާއި އިލްމުވެރިންނާއި ސިއްހީ އަދި ތައުލީމީ ދާއިރާގެ ބޭފުޅުން ވެސް ހިމެނިވަޑައިގަތެވެ.

ގިނަ ބަޔަކު އެ ގްރޫޕަށް ޖަމާވެގަތީ، ވާހަކަ ދައްކަން މުޅިން ވެސް ތިބީ ފިރިހެނުން ކަމަށާއި އެކަމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް ބައެއް މީހުންގެ ވާހަކަތައް ހުރި ކަމަށް ބުނެ އެވެ. ފުރަތަމަކޮޅުގައި ބަހުސް ވަރަށް ހޫނުވެގެން ދިޔަ އެވެ.

މިއީ، މިހާތަނަށް ކްލަބުހައުސްގައި އެންމެ ގިނަ ދިވެހިން ޝާމިލުވެގެން ކުރިއަށްދިޔަ ބަހުސަށް ވާނެ އެވެ؛

އެންމެންގެ ވެސް ޝުއޫރަކަށްވީ "ހެޔޮނުވާނެ" އަންހެނުން ހިތާނަކުރުމަށް ހިތްވަރު ނުދިނުމަށެވެ. އަދި އެކަމަކީ ދީނުގައި އޮތް ކަމެއް ކަމަށް ހެދުމަށް މަސައްކަތް ނުކުރުމަށެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި، އަންހެން ކުދިން ހިތާނަކުރުމަކީ ދީނުގައި ބާރުއަޅާ ކަމެއް ނޫނެވެ. އެކަމާ ގުޅިގެން އައިސްފައިވާ ހަދީސްތަކާއި ހާދިސާތަކަކީ ޟައީފް (ބަލިކަށި) ހަދީސްތަކެއް ކަމަށެވެ. މާނައަކީ އޭގެ ސައްހަކަން ޔަަގީން ނުވާ ހަދީސެވެ.

"އެހެންވީމަ އެވަރުގެ ކަމެއް ޝަރީއަތުގަ ހަރުދަނާ ދަލީލުތަކެއްގެ މައްޗަށް މެނުވީ ނުއެއް ނިންމޭނެ އެއީ ދީނީ ކަމެއްގެ ގޮތުގައެއް، އެއީ ދީނީ ގޮތުން ހުއްދަ ކަމެއްގެ ގޮތުގައި ކީރިތި ގުރުއާންގައި ވެސް އަދި ރަސޫލާގެ ސުންނަތުގައި ވެސް ފާޅުވާކަށް ނެތޭ އަޅުގަނޑު ދަންނަވާނީ،" ޝަހީމް ވިދާޅުވި އެވެ.

ޑރ. ޝަމީހް: އަންހެނުން ހިތާނަކުރުމަކީ ދީނުގައި އޮތް ކަމެއް ނޫން ކަމަށް ވިދާޅުވި
ޑރ. ޝަމީހް: އަންހެނުން ހިތާނަކުރުމަކީ ދީނުގައި އޮތް ކަމެއް ނޫން ކަމަށް ވިދާޅުވި

ޑރ. ޝަމީހް: އަންހެނުން ހިތާނަކުރުމަކީ ދީނުގައި އޮތް ކަމެއް ނޫން ކަމަށް ވިދާޅުވި

ޝަހީމް ވިދާޅުވި ގޮތުގައި، އަންހެނުން ހިތާނަކުރުމަކީ ދީނީ ގޮތުން މާކެޓް ކުރަން ޖެހޭ ކަމެއް ނޫނެވެ. ނަމަވެސް، ފާތިމަތު ސައީދު ކުޑައިރު ހިތާނަކޮށްފައިވަނީ އެއީ އެކަން ދީނުގައި އޮންނަ ގޮތް ކަމަށް ބުނެ ކަމަށް އޭނާ ބުންޏެވެ.

ކުރީގެ ދީނީ ފޮތްތަކުގައި އަންހެނުން ހިތާނަކުރުމާ މެދު ހުރި ހުކުމްތަކަކީ ވެސް ދީނީ ގޮތަށް ވުރެ ބޮޑަށް އޭރުގެ ސަގާފަތުގެ މައްޗަށް ލިޔެވިފައި ހުރި ކަންކަން ޝަހީމް ފާހަގަކުރެއްވި އެވެ. އަދި، މިހާރު އެއީ ބާތިލް ކަންކަމަށް ފަހުގެ އިލްމީ ހޯދުންތަކުން ކަނޑައެޅިފައިވާ ކަމަށެވެ.

ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވި ގޮތުގައި އަންހެނުން "ސެކްޝުއަލް އޮބްޖެކްޓްސް"ގެ ގޮތުގައި ސިފަކޮށް، އަންހެނުން ދަށްކުރާ އުސޫލުން ކަންކަން ޕްރޮމޯޓްކޮށް އެ ވިސްނުން އެނބުރި އައުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ.

އޭނާ ވިދާޅުވީ އަންހެން ދަރިން، އެ މީހުންގެ އެއްވެސް ބަހެއް ނެތި މުޅި ދިރިއުޅުން ހަލާކުވެދާނެ ފަދަ ގޮތަކަށް އަމަލުތައް އެއްވެސް މީހަކު ބެހެއްޓުމަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ގާނޫނުން މިހާރު ވެސް ލިބޭ ފުރުސަތެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ކޮންމެހެން އެފްޖީއެމް މަނާކުރަން ގާނޫނެއް ގެންނާކަށް ނުޖެހޭ. މިހާރު ވެސް ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނުގައި ޖިނާއީ ގާނޫނުތަކުގައި އެހުރީ އަންހެނަކަށް އަނިޔާ ދިނުން، ފިރިހެނަކަށް އަނިޔާ ދިނުން، މިއީ ކޮން އެއްޗެއްތޯ؟ ހަށިގަނޑުން ތަނެއް ކަނޑާލުމާ ކޮބައިތޯ އަތެއް ބުރިކޮށްލުމާ ތަފާތެއް،" އާޒިމާ ވިދާޅުވި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވެސް ވިދާޅުވީ މީހެއްގެ ހަށިގަނޑަށް ރުހުމަކާނުލާ އެ މީހަކު ބޭނުން ނޫން ގޮތެއް ހެދުމަކީ އޭގެ ޒާތުގައި މިހާރު ވެސް ގާނޫނުލްއުގޫބާތު އޮތް ގޮތުން ކުށެއް ކަމަށެވެ.

"ވަރަށް ކްލިއާކޮށް އޮތް ކަމެއް މިއީ، ގާނޫނީ ކަމެއް ނޫން، ދީނީ ކަމެއް ނޫން،" ޝަމީމް ވިދާޅުވި އެވެ.

ޑރ. އާމާލް: އަންހެން ކުދިން ހިތާނަކުރުމާ ދެކޮޅަށް އަޑު އުފުއްލެވި
ޑރ. އާމާލް: އަންހެން ކުދިން ހިތާނަކުރުމާ ދެކޮޅަށް އަޑު އުފުއްލެވި

ޑރ. އާމާލް: އަންހެން ކުދިން ހިތާނަކުރުމާ ދެކޮޅަށް އަޑު އުފުއްލެވި

އަންހެން ކުދިންގެ ސްކޫލެއްގެ ގޮތުގައި އަމީނިއްޔާ ސްކޫލް އޮތްއިރު، އެ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމު އަދާކުރެއްވި ޑރ. އާމާލު އަލީ ވިދާޅުވި ގޮތުގައި، އަންހެން ދަރިއަކު ކޮށާލާފައި އައްސާލީމަ، އެ ކުއްޖާއަށް އެ ދެވެނީ ކިހާ ބޮޑު އަނިޔާއެއް ކަމާ މެދު ވިސްނާލަންޖެހޭ ކަމެވެ.

"އެ އަނިޔާ އެ ކުދިންނަށް އެ ދެނީ ކޮން ބައެއް ހެއްޔޭ؟ މައިންބަފައިންނޭ، އަނެއްކާ އެ ކުއްޖާ މީހަކާ ދެވާ ދުވަހު ރީ ވެސް އެބަ ކޮށާލާ ކަމަށްވޭ. މިއީ ސަކަރާތެއްް ޖާހަކަށް މާތްﷲ ފޮނުވާފައިވާ ބައެއް ނޫނޭ،" ވަރަށް ޖޯޝުގައި ވާހަކަ ދައްކަވަމުން އާމާލު ވިދާޅުވި އެވެ.

"އެއްވެސް ދަރިއަކަށް ނިކަމެތި ގޮތެއްވާކަށް އަޅުގަނޑު ބޭނުމެއް ނޫން!"

އެ ނިކަމެތިކަން ލިބިފައިވާ ފާތިމަތު ސައީދު ވަނީ ރާއްޖޭގައި މިކަން އޮތް ބެލުމަށް އޭނާގެ އަމިއްލަ ދިރާސާއެއް ވެސް ހަދައިފަ އެވެ.

އެ ދިރާސާއާ ހަވާލާދީ އޭނާ ބުނި ގޮތުގައި، އަންހެނުން ހިތާނަކުރުމުގެ ކަންކަން އެންމެ ބޮޑީ، އައްޑު އާއި ފުވައްމުލަކުގަ އެވެ.

އޭނާ ބުނީ، އުތުރުގެ އަތޮޅުތަކުގައި އެކަން ކުރަނީ ތިނޯހަކުން ލޭދައްކާލުމުގެ ކަމެއްގެ ގޮތުގައި ކަމަށާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގައި ކުޑަ ތަންކޮޅެއް ބުރިކޮށްލާ ކަމަށެވެ. ނަމަވެސް އައްޑޫގައި ވަރަށް އިހުން ފެށިގެން ވަރަށް ބޮޑަށް އަންހެނުން ހިތާނަކުރަމުންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ، ދީނުގައި އޮންނަ ކަމެއް ކަމަށް ބުނެ ކުރަމުން ދަނީ،" އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ވެށިސާފު ޖަމިއްޔާގެ ރައީސްކަން ވެސް ކުރާ ފާތިމަތު ސައީދު ބުންޏެވެ.

ފާތިމަތުގެ ވާހަކަތަކާ އެކު އަޑުއަހަން ތިބި ގިނަ ބަޔަކަށް ސިހުން ގެނުވި އެވެ. އެ ލެވެލްގައި ރާއްޖޭގައި ކުރަމުންދާ ކަމެއްގެ ގޮތުގައި ގަބޫލުކުރަން ވެސް އުނދަގޫވީ އެވެ. އެގޮތުން، ދީނީ އިލްމްވެރިޔާ ފާރިޝް (ޒަމްޒަމް) ވިދާޅުވި ގޮތުގައި، އޭނާއަށް ވެސް ގަބޫލު ކުރެވިފައި އޮތީ އެކަމަކީ ކަންފަތް ތޮރުފާލުން ފަދަ ގޮތަކަށް ކުރަމުންދިޔަ ކަމެއްގެ ގޮތުގަ އެވެ. ފާތިމަތު ބުނި ގޮތަށް އެކަން އެހެން ހިނގަމުންދިޔުމަކީ ގަބޫލުކުރަން ދަތި، ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަހްނެހެނުން ހިތާނަކުރުމާ ދެކޮޅަށް އަޑު އުފުލަނީ
އަހްނެހެނުން ހިތާނަކުރުމާ ދެކޮޅަށް އަޑު އުފުލަނީ

އަހްނެހެނުން ހިތާނަކުރުމާ ދެކޮޅަށް އަޑު އުފުލަނީ

އަންހެނުން ހިތާނުކުރުން ރާއްޖޭގައި އޮތް މިންވަރާ މެދު ބައެއް މީހުންނަށް ގަބޫލުކުރަން އުނދަގޫވުމާ އެކު، ހެލްތު މިނިސްޓްރީން 2017 ވަނަ އަހަރު ސާވޭއެއް ހެދުމުގައި ބައިވެރިވި އާތިފާ އިބްރާހިމް އައީ، ތަފާސް ހިސާބުތަކާ އެކު އެވެ.

މިނިސްޓްރީގެ ސާވޭ ހެދުމުގައި އެކި މީހުންނާ ބައްދަލުކޮށް އިންޓަވިއުކުރި އާތިފާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ގޭގެއަށް ޒިޔާރަތްކޮށް ހެދި އެ ސާވޭއިން އަންހެނުން ހިތާނަކުރަމުންދާކަން އެނގެން އެބަ އޮތެވެ. އޭގެއިން އެނގޭ ގޮތުގައި، ކޮންމެ 100 އަންހެނަކުން 13 އަންހެނަކަށް މިކަން ދިމާވެފައިވާކަން އެނގެން އެބަ އޮތް ކަމަށް އާތިފާ ވިދާޅުވި އެވެ.

"އެހެންވީމަ މިކަން މިއީ ނުހިނގާ ކަމެއް ނޫން،" އާތިފާ ވިދާޅުވި އެވެ.

ކްލަބުހައުސްގައި މި މައުލޫގައި އަދިވެސް ވާހަކަ ދައްކަމުންދާއިރު، ސަރުކާރުގެ ފަރާތުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު ވިދާޅުވި ގޮތުގައި، އަންހެނުން ހިތާނަކުރުމަކީ އޭގައި ބަހުސެއް އޮތް، އަދި އެކަމުގައި އިތުރު ވާހަކަތަކެއް ދައްކަން ޖާގަދޭނެ ކަމެއް ނޫނެވެ.

އޭނާ ވިދާޅުވީ އެ ކަންކަމަށް ހިތްވަރު ދިނުން ހުއްޓުވުމާއި އެފަދަ އަމަލުތައް ހުއްޓުވުމަށް ކުރެވޭނެ ކަންކަން ބެލުމަށް މަޖިލީހާ އެކު މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

"މިކަމުން މި ޖީލު ސަލާމަތް ކުރާނަން،" ޝިފާޒު ވިދާޅުވި އެވެ.

ބްލޮގަރު ލީޝް ވިޝާމް ގޮވާލީ ކުރިމަތިވެފައި މިއޮތް ކަމުން އަންހެންދަރިން ސަލާމަތްކުރުމަށެވެ.

"އާދޭހާ އެކު އަޅުގަނޑު ދަންނަވަމޭ އަޅުގަނޑުމެންގެ އަންހެން ދަރިން ސެކްޝުއަލް އޮބްޖެކްޓްސް ގޮތުގައި ނުގެންގުޅޭށޭ. އަންހެނުން ދުނިޔެއަށް ފޮނުވީ ފިރިހެނުންގެ ސެކްޝުއަލް ޑިޒަޔާސް ފުލްފިލްކުރާކަށް ނޫނޭ، އެހެންވީމަ މިކަން ބޭސްއަކަށް ހަދައިގެން އަންހެނުންގެ ގުނަވަންތައް ބުރި ނުކުރާށޭ. އަންހެން ދަރިން ސަލާމަތްކުރާށޭ!"

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox