އޮމާނުގައި އިންވެސްޓް ކުރުމުން ރެޒިޑެންސީ ލިބޭ ސްކީމެއް ލޯންޗުކޮށްފި

އޮމާންގެ ވެރިރަށް މުސްކެޓްގައި ހުންނަ ސުލްތާން ގަބޫސް ޕޯޓް.-- ފޮޓޯ: އޭއެފްޕީ/ ހައިތަމް އަލް ޝުކައިރީ

އޮމާންގެ ވެރިރަށް މުސްކެޓްގައި ހުންނަ ސުލްތާން ގަބޫސް ޕޯޓް.-- ފޮޓޯ: އޭއެފްޕީ/ ހައިތަމް އަލް ޝުކައިރީ

މަސްކެޓް، އޮމާން (ޖޫން 23) - އޮމާންގައި އިންވެސްޓް ކުރާ އެހެން ގައުމުތަކުގެ ރައްޔިތުންނަށް ދިގު މުއްދަތަށް އެ ގައުމުގައި އުޅެވޭނެ ގޮތަށް "ލޯންގް ޓާމް ރެޒިޑެންސީ" ދޫކުރަން ނިންމައިފި އެވެ.

ތެލަށް އޮންނަ ޑިމާންޑު އިތުރުވުމާއި ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އޮމާންގެ އިގްތިސާދަށްކޮށް، މާލީ ގޮތުން ވަނީ ބޮޑު ހީނަރުކަމެއް އައިސްފަ އެވެ.

އެހެންވެ، މާލީ ގޮތުން ކުރިއެރުންތައް ހޯދުމަށް ސަރުކާރުން ނިންމީ ފޮރިން އިންވެސްޓަރުންނާއި ރިޓަޔާކޮށްފައި ތިބޭ ބޭރު މީހުންނަށް އެ ގައުމުގައި ދިރިއުޅެވޭނެ ސްކީމެއް ފެށުމަށެވެ.

މިނިސްޓްރީ އޮފް ކޮމާސް، އިންޑަސްޓްރީ އެންޑް އިންވެސްޓަމަންޓް ޕްރޮމޯޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ސްކީމަށް އަމަލު ކުރަން ފަށާނީ އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ކަމަށެވެ.

"ރެޒިޑެންސީ ޕީރިއަޑްގެ ގޮތުގައި ވާނީ ފަހެއް ނުވަތަ ދިހަ އަހަރު. އެ މުއްދަތަކީ ބޭނުން ނަމަ އަލުން މުރާޖައާކޮށް އިތުރު ކުރެވޭނެ މުއްދަތެއް،" ބަޔާނުގައި ވެ އެވެ.

ނަމަވެސް ރެޒިޑެންސީ ހޯދަން އިންވެސްޓް ކުރަން ޖެހޭނެ މިންވަރު މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ވަޒީފާ ނެތުމުގެ މައްސަލަ އާއި ވަޒީފާއިން ކަނޑާލުމުގެ މައްސަލަ އިތުރު ވާތީ އޮމާންގައި މުޒާހަރާ ކުރުން ވަނީ އިތުރުވެފަ އެވެ. ތެލުގެ އާމްދަނީ ދަށް ވާތީ 2014 ވަނަ އަހަރުން ފެށިގެން އޮމާންގެ އިގްތިސާދު ދަނީ ވެއްޓެމުންނެވެ.

އެއާއެކު ކޮވިޑް ބަލިމަޑުކަމުގެ ނޭދެވޭ އަސަރު ވެސް ދަނީ ވަރަށް ބޮޑަށް ކުރަމުންނެވެ. ކޭސްތައް ގިނަވުމުގެ ސަބަބުން އިގްތިސާދީ މަސައްކަތްތައް ބޭނުންވާ މިންވަރަކަށް ނުހިންގެ އެވެ. އެ ގައުމުން މިހާތަނަށް 254،656 ކޭސް ފެނިފައި ވާއިރު 2،816 މީހުން ވަނީ މަރުވެފަ އެވެ.

ގަލްފް ސަރަހައްދުގެ ބައެއް އެހެން ގައުމުތަކުން ވެސް އަންނަނީ އޮމާންގައި ފަށަން ނިންމާފައިވާ ރެޒިޑެންސީ ސްކީމް ހިންގަމުންނެވެ. އެގޮތުން ގަތަރުގައި ވެސް 200،000 ޑޮލަރުގެ ޕްރޮޕާޓީއަށް އިންވެސްޓް ކުރުމުން ވަގުތީ ރެޒިޑެންސީ ލިބެ އެވެ. އަދި އެއް މިލިއަން ޑޮލަރަށް ވުރެ އިތުރު އިންވެސްޓްމަންޓެއް ނަމަ ދާއިމީ ރެޒިޑެންސީ ލިބެ އެވެ.

ޑުބާއީގައި 2.7 މިލިއަން ޑޮލަރުގެ އިންވެސްޓަމަންޓުކޮށް، އޭގެ 40 ޕަސެންޓު ޕްރޮޕަޓީ އިންވެސްޓްމަންޓަށް ހަދާ ނަމަ، 10 އަހަރުގެ ރެޒިޑެންސީ ވިސާ ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox