ސްނޯ ވައިޓްގެ ރޯލު ލެޓިން އެކްޓްރެސް ރޭޝެލް ޒެގްލާ އަށް

ޑިޒްނީ ފިލްމުގައި ސްނޯ ވައިޓުގެ ރޯލުން ފެންނާނީ ރޭޝެލް ޒެގްލާ.--

ޑިޒްނީ ފިލްމުގައި ސްނޯ ވައިޓުގެ ރޯލުން ފެންނާނީ ރޭޝެލް ޒެގްލާ.--

ލޮސް އެންޖެލަސް، އެމެރިކާ (ޖޫން 23) - ލައިވް އެކްޝަން ފިލްމުގައި ސްނޯ ވައިޓް ކެރެކްޓާގެ ރޯލުން ފެނިގެން ދާނީ ކޮލޮމްބިއާ އަދި އެމެރިކާއަށް ނިސްބަތްވާ އެކްޓްރެސް ރޭޝެލް ޒެގްލާ ކަމަށް ޑިޒްނީން ބުނެފި އެވެ.

އުމުރުން 20 އަހަރުގެ ޒެގްލާއަކީ މިހާރު އެހާ މަގްބޫލު އެކްޓްރެސްއެއް ނޫނެވެ. ނަމަވެސް އަންނަ ޑިސެމްބަރު މަހު ނެރޭ ސްޓީވަން ސްޕީލްބާގްގެ "ވެސްޓް ސައިޑް ސްޓޯރީ" ފިލްމުގެ ރީމޭކުގައި މާރިޔާގެ ރޯލުން އޭނާ ފެންނާނެ އެވެ.

ސްޕީލްބާގްގެ އެ ފިލްމުގެ މައިގަނޑު ރޯލަށް ޒެގްލާ ހޮވާފައިވަނީ އޮޑިޝަންގައި 30،000 ކެންޑިޑޭޓުންނާ ވާދަކޮށްގެންނެވެ.

ޑިޒްނީން އަންނަނީ އެ ކުންފުނީގެ ފިލްމުތަކުގައި އެކި ނަސްލުގެ މީހުން ބައިވެރި ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މީގެ ކުރިން ދޮން ނަސްލުގެ ތަރިން ކުޅެފައިވާ ސްނޯ ވައިޓްގެ ރޯލަށް ޒެގްލާ ނެގީ އެހެންވެ ކަމަށް ބެލެވެ އެވެ.

ޒެގްލާ އިންސްޓަގްރާމުގައި ލިޔުނީ މިއީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ.

ދާދި ފަހުން ދަ ލިޓްލް މާމެއިޑްގައި އޭރިއެލްގެ ކެރެކްޓާ ކުޅޭނީ ކަޅު ނަސްލުގެ ލަވަކިޔުންތެރިޔާ ހެލީ ބެއިލީ ކަމަށް ވެސް ޑިޒްނީއިން އިއުލާނުކޮށްފައި ވެ އެވެ.

އޭގެ އިތުރުން ސިންދެރެއްލާ ފިލްމުގެ މައިގަނޑު ރޯލުގައި އުޅޭނީ ކިއުބާ އަދި އެމެރިކާއަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ ކެމިލާ ކަބެއްލޯ ކަމަށް ވެސް ވަނީ ނިންމާފަ އެވެ.

ސްނޯ ވައިޓް ފިލްމުގެ އާ އެޑެޕްޓޭޝަންގެ ނަން އަދި އިއުލާނުކޮށްފައި ނުވާއިރު، ފިލްމުގެ މަސައްކަތް ފަށާނީ އަންނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

ހޭޑަން ޕެނެޓިއާ މަރުވީ އޯވަޑޯޒްވެގެން

މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ އޭނާގެ ހަށިގަނޑުގައި ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި މަސްތުވާތަކެތީގެ މާއްދާތައް ހުރުމުގެ ސަބަބުން އޯވާޑޯޒްވެގެން ކަމަށް އޮޓޯޕްސީ ރިޕޯޓުން ދައްކައިފިއެވެ. އުމުރުން 36 އަހަރުގެ މި ތަރީގެ މަރުގެ މައްސަލަ ފުލުހުންނާއި ޑީއީއޭ ގުޅިގެން ތަހުގީގު ކުރަމުންދާއިރު، އޭނާ މަރުވީ އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިގެން ނޫން ކަމަށް ކޮރޯނާސް އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.

"އާޓިސްޓް-ޑައިރެކްޓާ" ޝަރަފު ލިބޭ ފުރަތަމަ ފަންނާނަކަށް ޓޭލާ

މިއަހަރުގެ އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސްގައި އަލަށް ތައާރަފުކުރި "އާޓިސްޓް-ޑައިރެކްޓާ" ޝަރަފު ލިބޭ ފުރަތަމަ ފަންނާނަކަށް މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސުވިފްޓް ހަމަޖައްސައިފިއެވެ. މި އެވޯޑަކީ މިއުޒިކް ވީޑިއޯ އުފެއްދުމާއި ޑައިރެކްޓްކުރުމުގެ ދާއިރާއިން އޭނާ ކޮށްފައިވާ ނުފޫޒުގަދަ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އަރުވާ ޝަރަފެކެވެ.

ރަނގަޅު ނިންޖަކަށް ކެއުން އެންމެ ރަނގަޅީ ކޮން އެއްޗިއްސެއް؟

ބިހާއި، ކިރު އަދި ބަދަން ފަދަ "ޓްރިޕްޓޯފަން" އެކުލެވޭ ކާނާ ކާބޯހައިޑްރޭޓްސްއާ އެކު ބޭނުންކުރުމަކީ ނިދުމަށް ބާރުއަޅާ މެލަޓޯނިން އުފެއްދުމަށް އެހީތެރިވެދޭ ކަމެކެވެ. މީގެ އިތުރުން، ގޮހޮރުގެ ދުޅަހެޔޮކަން ދަމަހައްޓައި އަރާމު ނިދި ހޯދުމަށްޓަކައި ފައިބަރު ގިނަ ކާނާ ބޭނުންކުރުމަކީ މުހިންމު ކަމެއްކަން ދިރާސާތަކުން ދައްކައެވެ.

ޓީ-ރެކްސްގެ ހަށިގަނޑުގެ ހޫނުމިން އިންސާނުންނާ އެއްވަރު

ފޮސިލައިޒްޑް ދަތްތަކެއް ބޭނުންކޮށްގެން ކުރި އައު ދިރާސާއަކުން، ޓީ-ރެކްސްގެ ހަށިގަނޑުގެ އެވްރެޖް ހޫނުމިނަކީ 36 ޑިގްރީ ސެލްސިއަސްކަން ވަނީ ދެނެގަނެވިފައެވެ. މިއީ އިންސާނުންގެ ހަށިގަނޑުގެ ހޫނުމިނާ ދާދި އެއްވަރުގެ މިންވަރެއް ކަމަށްވާއިރު، މީގެ ކުރިން ޑައިނަސޯތަކަކީ ފިނި ލޭ ހުންނަ އެއްޗެއްގެ ގޮތުގައި އޮތް ގަބޫލުކުރުން މި ހޯދުމާއެކު ވަނީ ބަދަލުވެފައެވެ.

ޕެރިހުގެ ކޯޓަކުން ކިމްއަށް ބަދަލުގެ ގޮތުގައި އެންމެ ޔޫރޯއެއް

2016 ވަނަ އަހަރު ޕެރިހުގައި ކިމް ކާޑޭޝިއަންގެ އަތުން ގަހަނާ ފޭރުނު މައްސަލައިގައި، އޭނާ އަމިއްލައަށް އެދިގެން ބަދަލުގެ ގޮތުގައި އެންމެ ޔޫރޯއެއް ދިނުމަށް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ކިމް ބޭނުންވީ ފައިސާގެ ބަދަލަށްވުރެ ބޮޑަށް އިންސާފު ގާއިމުކުރުން ކަމަށްވާއިރު، އެ ހާދިސާ ހިނގި ވަގުތު ހުރި ރިސެޕްޝަނިސްޓަށް ބަދަލުގެ ގޮތުގައި އެއްލައްކައަށްވުރެ ގިނަ ޔޫރޯ ދިނުމަށްވެސް ވަނީ އަމުރުކޮށްފައެވެ.

މުސްކުޅިވުމުން ދުޅަހެޔޮކޮށް ހުރުމަށް ތިރީހުގެ އަހަރުތައް މުހިންމު

އުމުރުން 30 ގެ އަހަރުތަކުގައި ކަސްރަތުކުރުމާއި، ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި، ނިދި ހަމަކުރުން ފަދަ ރަނގަޅު އާދަތައް އަށަގަންނުވައިފިނަމަ، މުސްކުޅިވާއިރު ދިމާވާ ބަލިތަކުން ދުރުވެ ދުޅަހެޔޮ ސިއްހަތެއްގައި ހުރެވިދާނެއެވެ. މިއީ ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަކޮށް، އުމުރުން 90 އަހަރާ ހަމައަށްވެސް ތަކުލީފެއް ނެތި ދިރިއުޅުމަށް ލިބޭ މުހިންމު ފުރުސަތެއްކަމަށް ދިރާސާވެރިން ފާހަގަކުރެއެވެ.

Newsletter

Get the latest news delivered straight to your inbox