މޫސުމީ ބަދަލުގެ ނުރައްކާ: އދ. ގެ ޑްރާފްޓް ރިޕޯޓުން 10 ނުކުތާ

ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން ޒިމްބާބްވޭގެ ދަނޑުތަކަށް ގެއްލުން ވަނީ.-- ފޮޓޯ: އޭއެފްޕީ/ ޖެކެސައި ޖިކިޒާނާ

ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން ޒިމްބާބްވޭގެ ދަނޑުތަކަށް ގެއްލުން ވަނީ.-- ފޮޓޯ: އޭއެފްޕީ/ ޖެކެސައި ޖިކިޒާނާ

ޕެރިސް، ފްރާންސް (ޖޫން 23) - ދުނިޔެ ހޫނުވުމުގެ ސަބަބުން ބިމާއި، އިކޯސިސްޓަމާއި އިންސާނުންނަށް ކުރާ އަސަރުގެ ސައިންޓިފިކް ރިވިއުގެ ގޮތުގައި މިހާތަނަށް ތައްޔާރު ކުރި އެންމެ ތަފްސީލީ ރިޕޯޓު އދ. ގެ ކްލައިމެޓް ސައިންސް އެޑްވައިޒަރީ ޕެނެލްއިން ވަނީ ނިންމާފަ އެވެ.

އިންޓާގަވަމެންޓަލް ޕެނެލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) އިން ތައްޔާރު ކުރި 4،000 ސަފްހާގެ ރިޕޯޓުގައިވާ ގޮތުން ދުނިޔެ ހޫނުވުން ކޮންޓްރޯލް ނުކުރެވޭނެ ނަމަ މިހާރު ލިބެމުންދާ ގެއްލުން ރަނގަޅު ކުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ. ތިރީގައި އެ ވަނީ ރިޕޯޓުން ފާހަގަވި މުހިއްމު 10 ނުކުތާ އެވެ.

އިތުރުވަމުންދާ ނުރައްކާ

މޫސުމީ ބަދަލުގެ އަސަރު އިންސާނުންނާއި ދުނިޔެއަށް މިހާރު ވެސް ދަނީ ކުރަމުންނެވެ. ކުރިމަގުގައި ތަރައްގީ އަންނަ ކޮންމެ ދިމާލަކަށް ވެސް "ސިސްޓެމިކް" ގޮތެއްގައި ނުރައްކާ ބޮޑުވަމުން ދާނެ އެވެ.

އެންމެ ނާޒުކު

މޫސުމީ ބަދަލުގެ އަސަރު އެންމެ ބޮޑަށް ކުރާނީ އެންމެ ނާޒުކު ގައުމުތަކަށް ކަމަށް ވާއިރު، ތަރައްގީވެފައިވާ ގައުމުތަކަށް ވެސް ކުރާ އަސަރު ދާނީ ބޮޑުވަމުންނެވެ. އެއީ އާދަޔާ ހިލާފަށް ހޫނުގަދަވުމާއި، ފެނުގެ ދަތިކަމާއި، ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ކަންކަމުން ދިމާވާ އަސަރެވެ.

ލިބޭ ގެއްލުން ކޮންޓްރޯލް ކުރެވިދާނެ

ގްރީންހައުސް ގޭސް ބޭރު ކުރުން މަދު ކުރުމަށް ނިންމުމާއި ދެމެހެއްޓެނިވި ތަރައްގީއާ ދިމާލަށް ދިޔުން ފަދަ ކަންކަމާއެކު ލިބޭ ގެއްލުން ކޮންޓްރޯލް ކުރެވިދާނެ އެވެ. ނަމަވެސް އިންސާނުންގެ ސިއްހަތާއި، ތަރައްގީ އާއި ގުދުރަތީ ދިރުންތަކަށް ލިބެމުންދާ ބައެއް ގެއްލުންތައް ހުއްޓުވުމުގެ ގޮތުން ކުރެވޭނެ ކަމެއް ނެތެވެ.

ދިރުންތައް ނެތި ދިޔުން

ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކާއެކު ބިން ނެތި ދިޔުމާއި، ސާފު ފެން ހުސްވުމާއި، ކަނޑުގެ ދިރުންތައް ނެތި ދިޔުމުގެ ސްޕީޑް އަވަސްވެއްޖެ އެވެ. މިހާރު ނެތިދިޔުމުގެ ސްޕީޑަކީ މީގެ 70 އަހަރު ކުރިއާ އަޅާ ބަލާއިރު 1000 ގުނަ އަވަސް ދުވެއްޔެކެވެ.

ސިއްހީ އަސަރު

އެކާވިސް ވަނަ ގަރުނުގައި އިންސާނުންގެ ސިއްހަތަށް ކުރާ އެންމެ ބޮޑު އަސަރަކީ މޫސުމީ ބަދަލާއި ބަޔޯޑައިވާސިޓީއަށް އަންނަ ބަދަލުން ލިބޭ ގެއްލުމެވެ. ދުނިޔެ ހޫނުވުމާއި، ވައި ތަގައްޔަރުވުމުގެ އަސަރު ސިއްހަތަށް ކުރާއިރު، ހޫނުގަދަވާ ވަރަކަށް މެލޭރިއާ އަދި ޑެންގޫ ފަދަ ބަލިތައް ފެތުރޭ ސަރަހައްދު ބޮޑުވަމުން ދާނެ އެވެ.

ބަދަލު ނުކުރެވޭނެ އަސަރު

1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ އިތުރަށް ދުނިޔެ ހޫނުވަމުން ދާނަމަ ކުރިއަށް އޮތް ގަރުނުތަކަށް ދިގުދެމިގެންދާ ގެއްލުން ކުރާނެ އެވެ. ބައެއް ގެއްލުމަކީ ބަދަލު ނުކުރެވޭނެ ގެއްލުމެވެ.

ކާބޯތަކެތީގެ ނިޒާމު

މޫސުމީ ބަދަލުގެ ސަބަބުން މި ނިޒާމަށް މިހާރު ވެސް ވަރަށް ބޮޑަށް ވަނީ އަސަރުކޮށްފަ އެވެ. ދަނޑުތަކުން ލިބޭ އުފެއްދުން މަދުވުމުގެ ރޭޓު ހަތަރު ޕަސެންޓުން 10 ޕަސެންޓަށް ވަނީ އުފުލިފަ އެވެ. މި ގަރުނުގެ މެދާ ހަމައަށް ދާއިރު، އިރުތު 80 މިލިއަން މީހުން ބަނޑުހައި ހޫނުކަމުގެ ނުރައްކަލަށް ހުށަހެޅޭނެ އެވެ.

އައްސޭރިފަށުގެ ސިޓީތައް

ހޫނުވުމާއި ލޮނުގަނޑު އުފުލުމުގެ އެންމެ ބޮޑު އަސަރެއް ކުރާނީ މި ސިޓީތަކަށެވެ. އެގޮތުން 2050 ވާއިރު މޫސުމީ ނުރައްކާތަކުގެ އަސަރު އިތުރު 2.5 ބިލިއަން މީހުންނަށް ކުރާނެ އެވެ. އެތައް މިލިއަން ބަޔަކަށް ފެނުގެ ދަތިކަން އަދި 1.7 ބިލިއަން މީހުންނަށް އާދަޔާ ހިލާފަށް ހޫނުވުމުގެ މައްސަލަ ކުރާނެ އެވެ.

ނިޒާމީ ބަދަލުތަކެއް

މޫސުމީ ބަދަލު މަޑުޖައްސާލެވޭނީ ނިޒާމީ ބަދަލުތަކުންނެވެ. އެއީ އިންސާނުން ހަކަތަ ބޭނުން ކުރާ ގޮތާއި، ކެއުމާއި ގެދޮރު އަޅާ ގޮތް ފަދަ ދިރިއުޅުމުގެ ކަންކަމަށް ބަދަލު ގެނެސްގެންނެވެ. ގުދުރަތީ ރިސޯސް މާ ގިނައިން އަދި ނާޖައިޒު ގޮތުގައި ބޭނުން ކުރުމުގެ ސަބަބުން މޫސުމީ ބަދަލު އައުން އަވަސްވެ އެވެ.

ކުޑަ އުފުލުމަކުން ބޮޑު ގެއްލުމެއް

ދުނިޔެ ހޫނުވުމުގައި ކުޑަ މިންވަރެއް ވެސް ވަރަށް ބޮޑެވެ. މިސާލަކަށް 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ ދެ ޑިގްރީ ސެލްސިއަށް އަށް ހޫނުވުން އޮންނަ ނަމަ ލިބޭ ގެއްލުން ބޮޑުވާނެ އެވެ. އަދި 1.5 ގައި ހިފެހެއްޓި ނަމަވެސް މި ގަރުނު ނިމުމުގެ ކުރިން ނޭދެވޭ އެތައް އަސަރެއް ކުރުން ދެނެއް ނުހުއްޓުވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox