ދުނިޔޭގެ އެންމެ އުފާވެރި ގައުމަށް ހިޖުރަކުރާނެ މީހުން ހޯދަނީ

ފިންލޭންޑުން ވަނީ ދުނިޔޭގެ އެންމެ އުފާވެރި ގައުމުގެ މަގާމު އެތައް ފަހަރަކު ހޯދާފައި.-- ފޮޓޯ: އާކޯ

ފިންލޭންޑުން ވަނީ ދުނިޔޭގެ އެންމެ އުފާވެރި ގައުމުގެ މަގާމު އެތައް ފަހަރަކު ހޯދާފައި.-- ފޮޓޯ: އާކޯ

ހެލްސިންކީ، ފިންލޭންޑު (ޖޫން 22) - ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުމުގެ ސަބަބުން އެތައް ފަހަރެއްގެ މަތިން އެންމެ އުފާވެރި ގައުމުގެ މަގާމު ހޯދާފައިވާ ފިންލޭންޑަށް މަސައްކަތްތެރިންގެ ދަތިކަން ދިމާވެ، އެ ގައުމަށް ހިޖުރަ ކުރާނެ މީހުން ހޯދަމުން އެބަ ދެ އެވެ.

"މިހާރު އެންމެން ވެސް އެއްބަސްވާ ކަމެއް އެއީ ގިނަ އަދަދެއްގެ މީހުން މި ގައުމަށް އަންނަން ޖެހޭކަން،" މުވައްޒަފުން ރެކްރޫޓު ކުރާ ޓެލެންޓެޑް ސޮލިއުޝަންސް އެޖެންސީގެ ސާކޫ ޓިހްވެރައިނެން އޭއެފްޕީއަށް ބުންޏެވެ.

"ނުރަވަމުންދާ ޖީލުގެ ސަބަބުން އުފެދިފައިވާ ބާގަނޑު ބައްދަން," މަސައްކަތްތެރިން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

އާބާދީ އިތުރުވުން މަޑު ޖެހުމުގެ މައްސަލަ ހުޅަނގުގެ ގިނަ ގައުމުތަކަށް ދިމާވެފައި ވާއިރު، އެ މައްސަލަ އެންމެ ބޮޑަށް ދިމާވެފައި ވަނީ ފިންލޭންޑަށެވެ. މުޅި ދުނިޔެއަށް ބަލާއިރު، ޖަޕާނަށް ފަހު އެ މައްސަލަ އެންމެ ބޮޑު ގައުމަކީ ފިންލޭންޑެވެ.

ޒުވާން އާބާދީއަށް ވުރެ އުމުރުން ދުވަސްވީ މީހުން ގިނަވުމުގެ ސަބަބުން ދިމާވާ އިޖުތިމާއީ އަދި އިގްތިސާދީ މައްސަލަތައް ފިންލޭންޑަށް މިހާރު ވެސް ދަނީ ދިމާވަމުންނެވެ.

ފިންލޭންޑުގެ ސަރުކާރުން ބުނީ 5.5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެ ގައުމަށް އަހަރަކު 20،000 އާއި 30،000 އާ ދެމެދުގެ އަދަދަކަށް މީހުން ހިޖުރަ ނުކުރާ ނަމަ، އާއްމު ހިދުމަތްތައް ހުއްޓުމުގެ ބިރު އެބަ އޮތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox