އޮންލައިންކޮށް އަލީ ވަހީދަށް ބައިވެރިވެވޭ ގޮތް ހެދި ނިންމުން އިސްތިއުނާފުކުރަނީ

މައްސަލަ ބައްލަވާ ގާޒީ ހަސަން، ޕީޖީ ޝަމީމް އަދި އިސްގާޒީ ޝަކީލް: އަލީ ވަހީދާ ގުޅޭ ނިންމުން އިސްތިއުނާފު ކުރަން ވަނީ ނިންމާފައި

މައްސަލަ ބައްލަވާ ގާޒީ ހަސަން، ޕީޖީ ޝަމީމް އަދި އިސްގާޒީ ޝަކީލް: އަލީ ވަހީދާ ގުޅޭ ނިންމުން އިސްތިއުނާފު ކުރަން ވަނީ ނިންމާފައި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ބޭރުގައި ހުރެގެން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވޭނެ ގޮތަށް ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމެވި ނިންމުން އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލް ނިންމަވައިފި އެވެ.

އިއްޔެ އަލީ ވަހީދު މައްސަލާގައި އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ އެކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް، އަޑުއެހުމުގައި އިއުތިރާޒު ކުރައްވަމުން ދަނިކޮށެވެ.

މައްސަލައިގެ ބާވަތުން ސިއްރުން ކުރިއަށްގެންދާ ޝަރީއަތުގެ މަޖިލީހުގައި ހިނގައިދިޔަ ކަންކަން ހިއްސާ ކުރަމުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ.

Advertisement

ބަޔާނުގައި ބުނީ އެކަމަށް އިއުތިރާޒު ކުރުމުން، އެއީ ގޮތެއް ނިންމާފައިވާ ކަމެއް ކަމާއި އިތުރަށް ބަހުސް ނުކުރެވޭނެ ކަމަށް ގާޒީ ހަސަން ސައީދު އެންގެވި ކަމަށެވެ. އަދި، އެގޮތަށް ނިންމީ އިސްގާޒީ އަހުމަދު ޝަކީލްގެ ލަފާ ލިޔުމުން ލިބިގެން ކަމަށް ގާޒީ ހަސަން ވިދާޅުވި ކަމަށެވެ.

އޮންލައިންކޮށް އަޑުއެހުން ކުރިއަށް ގެންދަން ނިންމި ނިންމުން ލިޔުމުން ހިއްސާކުރުމަށް އެދުނު ނަމަވެސް، މިހާތަނަށް ވެސް އެ ނިންމުން ލިޔުމުން ފޯރުކޮށްދީފައިނުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނި ގޮތުގައި ކޮވިޑްގެ ހާލަތާ ގުޅިގެން ޝަރީއަތް ކުރުމާ ގުޅޭ ހާއްސަ އިޖުރާއަތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގުން ހުއްދަ ކުރާ 12 ހާލަތެއް އޮންނަ ކަމެވެ. އެއިން އެއްވެސް ހާލަތަކަށް އަލީ ވަހީދުގެ ހާލަތު ނުފެތޭ ކަމަށެވެ.

ގާނޫނުގައި ވަކި ގޮތަކަށް އޮތް ކަމެއްގައި އަދި އެކަމާބެހޭ ގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމާފައި އޮތް ކަމެއްގައި އެ ނޫން ގޮތަކަށް ލަފާ ދެއްވުމަކީ އިސްގާޒީ ޝަކީލަށް ކުރެއްވޭނެ ކަމެއް ކަމަށް ނުފެންނާތީ އެކަން ވެސް ލިޔުމުން ހިއްސާކުރުމަށް އެދުނު ކަމާއި ނަމަވެސް އަދި އެ ލިޔުން ނުލިބޭ ކަމަށް ބަޔާނުގައި ބުންޏެވެ.

"މި ޝަރީއަތަކީ މިގޮތަށް ހިންގޭނެ ޝަރީއަތެއް ކަމަށް ދައުލަތުން ނުދެކޭތީ، އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ގަސްދުކުރަމެވެ،" ބަޔާނުގައިވެ އެވެ.

ނަމަވެސް، އިސްތިއުނާފު ކުރުމުގެ ކަންކަން އެއްކޮށް ނިންމޭނީ އެ ނިންމެވުމާބެހޭ ލިޔުންތައް ގާޒީ ހަަސަން ސައީދު، އެ އޮފީހަށް ދެއްވުމުން ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

މީގެއިތުރުން އަލީ ވަހީދު ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހެޅި ކަމަށް ބުނާ މެޑިކަލް ލިޔުންތަކާއި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތުގައި ބައިވެރިވުމުގެ ހުއްދައަށް އެދި ހުށަހެޅި ކަމަށް ބުނާ މެޑިކަލް ލިޔުންތައް ހިއްސާކޮށްދިނުމަށް އެދުމުން، މިހާތަނަށް އެ ލިޔުންތައް ފޯރުކޮށްދީފައިނުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އަލީ ވަހީދު ރާއްޖޭން ބޭރަށް ވަޑައިގެންނެވީ ހަތަރު މަސް ފަހުން އޭނާ ރާއްޖެ ވަޑައިގެން ކޯޓަށް ހާޒިރުވާނެ ކަމުގެ ޔަގީންކަން ދެއްވައި، ޖާމިނު އެއްބަސްވުމެއްގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ސޮއިކުރެއްވުމުންނެވެ.

މި މަހުގެ ނުވަ ވަނަ ދުވަހަށް އެ މުއްދަތު ވަނީ ހަމަވެފަ އެވެ.

ކްރިމިނަލް ކޯޓުން އަލީ ވަހީދުއާއެކު މުއާމަލާތްތަކެއް ކޮށްފައިވީ ނަމަވެސް، ހައިކޯޓާއި ސުޕްރީމް ކޯޓަށް ވެސް އޭނާއާ މުއާމަލާތް ކުރެވޭނެ ގޮތެއް ނުވި އެވެ. އަލީ ވަހީދު ޕާސްޕޯޓް ދޫކުރި އަމުރު ބާތިލް ކުރަން ދައުލަތުން ހައި ކޯޓަށާއި ސުޕްރީމް ކޯޓަށް ދިޔަ ނަމަވެސް، އެ މައްސަލަ ކުރިއަށް ގެންދެވޭ ގޮތެއް ނުވީ އަލީ ވަހީދު އުޅޭނޫޅޭ ތަނެއް ނޭނގި، ޣައިރު ހާޒިރުގައި އެފަދަ މައްސަލައެއް ނުހިނގޭނެތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox