ކުލި ކޮންޓްރޯލް ކުރުމުގައި ދޫދޭން އުޅޭތީ ސްވިޑަންގެ ބޮޑު ވަޒީރަށް މަގާމު ގެއްލިއްޖެ

ސްވިޑަންގެ ބޮޑު ވަޒީރު ސްޓެފަން ލޮފްވެން.-- ފޮޓޯ: އޭއެފްޕީ

ސްވިޑަންގެ ބޮޑު ވަޒީރު ސްޓެފަން ލޮފްވެން.-- ފޮޓޯ: އޭއެފްޕީ

ސްޓޮކްހޯމް، ސްވިޑަން (ޖޫން 21) - ސަރުކާރަށް އިތުބާރު ނެތް ކަމަށް ޕާލިމެންޓުން ފާސް ކުރުމުން ސްވިޑަންގެ ބޮޑު ވަޒީރު ސްޓެފަން ލޮފްވެންއަށް މަގާމު ގެއްލިއްޖެ އެވެ.

އޭނާއަކީ ސްވިޑަންގެ ތާރީހުގައި އިތުބާރު ނެތް ކަމުގެ ވޯޓަކުން ބަލިވި ފުރަތަމަ ބޮޑު ވަޒީރެވެ. އެއާއެކު އިސްތިއުފާ ދެއްވުން ނުވަތަ އާ އިންތިހާބެއް ބޭއްވުމުގެ ފުރުސަތު އޭނާއަށް ލިބިވަޑައިގަންނަވަ އެވެ.

އިތުބާރު ނެތް ކަމަށް ފާސްކޮށްފައިވަނީ ޕާލިމެންޓުގެ 349 މެމްބަރުންގެ ތެރެއިން 181 މެމްބަރުންގެ މެޖޯރިޓީއާ އެކު އެވެ.

ކަނާއަތު ފިޔައިގެ ޕާޓީ ސްވިޑަން ޑިމޮކްރެޓްސް އާއި ވައަތު ފިޔައިގެ ލެފްޓް ޕާޓީ އެއްބައިވެގެން އިތުބާރު ނެތް ކަމަށް ފާސް ކުރީ ކުލި ކޮންޓްރޯލް ކުރުމުގައި ދޫދޭން ސަރުކާރުން މަސައްކަތް ކުރާތީ އެވެ.

އެ ޕާޓީތަކުން ބުނީ ސަރުކާރުގެ އެ މަސައްކަތަކީ ސްވިޑަންގައި އޮންނަ ސޯޝަލް މޯޑެލްއާ ދެކޮޅު މަސައްކަތެއް ކަމަށެވެ. މޮޑަރޭޓް ޕާޓީ އާއި ކްރިސްޓިއަން ޑިމޮކްރެޓްސް ވެސް އެކަމާ އެއްބަސްވި އެވެ.

ހަތަރު ޕާޓީ ގުޅިގެން ސަރުކާރުގެ އިތުބާރު ނެތް ކަމަށް ކަނޑައަޅާފައި ވާއިރު، އެއާއެކު ސޯޝަލް ޑިމޮކްރެޓް އަދި ގްރީން ޕާޓީގެ ކޯލިޝަން ސަރުކާރު ވަނީ އުވާލަން މަޖުބޫރުވެފަ އެވެ.

ލޮފްވެންގެ ސަރުކާރުން މަސައްކަތް ކުރަމުން ދިޔެއީ ކުލި ކޮންޓްރޯލް ކުރުމުގެ އުސޫލު މުރާޖައާކޮށް، ގެދޮރު ކުއްޔަށް ދޫކުރާ މީހުން ބޭނުން އަގެއްގައި އަލަށް ހަދާ އެޕާޓްމަންޓުތައް ދޫކުރުމުގެ ހުއްދަ ދޭށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox