ޝަރީއަތުގައި ޕީޖީ ޝަމީމާއި އަލީ ވަހީދާ ދެމެދު ދެބަސްވުމެއް

އަލީ ވަހީދާއި ޕީޖީ ޝަމީމް: އަޑުއެހުމަށް ވަޑައިގެންނެވީ ސީދާ ޝަމީމް.

އަލީ ވަހީދާއި ޕީޖީ ޝަމީމް: އަޑުއެހުމަށް ވަޑައިގެންނެވީ ސީދާ ޝަމީމް.

ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައި، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އުފުލާފައިވާ އަލީ ވަހީދުގެ މައްޗަށް ކްރިމިނަލް ކޯޓުން މިހާރު ކުރިއަށް ގެންދާ ޝަރީއަތް ތަފާތެވެ؛

އޮންލައިންކޮށް ކުރިއަށް ޝަރީއަތުގައި އަލީ ވަހީދު ބައިވެރިވެވަޑައިގަންނަވަނީ އިނގިރޭސި ވިލާތުގެ ލަންޑަނުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި ހުންނަވައިގެންނެވެ. ޝަރީއަތުގައި ދައުލަތް ތަމްސީލްކުރައްވަނީ ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމެވެ. މިއީ ކްރިމިނަލް ކޯޓުގެ އަޑުއެހުމަކަށް އޭނާ ވަކާލާތު ކުރެއްވުމަށް ވަދެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މައްސަލައިގެ ބާވަތުން ސިއްރުން ކުރިއަށްގެންދާ ޝަރީއަތުގެ މަޖިލީހުގައި އިއްޔެ، އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ޝަމީމް ސުވާލު އުފެއްދެވުމުން، އަލީ ވަހީދުއާ ދެމެދު ދެބަސްވުމެއް ވަނީ ހިނގައިފަ އެވެ.

Advertisement

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އަޑުއެހުމުގައި ޝަމީމް ވަނީ އިއްޔެ ކުރިއަށް ގެންދިޔައީ ޝަރީއަތުގެ އަޑުއެހުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމާއި ޝަރީއަތުގެ އަޑުއެހުމެއް ބާއްވާނެ ހާލަތެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި، އޮންލައިންކޮށް އަޑުއެހުން ކުރިއަށް ގެންދިޔުމާއެކު އިއުތިރާޒު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ އެއީ މިހާރު ގޮތެއް ނިންމާފައި އޮތް ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އެއީ ކިހިނެއް، ކޮން ކަމަކަށް ރިއާޔަތްކޮށް ނިންމި ނިންމުމެއްތޯ ޝަމީމް ސުވާލުކުރެއްވުމުން ގާޒީ ވިދާޅުވީ އެއީ ކްރިމިނަލް ކޯޓުގެ އިސްގާޒީގެ ލަފާގެ މަތިން ނިންމާފައިވާ ނިންމުމެއް ކަމަށް ވިދާޅުވެފަ އެވެ.

ދެން ވެސް އެކަމާ އިއުތިރާޒު ކުރައްވައި ޝަމީމް ވާހަކަ ދައްކަވަން ފެއްޓެވުމުން އަލީ ވަހީދު ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ. އަލީ ވަހީދަށް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދެވޭ ގޮތަށް ގާޒީ ނިންމެވި ނިންމުމާ ގުޅިގެން ގާޒީގެ ސުލޫކީ މައްސަލައެއް ވެސް ޖޭއެސްސީއަށް ހުށަހަޅާފައިވާއިރު އަނެއްކާވެސް ޝަމީމް އެ މަސައްކަތް ކުރަނީ ގާޒީއަށް ބިރުދެއްކުމުގެ ގޮތުން ކަމަށް ޝަރީއަތުގައި އަލީ ވަހީދު ވިދާޅުވި އެވެ.

އެއް ގަޑިއިރަށްވުރެ ގިނައިރުވި އަޑުއެހުމުގައި ޝަމީމް ވަނީ އިސްގާޒީގެ ނިންމުން އިސްތިއުނާފުކުރަން ބޭނުންވާ ކަމާއި އެހެންވެ، އެ ނިންމުން ލިޔުމުން ދޭން އެދިވަޑައިގެންފަ އެވެ.

އެ ދެބަސްވުންތަކާއެކު ވެސް ޝަރީއަތް ކުރިއަށް ގެންދިޔުމަށް ގާޒީ ނިންމާފައިވާއިރު، ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ކޯޓަށް ފޮނުވުމަށް އަލީ ވަހީދަށް އިތުރު ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް އެނގިފައިވެ އެވެ. އަދި، މައްސަލާގައި އިތުރު އަޑުއެހުމެއް އަންނަ މަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ވެސް ވަނީ ނިންމަވާފަ އެވެ.

އެ އަޑުއެހުން ވެސް ކުރިއަށް ގެންދަން ނިންމާފައިވަނީ އޮންލައިންކޮށެވެ.

އަލީ ވަހީދަށް އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވޭނެ ގޮތަށް ކޯޓުން ނިންމާފައިވަނީ އޭނާގެ ބޭސްފަރުވާ ނުނިމޭ ކަމަށް ވިދާޅުވެ، މެޑިކަލް ޑޮކިއުމެންޓްތަކެއް ފޮނުވާފައިވާތީ އެކަމަށް ރިއާޔަތްކޮށެވެ.

އަލީ ވަހީދު ރާއްޖޭން ބޭރަށް ވަޑައިގެންނެވީ ހަތަރު މަސް ފަހުން އޭނާ ރާއްޖެ ވަޑައިގެން ކޯޓަށް ހާޒިރުވާނެ ކަމުގެ ޔަގީންކަން ދެއްވައި، ޖާމިނު އެއްބަސްވުމެއްގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ސޮއިކުރެއްވުމުންނެވެ.

މި މަހުގެ ނުވަ ވަނަ ދުވަހަށް އެ މުއްދަތު ވަނީ ހަމަވެފަ އެވެ.

ކްރިމިނަލް ކޯޓުން އަލީ ވަހީދުއާއެކު މުއާމަލާތްތަކެއް ކޮށްފައިވީ ނަމަވެސް، ހައިކޯޓާއި ސުޕްރީމް ކޯޓަށް ވެސް އޭނާއާ މުއާމަލާތް ކުރެވޭނެ ގޮތެއް ނުވި އެވެ. އަލީ ވަހީދު ޕާސްޕޯޓް ދޫކުރި އަމުރު ބާތިލް ކުރަން ދައުލަތުން ހައި ކޯޓަށާއި ސުޕްރީމް ކޯޓަށް ދިޔަ ނަމަވެސް، އެ މައްސަލަ ކުރިއަށް ގެންދެވޭ ގޮތެއް ނުވީ އަލީ ވަހީދު އުޅޭނޫޅޭ ތަނެއް ނޭނގި، ޣައިރު ހާޒިރުގައި އެފަދަ މައްސަލައެއް ނުހިނގޭނެތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox