މުސްލިމުންނަށް ފުރައްސާރަ ކުރުމުން ލަންކާ ސިފައިންގެ މައްސަލައެއް ބަލަނީ

މުސްލިމުންނަށް ފުރައްސާރަ ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއް މީހަކު ބަލަނީ.-- ފޮޓޯ: އޭއެފްޕީ

މުސްލިމުންނަށް ފުރައްސާރަ ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއް މީހަކު ބަލަނީ.-- ފޮޓޯ: އޭއެފްޕީ

ކޮލޮމްބޯ، ސްރީ ލަންކާ (ޖޫން 20) - ލޮކްޑައުންގެ ފިޔަވަޅުތަކާ ހިލާފުވި ކަމަށް ތުހުމަތު ކުރެވޭ ސްރީ ލަންކާގެ މުސްލިމުންތަކެއް މަގުމަތީގައި ކުޑަ ކަކޫ މައްޗަށް ތިރި ކުރި ކަމަށް ބުނާ ޕޯސްޓުތަކެއް ސޯޝަލް މީޑިއާގައި ދައުރުވާތީ އަސްކަރިއްޔާއިން ތަހުގީގެއް ފަށައިފި އެވެ.

ވެރިރަށް ކޮލޮމްބޯގެ 300 ކިލޯމީޓަރު އިރުން އެރަވުރް އަވަށުގެ މަގުމަތީގައި އަތް މައްޗަށް ނަގައިގެން ކުޑަ ކަކޫ މައްޗަށް ތިރިވެގެން ތިބެން ސިފައިން މުސްލިމުންތަކަކަށް އެންގި ކަމަށް ވެ އެވެ.

އަވަށުގެ ރައްޔިތުން ބުނީ އެއީ އިހްތިރާމް ކުޑަ އަދި ފުރައްސާރަ ކުރުމުގެ އަމަލެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އޮފިޝަލުން ވެސް ބުނީ އެފަދަ އަދަބުތައް ދިނުމުގެ ބާރު ސިފައިންނަށް ނެތް ކަމަށެވެ.

ސިފައިންގެ ފުރައްސާރައާ ކުރިމަތިވި މީހުން މަގުމަތީގައި އުޅުނީ ކާ އެއްޗެހި ގަންނަން ދެ ރެސްޓޯރެންޓަކަށް ދިޔުމަށެވެ.

"އެރަވުރް ސަރަހައްދުގައި ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ ފޮޓޯތައް ވައިރަލްވުމުން، އަސްކަރީ ތަހުގީގެއް ވަނީ ފަށާފައި،" އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެ ބަޔާނުގައި ބުނީ ހާދިސާ ހިނގިއިރު އިސްކޮށް ހުރި އޮފިސަރު ސަސްޕެންޑުކޮށްފައިވާ ކަމަށާއި ދެން ތިބި ސިފައިން އެ އަވަށް ދޫކޮށް ދާން އަމުރުކޮށްފައިވާ ކަމަށެވެ.

"ގަވާއިދުތަކާ ހިލާފަށް އުޅޭ އަސްކަރީ މުވައްޒަފުންނާ ދެކޮޅަށް ހަރުކަށި އިސްލާހީ ފިޔަވަޅު އަޅާނެ،" ބަޔާނުގައި ބުންޏެވެ.

ކޮވިޑުގެ ތިން ވަނަ ރާޅުގައި ކޭސްތައް އިތުރުވެފައި ވާތީ ލަންކާ އޮތީ ލޮކްޑައުންކޮށްފަ އެވެ. އޭޕްރިލް މަހުން ފެށިގެން މަރުވި މީހުންގެ އަދަދު ހަތަރު ގުނަ އިތުރުވެ، 2،531 އަށް ވަނީ އަރާފަ އެވެ.

ލޮކްޑައުންގެ ތެރޭގައި ފުލުހުންނާއި ސިއްހީ އޮފިޝަލުންނަށް އެހީވާން އަސްކަރިއްޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox