އަލީ ވަހީދު ހުރީ ލަންޑަނުގައި، ޝަރީއަތުގައި ބައިވެރިވަނީ އެމްބަސީ މެދުވެރިކޮށް

އަލީ ވަހީދު: އަލީ ޝަރީއަތުގައި ބައިވެރިވަނީ ޔޫކޭ އެމްބަސީ މެދުވެރިކޮށް --

އަލީ ވަހީދު: އަލީ ޝަރީއަތުގައި ބައިވެރިވަނީ ޔޫކޭ އެމްބަސީ މެދުވެރިކޮށް --

ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް ހަތް ދައުވާއެއް އުފުލާފައިވަނިކޮށް ކްރިމިނަލް ކޯޓުން ޕާސްޕޯޓު ދޫކޮށްލުމުން ރާއްޖޭން ބޭރަށް ފުރާވަޑައިގެންނެވި އަލީ ވަހީދު ހުންނެވީ އިނގިރޭސިވިލާތުގެ ވެރިރަށް، ލަންޑަނުގައިކަން "އަދަދު"އަށް އެނގިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައި، އެތަނުގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އުފުލާފައިވާ އަލީ ވަހީދުގެ ޝަރީއަތުގެ މަޖިލީހެއް މާދަމާއަށް ކުރިމިނަލް ކޯޓުގައި ވާނީ ތާވަލުކޮށްފަ އެވެ. އެ އަޑުއެހުމުގައި އޮންލައިންކޮށް ބައިވެރިވުމަށް އަލީ ވަހީދު ވަނީ ކޯޓުގައި އެދިވަޑައިގެންފަ އެވެ.

އެގޮތަށް އޭނާ އެދިވަޑައިގެންފައިވަނީ ބޭސްފަރުވާ މިހާތަނަށް ނިމިފައިނުވާ ކަމަށް ވިދާޅުވެ އެވެ. އެކަން ސާބިތުކޮށްދިނުމަށް މެޑިކަލް ޑޮކިއުމެންޓްތައް ވެސް ކޯޓަށް އަލީ ވަހީދު ފޮނުވާފައިވާ ކަމަށް ކުރިމިނަލް ކޯޓުން ބުނެފައިވެ އެވެ.

Advertisement

"އަދަދު"އަށް ޔަގީން ކުރެވިފައިވާ ގޮތުގައި، އަލީ ވަހީދު އެދިވަޑައިގެންނެވި ގޮތަށް އޭނާއަށް އޮންލައިންކޮށް ޝަރީއަތުގެ މަޖިލީހުގެ ބައިވެރިވުމުގެ ފުރުސަތު ދޭން ކުރިމިނަލް ކޯޓުން މިހާރު ވަނީ ނިންމާފަ އެވެ. އަލީ ވަހީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައި ކަމުން، ކުރިމިނަލް ކޯޓުން ނިންމާފައިވަނީ ލަންޑަނުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް އޭނާ ހާޒިރުކޮށްގެން ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންދިޔުމަށެވެ.

މައްސަލާގެ ބާވަތުން މި އަޑުއެހުން ކުރިއަށް ގެންދާނީ އާންމުކޮށް ހުޅުވާނުލައި، ސިއްރުކޮށްގެންނެވެ.

އަލީ ވަހީދު ރާއްޖޭން ބޭރަށް ވަޑައިގެންނެވީ ހަތަރު މަސް ފަހުން އޭނާ ރާއްޖެ ވަޑައިގެން ކޯޓަށް ހާޒިރުވާނެ ކަމުގެ ޔަގީންކަން ދެއްވައި، ޖާމިނު އެއްބަސްވުމެއްގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ސޮއިކުރެއްވުމުންނެވެ.

މި މަހުގެ ނުވަ ވަނަ ދުވަހަށް އެ މުއްދަތު ވަނީ ހަމަވެފަ އެވެ.

ޖާމިނު އެއްބަސްވުމާ ހިލާފުވުމަކީ އެއަށް ގާނޫނުގައި އަދަބުތަކެއް ކަނޑައަޅާފައިވާ ކަމެކެވެ. އެގޮތުން، އެއް އަހަރު ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުމުގެ އަދަބު އެކަމަށް ދެވިދާނެ އެވެ.

މާދަމާގެ އަޑުއެހުމުގައި މިކަމާ ގުޅޭ ގޮތުން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ވާހަކަ ދައްކާނެ ކަމަށް ބެލެވެ އެވެ. އެއީ، އެ އޮފީހުން މީގެކުރިން އަސްހަދު އަލީއަށް ފިޔަވަޅު އަޅައިދިނުމަށް އެދި ކުރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައިވާތީ އެވެ.

ކުރިމިނަލް ކޯޓުން އަލީ ވަހީދުއާއެކު މުއާމަލާތްތަކެއް ކޮށްފައިވާއިރު، ހައިކޯޓާއި ސުޕްރީމް ކޯޓަށް ވެސް އޭނާއާ މުއާމަލާތް ކުރެވޭނެ ގޮތެއް ނުވި އެވެ. އަލީ ވަހީދު ޕާސްޕޯޓް ދޫކުރި އަމުރު ބާތިލް ކުރަން ދައުލަތުން ހައި ކޯޓަށާއި ސުޕްރީމް ކޯޓަށް ދިޔަ ނަމަވެސް، އެ މައްސަލަ ކުރިއަށް ގެންދެވޭ ގޮތެއް ނުވީ އަލީ ވަހީދު އުޅޭނޫޅޭ ތަނެއް ނޭނގި، ޣައިރު ހާޒިރުގައި އެފަދަ މައްސަލައެއް ނުހިނގޭނެތީ އެވެ.

އޮންލައިންކޮށް ބައިވެރިވާން އަލީއަށް ފުރުސަތު ދޭން ޕީޖީ ދެކޮޅު

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ގާނޫނީ ބާރު ނުހިނގާ ތަނެއްގައި ޝަރީއަތް ހިންގުމަކީ ގޮންޖެހުންތައް ހުރި ކަމަކަށްވާނެ ކަމަށެވެ.

"މިސާލަކަށް އޮންލައިންކޮށް ރާއްޖޭން ބޭރުގަ ހުރެފަ ކޯޓުގެ ހުރުމަތް ކެނޑީއޯ، ދެން ކިހިނެއް ހަދާނީ އަޅުގަނޑުމެން، ދެން ވަރަށް ދެރައޭ، ހުރުމަތް ކަނޑާލީތާއޭ، ކިހިނެއްހޭ ދެން ހަދާނީ،" ޝަމީމް ވިދާޅުވި އެވެ.

އެހެންކަމުން ޝަމީމް ވިދާޅުވި ގޮތުގައި، ޝަރީއަތް ހިންގަން ވާނީ ތަންފީޒު ކުރެވޭނެ ގޮތެއް އޮންނަ ގޮތަކަށް ކަމަށާއި އެހެންނޫންނަމަ ވާނީ ޖޯކަކަށް ކަމަށެވެ.

"އެގޮތަށް ޝަރީއަތް ކުރުމަކީ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ޝަރީއަތް ކުރުމުގެ މުޅި މި ނިޒާމާ އެއްކޮށް ހިނގާނެ ކަމަކަށް،" ޝަމީމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox