އަފްގާނިސްތާނަށް ސުލްހަ ގެނެވޭނީ އިސްލާމީ ޝަރީއަތް ގާއިމްކޮށްގެން: ތާލިބާން

ތާލިބާނު ލީޑަރުންގެ ވަފުދެއް 2019 ވަނަ އަހަރުގެ ސުލްހައިގެ މަޝްވަރާތަކުގައި.-- ފޮޓޯ: ރޮއިޓާޒް

ތާލިބާނު ލީޑަރުންގެ ވަފުދެއް 2019 ވަނަ އަހަރުގެ ސުލްހައިގެ މަޝްވަރާތަކުގައި.-- ފޮޓޯ: ރޮއިޓާޒް

ކާބުލް، އަފްގާނިސްތާން (ޖޫން 20) - އަފްގާނިސްތާނަށް ސުލްހަ ގެނެވޭނީ އިސްލާމީ ޝަރީއަތް ގާއިމްކޮށްގެން ކަމަށް ތާލިބާނުން ބުނެފި އެވެ.

ސެޕްޓެމްބަރު 11 ގެ ކުރިން އެމެރިކާ އާއި ނޭޓޯގެ ފައުޖުތައް އަފްގާނިސްތާނުން ފައިބަން މަސައްކަތް ކުރާ މި ދަނޑިވަޅުގައި އެ ގައުމުގެ ހަމަނުޖެހުން ވަނީ ބޮޑުވެފަ އެވެ.

ތާލިބާނާއި ސަރުކާރާ ދެމެދު ސުލްހައިގެ މަޝްވަރާތައް ކުރަމުން ދާއިރު، ހަމަނުޖެހުމުގެ ސަބަބުން މަޝްވަރާތަކުން މާ ބޮޑު ކުރިއެރުމެއް ނުލިބެ އެވެ.

ތާލިބާނުންނަށް އަލުން ވެރިކަން ލިބިއްޖެ ނަމަ، އިސްލާމީ ޝަރީއަތް ހިންގުމުގެ ނަމުގައި ހަރުކަށި ފިޔަވަޅުތައް އަޅައި، އަންހެނުންނާއި އަންހެން ކުދިން ތައުލީމުން މަހުރޫމު ކުރާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

ހަމަނުޖެހުން އިތުރުވަމުން ދިޔަ ނަމަވެސް ތާލިބާނުންގެ ކޯ ފައުންޑަރު އަދި ޑެޕިއުޓީ ލީޑަރު މުއްލާ އަބްދުލް ގަނީ ބަރަދަރް ބުނީ ސުލްހައިގެ މަޝްވަރާއަށް ބޮޑު ސަމާލުކަމެއް ދޭ ކަމަށެވެ.

ނަމަވެސް އަފްގާނިސްތާނުގެ ހަމަނުޖެހުން ނިމުމަކަށް ގެނެސް، ސުލްހަ ގާއިމް ކުރެވޭނީ އިސްލާމީ ޝަރީއަތް ފުރިހަމައަށް ހިންގައިގެން ކަމަށް އޭނާ ނެރުނު ބަޔާނެއްގައި ބުންޏެވެ.

އޭގެ އިތުރުން ފުރިހަމަ އިސްލާމީ ޝަރީއަތް ތަންފީޒު ކުރާއިރު، އަންހެނުންގެ ހައްގުތައް ވެސް ރައްކާތެރި ވާނެ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.

އަފްގާން ސިފައިންނާއި ތާލިބާނުންނާ ދެމެދު ހަމަލާ ބަދަލު ކުރުން އިތުރުވެފައި ވާތީ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ އަފްގާނިސްތާން ދޫކޮށް ދާން މަސައްކަތް ކުރަމުންނެވެ.

ކުރިން އޮތް ތާލިބާނުންގެ ވެރިކަން ނިމުމަކަށް އައީ 2001 ގައި އަލް ގައިދާއިން އެމެރިކާއަށް ދިން ހަމަލާއަށް ފަހު އެމެރިކާ އާއި ނޭޓޯގެ ފައުޖުތައް އަފްގާނިސްތާނަށް އަރާ ފެށި ހަނގުރާމައިގެ ސަބަބުންނެވެ.

އޭގެ ކުރިން އަފްގާނިސްތާނުގައި އަންހެން ކުދިން ކިޔަވަން ދިޔުން ވެސް އޮތީ މަނާކޮށްފަ އެވެ. ނަމަވެސް 2001 ގެ ފަހުން އަންހެން ކުދިންނަށް ސްކޫލަށް ކިޔަވަން ދެވޭއިރު، މިހާރު ވެސް އެ ކުދިންނަށް އަމާޒުކޮށް ދޭތެރެއަކުން ބޮޑެތި ހަމަލާތައް ދެ އެވެ.

އެގޮތުން މިދިޔަ ރޯދަ މަހު އަންހެން ދަރިވަރުންގެ ހައި ސްކޫލެއް ކައިރީ ބިންތަކެއް ގޮއްވާލާ އެތައް ސަތޭކަ ބަޔަކު މަރުވި އެވެ. އޭގެ ތެރޭގައި ގިނައީ ދަރިވަރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox